Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނާއިބު ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު

ނާއިބު ރައީސް ފުވައްމުލަކު ހޮސްޕިޓަލުގެ އަލަށް ފަށާ ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވައިފި

ރާއްޖޭގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޑިސެމްބަރު 2022 | ހުކުރު 02:18
ނާއިބު ރައީސް ފައިސަލް ނަސީމު ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައި، އަލަށް ފަށާ ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވުން

ނާއިބު ރައީސް ފައިސަލް ނަސީމު ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައި، އަލަށް ފަށާ ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައި، އަލަށް ފަށާ ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވައިފިއެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ. މިގޮތުން ފުވައްމުލަކު ހޮސްޕިޓަލުގައި ހުޅުވުނު މިއައު އިމާރާތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުނު އިމާރާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި އިފްތިތާޙު ކުރެވުނު އައު ޚިދުމަތްތަކުގެ ތެރޭގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ހިމެނޭއިރު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަޞީމް ވިދާޅުވީ، ފުވައްމުލަކުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބެންފެށުމަކީ ފުވައްމުލަކުގެ ރައްޔިތުން ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ފުވައްމުލަކު ހޮސްޕިޓަލުގެ ތަރައްޤީއަށް މި ސަރުކާރުން މުހިއްމު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން 2019 ވަނަ އަހަރު ފުވައްމުލަކު ހޮސްޕިޓަލުގައި، ދަތުގެ ފަރުވާ އާއި ޑަޔަލަސިސްގެ ޚިދުމަތް ފެށިގެން ދިޔަކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފުވައްމުލަކުގައި އުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ. މިގޮތުން މަގުހެދުމާއި، ފުވައްމުލަކު ސްކޫލުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ޚާއްޞަގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ފާއިތުވި 40 އަހަރުގެ ތެރޭގައި ފުވައްމުލައް ސިޓީގައި ހިންގިފައި ނުވާހައި ގިނަ މަޝްރޫޢު މިހާރު ހިންގެމުންދާކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ވެސް އޯގާތެރިކަމާއި ހިނިތުންވުމާއެކު ޚިދުމަތް ދިނުމަށް އެދިވަޑައިގެންފައެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވުނު ބައިގައި ހިމެނެނީ އޯޕީޑީ ރޫމްތަކަކާއި ލެބޯޓަރީއެވެ. އަދި އެހޮސްޕިޓަލުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަކީ، ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި ނަފްސާނީ ބަލީތަކުގެ ފަރުވާއެވެ. އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްފުވައްމުލައް ސިޓީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
12 ނޮވެމްބަރު 2025

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން
12 ނޮވެމްބަރު 2025

ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު

12 ނޮވެމްބަރު 2025
ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު