Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިޔަދަމްގެ މަރުގެ މައްސަލަ

ޒިޔަދަމްގެ މަރު: ޝަނޫންގެ މައްޗަށް ގަސްތުމަރު އަދި ސިފާމްގެ މައްޗަށް ބައިވެރިވިކަމުގެ ކުށް ސާބިތުވެއްޖެ

18 ޑިސެމްބަރު 2022 | އާދީއްތަ 06:06

ޒިޔަދަމްއާއި، ސިފާމް އަދި ޝަނޫންއަކީވެސް އެއްކޮށް އުޅުނު 3 މީހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޑިސެމްބަރު 2022 | އާދީއްތަ 06:06
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި, 7 އަހަރަށްފަހު ކުށް ސާބިތުވާކަމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ ލ މުންޑޫއަށް ނިސްބަތްވާ މުޙައްމަދު ޝަނޫންއާއި އަލީ ސިފާމްގެ މައްޗަށެވެ. ދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. 

Advertisement - newsAdvertisement

ކަން ހިނގި ގޮތުގެ ޚުލާސާ:

ދައުލަތުން ހުށައަޅާފައިވާ ހެކިތަކާ ޙަވާލާދީ ޝަރީއަތުން ފާހަގަކޮށްފައިވާ ގޮތުގައި، ޒިޔަދަމްއާއި، ސިފާމް އަދި ޝަނޫންއަކީވެސް އެއްކޮށް އުޅުނު 3 މީހުންނެވެ. މި ޙާދިސާ ހިނގި ރޭ އެމީހުން އެއްކޮށް ތިބީ ބަނގުރާ ބޯން ކަމަށާއި، ހަމަނުޖެހުން އުފެދެން މެދުވެރިވީ ޒިޔަދަމް ސިފާމްގެ ކޮށްކޮއާ ގުޅޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެންކަން ޝަރީއަތުން ހެކިތަކާ ޙަވާލާދީ ފާހަގަ ކުރެއްވިއެވެ.

އެވަގުތު ޒުވާބު ކުރުމުގެ ތެރޭގައި އަލީ ޒިޔަދަމްއާއި ސިފާމްއާ ދެމެދު މާރާމާރީ ހިނގަން ފެށުމުން، ޝަނޫންވެސް އައިސް ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގާފައިވެއެވެ. އަދި ޝަނޫން ވަނީ ތިލައިގައި 8 އިންޗި ހުންނަ ވަޅިއެއް ޒިޔަދަމްގެ ބުރަކައްޓާއި ފަޔަށް ހަރާފައެވެ. އެހިސާބުން، ޒިޔަދަމް ދުވެފައި ގޮސް އެރަށު ވަގުތީހިޔާގޭގެ ބަދިގެއަށް ވަދެ ދޮރު ލެއްޕުމުންވެސް ޝަނޫންއާއި ސިފާމް ވަނީ އައިސް އޭނާއަށް ޙަމަލާދީ މާރާމާރީ ހިންގާފައެވެ.

އެހެންނަމަވެސް، އެ މާރާމާރީގައި ސިފާމް ބައިވެރިވިނަމަވެސް، އޭނާ ޒިޔަދަމްއަށް ވަޅިން ޙަމަލާދިންތަން ފެނުނުކަމަށް އެއްވެސް ހެކިވެރިއަކު ހެކިބަސް ދީފައެއް ނުވެއެވެ. ބަދިގޭގައި ހުރިއިރު އޭނާ އަތުގައި ވަޅިއެއް އޮތްތަން ފެނުނު ކަމަށް ބުނުން ފިޔަވައި، އެ ބަހަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތެވެ.

ގާޒީގެ ނިންމެވުން:

އޭގެ ތެރެއިން ޝަނޫންގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް އާދިއްތަ ދުވަހު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވިއެވެ.

އެހެންނަމަވެސް، ސިފާމްގެ މައްޗަށް އެ ކުށް ސާބިތު ކުރެވޭ މިންވަރަށް ކުށުގެ ރުކުންތައް ދައުލަތުން ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއަށް ބަލާއިރު، ދައުވާ އުފުލާފައިވާ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތްނަމަވެސް، ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ރުކުންތައް ސާބިތުވާނަމަ، އެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާކަމަށް ނިންމިދާނެ ކަމަށެވެ.

އެގޮތުން ބަލާއިރު، ސިފާމްވެސް މި އަމަލު ހިންގުމުގައި އެހީތެރިވެފައިވާކަމާއި، ޒިޔަދަމްއާއި މަރާމާރާރީ ހިންގުމުގެ އިތުރުން، އޭނާ މަރުވެގެން ދިޔަ އަމަލުތައް ހިންގުމުގައި މަގުފަހި ކޮށްދީފައިވާކަން ޝަރީއަތަށް ހުށައެެޅިފައިވާ ހެކިތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވިއެވެ. ވުމާއެކު، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ.

ދެން އޮންނާނީ މި މައްސަލައިގެ ވާރިސުންގެ ބަސް ނެގުމެވެ. އެގޮތުން 10 ދުވަސް ތެރޭގައި އަދަބާ ގުޅޭގޮތުން ގޮތެއް ނިންމެވުމުގެ އަޑުއެހުން ބާއްވަން ޖެހޭކަން ފާހަގަ ކުރައްވައި ގާޒީ ވަނީ، ޒިޔަދަމްގެ ވާރިސުންގެ މައުލޫމާތު ޝަރީއަތަށް ހިއްސާކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދިލައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ. 7 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި މައްސަލައަކީ ގާޒީ ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް މައްސަލައެވެ.

ކްރިމިނަލް ކޯޓްމަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް