Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަރުމަނުގެ ހަޒާނާތައް

ޖަރުމަނުގެ މިއުޒިއަމްއަކުން ވަގަށް ނަގާފައިވާ 18 ވަނަ ޤަރުނުގެ ހަޒާނާތަކެއް ހޯދައިފި

އެ ފަހަރު 119 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަޒަނާތައް ވަގަށް ގެންދިޔަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2022 | އާދީއްތަ 06:33
ޖަރުމަނުގެ ދާރުލްއާސާރަކުން ވަގަށް ނަގާފައިވާ ހަޒާނާތަކެއް- މި ހަޒާނާތަކަކީ 18 ވަނަ ޤަރުނުގެ ހަޒާނާތަކެއް

ޖަރުމަނުގެ ދާރުލްއާސާރަކުން ވަގަށް ނަގާފައިވާ ހަޒާނާތަކެއް- މި ހަޒާނާތަކަކީ 18 ވަނަ ޤަރުނުގެ ހަޒާނާތަކެއް

2019 ވަނަ އަހަރު ޖަރުމަނުގެ މިއުޒިއަމްއަކުން ވަގަށް ނަގާފައިވާ ހަޒާނާތަކެއް އަނބުރާ ހޯދިފައިވާކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

ޖަރުމަނުގެ ފުލުހުންނާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މިއުޒިއަމްއިން ވަގަށް ނެގި މި ހަޒާނާތަކަކީ 18 ވަނަ ޤަރުނުގެ ހަޒާނާތަކެކެވެ. އެ ފަހަރު 119 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަޒަނާތައް ވަގަށް ގެންދިޔަ ކަމަށްވެއެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ހޯދުނު 31 އައިޓަމް ގްރީން ވޯލްޓް މިއުޒިއަމްއަށް ރައްދު ކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެތަކެތި ހޯދާފައިވަނީ ބާރލިންއިންނެވެ.

މި އައިޓަމްސްތައް ހޯދާފައިވަނީ މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ތިބި 6 މީހަކު، އެމީހުންގެ ވަކީލުންނާ ދެއްކި ވާހަކަތަކާއި ގުޅިގެން ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައެވެ.

އެހެންނަމަވެސް އެތަކެތި ހޯދި ގޮތުގެ މާ ގިނަ ތަފްސީލެއް ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އޭރު ވަގަށް ނަގާފައިވާ އައިޓަމްތަކުގެ ތެރެއިން މިފަހަރު ހޯދުނު ބައެއް އެއްޗެއްސަށް ބަލާއިރު، އަސްލު ޑައިމަންޑުން ޒީނަތްތެރިކޮށްފައިވާ މޭމަތީގައި ޖަހާ ދައްޗަކާއި، ތޮފީގައި ޖަހާ ދައްޗެއް ހިމެނެއެވެ. މިއީ އެތައް ގުނައެއް އަގުހުރި ޖަވާހިރުތަކެކެވެ.

މި ހަޒާނާތަކަކީ ޖަރުމަނުގެ ސްޓޭޓެއްކަމަށްވާ ސެކްސޮނީގެ އެލެކްޓަރ، އަދި ފަހުން ޕޮލެންޑުގެ ރަސްކަން ކުރެއްވި އޮގަސްޓަސް ދި ސްޓްރޯންގް، 1723 ވަނަ އަހަރު ނެރުއްވި ކަލެކްޝަނެއްގެ ތެރޭގައި ހިމެނޭ ހަޒާނާތަކެކެވެ. އޭރު މި ކަލެކްޝަން ނެރުއްވުމަށްފަހު ބަހައްޓާފައި ހުރީ ގްރީން ވޯލްޓް މިއުޒިއަމްގައެވެ.

ޖަރުމަނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ހަޒާނާތައް ވަގަށް ނަގާފައިވަނީ ވަރަށް ހިކުމަތްތެރިކަމާއެކު، ދުރާލާ ރާވައިގެންނެވެ. އެގޮތުން މިއުޒިއަމްއަށް ވަނުމުގެ ކުރިން އެކަން ކުރި މީހުން ވަނީ ސާކެޓް ބްރޭކަރުގައި އަލިފާން ރޯކޮށް، މުޅި މިއުޒިއަމްއާއި، އެތަނުގެ ވަށައިގެންވާ މަގުތަކުގެ ކަަރަންޓު ކަނޑާލާފައެވެ.

އެއަށްފަހު މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ވަނީ އެތަނަށް ވަދެ، ފުރޮއެއް ބޭނުންކޮށްގެން ހަޒާނާތައް ބަހައްޓާފައި ހުރި ތަނުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު، އެތަކެތި ނަގާފައެވެ. އަދި ކާރަކަށް އަރައިގެން އެތަނުން އެމީހުން ގޮސްފައިވާއިރު، ފަހުން ފުލުހުން ވަނީ އެ ކާރު ރޯކޮށްލާފައި އޮއްވައި ހޯދާފައެވެ.

ފުލުހުން ޤަބޫލުކުރާ ގޮތުގައި އެމީހުން މި މުޅި ޖަރީމާ ހިންގުމަށް ނަގާފައިވާނީ 10 ވަރަކަށް މިނެޓެވެ.

މިހާރު ކަމުގެ ތަޖުރިބާހުރި ފަރާތްތައް މެދުވެރިކޮށް އެތަކެތީގެ އަސްލުކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ހަމައެއާއެކު، މި ކަލެކްޝަންގައި ހިމެނޭ އިތުރު ތަކެތި ހޯދުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

ޖަރުމަނު

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު