Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫނިއަން ބާލިން

ޔޫނިއަން ބާލިންގެ ކޯޗު މަގާމުން ވަކިކޮށްފި

ބާލިން އިން މި ނިންމުން ނިންމަން ޖެހުނީ، މޮޅެއް ނުހޯދި އެ ކުލަބުން 14 މެޗު ނިންމާލަން ޖެހުމާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2023 | ބުރާސްފަތި 00:27
ޔޫނިއަން ބާލިންގެ ކޯޗަކަށް ހުރި އާސް ފިޝާ

ޔޫނިއަން ބާލިންގެ ކޯޗަކަށް ހުރި އާސް ފިޝާ

ޖަރުމަނު ލީގުގެ ޔޫނިއަން ބާލިންގެ ކޯޗުކަމުގެ މަގާމުން ސްވިޒަލެންޑުގެ އާސް ފިޝާ ވަކިކޮށްފި އެވެ.

ޔޫނިއަން ބާލިންގެ ކޯޗުކަމުން ފިޝާ ވަކި ކުރަން ނިންމާފައިވާކަން އެ ކުލަބުން ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އެގޮތުން އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި އޭނާ މަގާމުން ވަކި ކުރަން ނިންމީ، ދެ ފަރާތުގެ ދެމެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ދެ ފަރާތް އެއްބަސްވީ ގޮތުގެ މަތިންނެވެ. ބާލިންގެ ކޯޗުކަމުން ފިޝާ ވަކި ކުރަން އެ ކުލަބުން ނިންމީ، އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި އެ ކުލަބަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ އެވެ.

ބާލިން އިން މި ނިންމުން ނިންމަން ޖެހުނީ، މޮޅެއް ނުހޯދި އެ ކުލަބުން 14 މެޗު ނިންމާލަން ޖެހުމާއެކު އެވެ. ޖަރުމަނު ލީގުގައި އެންމެ ފަހުން ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. މިވަގުތު އެ ޓީމު އޮތީ ވެސް ހަ ޕޮއިންޓާއެކު ޖަރުމަނު ލީގު ތާވަލްގެ އެންމެ ފުލުގަ އެވެ. އޭނާ ވަކި ކުރުމަށްފަހު، ބާލިން އިން އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ދެން އެ ކުލަބަށް ހަމަޖައްސާ ކޯޗުގެ އެންމެ ބޮޑު ޒިންމާ އަކަށް ވާނީ ރެލިގޭޝަން ޒޯނުން އެ ކުލަބު ސަލާމަތް ކުރުމެވެ.

ބާލިންގެ ކޯޗުކަމާ ފިޝާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުން ވަނީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފަ އެވެ. މިދިޔަ ސީޒަންގެ ޖަރުމަނު ލީގު އެ ކުލަބުން ނިންމާލީ ހަތަރު ވަނައިގަ އެވެ. މިއީ އެކުލަބުގެ ތާރީޚުގައި ވެސް ޖަރުމަނު ލީގުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ބުންޑެސްލީގާޖަރުމަން ލީގުޔޫނިއަން ބާލިން

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
01 މާރިޗު 2025

ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި

01 މާރިޗު 2025
ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި
16 ފެބުރުއަރީ 2025

ލެވަކޫސަން ކައިރިން ބަޔާން އެއްވަރު

16 ފެބުރުއަރީ 2025
ލެވަކޫސަން ކައިރިން ބަޔާން އެއްވަރު
03 ފެބުރުއަރީ 2025

ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި

03 ފެބުރުއަރީ 2025
ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި
02 ފެބުރުއަރީ 2025

ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް

02 ފެބުރުއަރީ 2025
ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް
15 ޑިސެމްބަރު 2024

މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި

15 ޑިސެމްބަރު 2024
މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި
23 ނޮވެމްބަރު 2024

ބަޔާން މޮޅުވީ ކޭންގެ ހެޓްރިކުން

23 ނޮވެމްބަރު 2024
ބަޔާން މޮޅުވީ ކޭންގެ ހެޓްރިކުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު