Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެކުއާޑޮމް އެކުއޭރިއަމް ތަލައިގެން ދިއުން

ބަރލިންގެ އެކުއާޑޮމް އެކުއޭރިއަމް ތަޅައިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް

"އެކުއާޑޮމް" އަކީ 53 ފޫޓު އުސް އެކުއޭރިއަމްއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޑިސެމްބަރު 2022 | ހޮނިހިރު 07:35
ބާލިންގެ ރެޑިސަން ބްލޫ ހޮޓަލުގެ ލޮބީގައި ހުރި ބޮޑު އެކުއޭރިއަމްއެއް ތަޅައިގެން ދިއުން

ބާލިންގެ ރެޑިސަން ބްލޫ ހޮޓަލުގެ ލޮބީގައި ހުރި ބޮޑު އެކުއޭރިއަމްއެއް ތަޅައިގެން ދިއުން

ބާލިންގެ ރެޑިސަން ބްލޫ ހޮޓަލުގެ ލޮބީގައި ހުރި ބޮޑު އެކުއޭރިއަމްއެއް ތަޅައިގެން ގޮސްފިއެވެ.

"އެކުއާޑޮމް" އަކީ 53 ފޫޓު އުސް އެކުއޭރިއަމްއެކެވެ. 1500 މަހާއެކު މި އެކުއޭރިއަމް ވެގެން ގޮސްފައިވަނީ ދުނިޔޭގައި ހުރި މި ބާވަތުގެ އެންމެ ބޮޑު އެކުއޭރިއަމްއަށެވެ.

ސިލިންޑަރުގެ ބައްޓަމަށް ބިއްލޫރިން ހަދާފައިވާ މި އެކުއޭރިއަމް ތަޅައިގެން ދިއުމުގެ ސަބަބުން 2 މީހަކަށް ވަނީ ގެއްލުން ވެފައެވެ. އެ ދެމީހުންނަށްވެސް ގެއްލުންވެފައިވަނީ ބިއްލޫރިތަކުގެ ސަބަބުންނެވެ.

އެ ޓޭންކަކީ 100އަށް ވުރެ ގިނަ ބާވަތްތަކުގެ މަސް ގެންގުޅެމުން ދިޔަ ޓޭންކެކެވެ. ޓޭންކުގައި މިލިއަން ލިޓަރުގެ ފެން ހުންނާނެކަމަށްވެއެވެ.

ފުލުހުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ޙާދިސާގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން އެކުއޭރިއަމްއިން ފޭބި ފެންތައް ވަދެގެން ގޮސްފައިވަނީ ހޮޓަލުގެ ލޮބީ ތެރެއަށެވެ. މި ޙާދިސާގެ ސަބަބުން ހޮޓަލުގައި ތިބި ގެސްޓުންވެސް ވަގުތުން އެހެން ތަންތަނަށް ބަދަލު ކުރަން ޖެހިފައިވެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެކުއޭރިއަމްގައި ހުރި ގިނަ މަސްތައް ސަލާމަތް ނުކުރެވި ވަނީ މަރުވެފައެވެ. ވަކިން ޚާއްސަކޮށް ފިނި މޫސުމުގެ ސަބަބުންވެސް މަސްތައް ސަލާމަތް ކުރުމުގައި ގޮންޖެހުންތައް ދިމާވިއެވެ.

ސަލާމަތް ކުރެވުނު މަސްތަކަކީވެސް އެ ހިސާބުގައި ހެދުނު ފެންގަނޑުގަނޑުގެ ތެރޭގައި ތާށިވި މަސްތަކެވެ. އެ މަސްތައް ސަލާމަތް ކުރުމަށްފަހު އެހެން އެކުއޭރިއަމްތަކަށް ވަނީ ބަދަލު ކުރެވިއެވެ.

ބަރލިންގެ މޭޔަރު ފްރެންޒިސްކާ ޖިފީވެސް ވަނީ އެ ހޮޓަލަށް ވަޑައިގެން، ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޭންކު ފަޅައިގެން ގޮސް ފެންގަނޑު ފައިބައިގެން ދިޔައީ ސުނާމީއެއް ފަދައިންނެވެ.

އޭނާ ވިދާޅުވީ، މި ހާދިސާގައި ގިނަ ބަޔަކަށް އަނިޔާ ނުވީ ފަތިސް ގަޑީގައި އެކަން ހިނގުމުގެ ސަބަބުން ކަމަށެވެ. އެ ނޫން ގަޑިއެއް ނަމަ އެ ސަރަޙައްދުގައި މާ ގިނަ މީހުންނާއި ކުޑަ ކުދިންވެސް ތިބުން އެކަށީގެންވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހޮޓަލުގައި ތިބި މީހުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމީހުންނަށް ހޭލެވުނީ ބާރުގަދަ އަޑަކާއެކުއެވެ. އޭރު މުޅި އެ ސަރަޙައްދު ސިފަވެގެން ދިޔައީ ބޮޑު ކާރިސާއެއް ހިނގައިގެން އުޅޭ ތަނެއްގެ ގޮތުގައިކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ޙާދިސާ ހިނގުމާއެކު ވަގުތުން ސަލާމަތީ ބާރުތަކުން އެތަނަށް ގޮސްފައިވެއެވެ. މިހާތަނަށްވެސް ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފުނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއްކަމަށް މިހާތަނަށް ބެލެވެން ނެތްކަމަށް ފުލުހުން ބުނެއެވެ.

މިހާތަނަށް ބެލެވިފައިވާ ގޮތުގައި ޓޭންކު ފަޅައިގެންދާން މެދުވެރިވީ ފިނިހޫނުމިން ދަށްވެ، އާދަޔާ ޚިލާފަށް ފިނިވުމުގެ ސަބަބުން، ޓޭންކުގެ ބިއްލޫރިގަނޑުގައި ރެނދެއް ލުމުގެ ސަބަބުންނެވެ. މިގޮތުން އޭރު ފިނިހޫނުމިން ހުރީ މައިނަސް 6 ޑިގްރީގައި ކަމަށް ވެއެވެ.

ފުލުހުން ވަނީ އެ ސަރަޙައްދުގެ މަގުތަކަށްވެސް ގިނަ އަދަދެއްގެ ފެން ފައިބާފައިވާތީ، އުޅަނދު ދުއްވާ ފަރާތްތަކުންވެސް ސަމާލުވުމަށް އެދިފައެވެ.

އެކުއަޑޮމް އެކުއޭރިއަމް ހުޅުވާފައިވަނީ 2003 ވަނަ އަހަރުއެވެ. އެތަނަށް ވަނީ ގިނިސް ވޯލްޑު ރެކޯޑުވެސް ލިބިފައެވެ. އެއީ އެފަދަ އެންމެ ބޮޑު އެކުއޭރިއަމްއަށްވާތީއެވެ.

ޔޫނިއަން ބާލިން

އިތުރަށް ކިޔާލަން

07 އެޕްރީލު 2024

ބާލިން ބަލިކޮށް، ލެވަކޫސަނުން ލީގު ހޯދުމާ ގާތަށް

07 އެޕްރީލު 2024
ބާލިން ބަލިކޮށް، ލެވަކޫސަނުން ލީގު ހޯދުމާ ގާތަށް
16 ނޮވެމްބަރު 2023

ޔޫނިއަން ބާލިންގެ ކޯޗު މަގާމުން ވަކިކޮށްފި

16 ނޮވެމްބަރު 2023
ޔޫނިއަން ބާލިންގެ ކޯޗު މަގާމުން ވަކިކޮށްފި
13 ނޮވެމްބަރު 2023

ލެވަކޫސަނަށް ހުއްޓުމެއް ނެތް، މޮޅާއެކު އެއް ވަނަ އަށް

13 ނޮވެމްބަރު 2023
ލެވަކޫސަނަށް ހުއްޓުމެއް ނެތް، މޮޅާއެކު އެއް ވަނަ އަށް
08 އޮކްޓޯބަރު 2023

ޔޫނިއަން ބާލިން ބަލިކޮށް، ޑޯޓްމަންޑު ދެވަނައަށް

08 އޮކްޓޯބަރު 2023
ޔޫނިއަން ބާލިން ބަލިކޮށް، ޑޯޓްމަންޑު ދެވަނައަށް
27 ފެބުރުއަރީ 2023

އަނިޔާ އިން އެނބުރި އައިސް މާނޭގެ ފުރަތަމަ މެޗު، ބާލިން ބަލިކޮށް ބަޔާން އެއް ވަނަ އަށް

27 ފެބުރުއަރީ 2023
އަނިޔާ އިން އެނބުރި އައިސް މާނޭގެ ފުރަތަމަ މެޗު، ބާލިން ބަލިކޮށް ބަޔާން އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު