Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިޔަދަމްގެ މަރުގެ މައްސަލަ

ޒިޔަދަމްގެ މަރުގެ މައްސަލައިގެ ޙުކުމް ކުރުން މާދަމާ

ދައުވާ އުފުލާފައިވަނީ ލ މުންޑޫއަށް ނިސްބަތްވާ މުޙައްމަދު ޝަނޫންއާއި އަލީ ސިފާމްގެ މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 07:04
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ މުންޑޫ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ މުންޑޫ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި, 7 އަހަރަށްފަހު ޙުކުމް ކުރެއްވުމާއި ހިސާބަށް މިވަނީ ގޮސްފައެވެ.

މި މައްސަލައިގައި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ޙުކުމް ކުރައްވާނެކަމަށް 24 ނޮވެމްބަރުގައި އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޙުކުމް ކުރެއްވުމުގެ އަޑުއެހުން 18 ޑިސެމްބަރުވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00ށް ވަނީ ތާވަލު ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ ލ މުންޑޫއަށް ނިސްބަތްވާ މުޙައްމަދު ޝަނޫންއާއި އަލީ ސިފާމްގެ މައްޗަށެވެ. ދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ 10:30 އެހާއިރު އެރަށު ވަގުތީހިޔާ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް އޭނާއަށް ޙަމަލާދީ މަރާލާފައިވާކަމަށް ބުނެއެވެ. 

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ. މި މައްސަލައަކީ ގާޒީ ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް މައްސަލަކަން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ގާޒީ ޝަފީއު ވަނީ ވިދާޅުވެފައެވެ.

ޒިޔަދަމްގެ މަރަށް 7 އަހަރުވެފައިވާއިރު، މިއަހަރުގެ ތެރޭގައި ވަނީ މި މައްސަލައިގެ ޚުލާސާ ބަޔާންވެސް އިއްވާފައެވެ. 24 ނޮވެމްބަރުގެ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ ކުރިން ގާޒީ ސާފު ކުރައްވަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ބޭއްވެވި އަޑުއެހުމެކެވެ. އެގޮތުން ޝަރީއަތުން ސާފު ކުރަން ބޭނުންވާ ސުވާލުތައް ގާޒީ ވަނީ ކިޔާދެއްވާފައެވެ. އަދި 4 ޑިސެމްބަރުގެ ކުރިން އެކަންކަމަށް ލިއުމުން ޖަވާބު ދިނުމަށް ގާޒީ ވަނީ ދެފަރާތަށްވެސް އަންގަވާފައެވެ.

ޝަރީއަތުން ސާފު ކުރަން ބޭނުންވި ކަންކަމުގެ ތެރޭގައި، މި މައްސަލައިގައި ޒިޔަދަމްއަށް ޙަމަލާ ދިން ކަމަށް ބުނާ ވަޅި ތަހުގީގުގެ ތެރެއިން ރިކަވަރ ކުރެވުނުތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި އެ ވަޅިއާއި ސިފާމްއާ ގުޅުވާލެވޭ އެއްވެސް ހެއްކެއް އެބަހުރިތޯވެސް ގާޒީ ސުވާލު ކުރެއްވިއެވެ.

ގާޒީ ވަނީ ސިފާމް ވަގުތީހިޔާއަށް ވަންއިރު ދޮރު ފަޅާލާފައި ވަންކަމަށް ސިއްރު ހެކިވެރިޔާ ބުނެފައިވާކަން ފާހަގަ ކުރައްވައި، އެކަމަށް ބާރުދޭ ކަމެއް ހެކިތަކުން ނުވަތަ މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓުތަކުން ވިޔަސް ހިމެނިފައިވޭތޯ ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުންވެސް އިތުރު ކަންކަން ޝަރީއަތުން ވަނީ ސާފުކޮށްފައެވެ.

މަރުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު