Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ފައިނަލަށް

15 ޑިސެމްބަރު 2022 | ބުރާސްފަތި 02:02

ފްރާންސް މޮޅުވީ 2-0ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 15 ޑިސެމްބަރު 2022 | ބުރާސްފަތި 02:02
ފްރާންސް އަދި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން

ފްރާންސް އަދި މޮރޮކޯ ކުޅުނު މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މޮރޯކޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، ފައިނަލަށް ދަތުރުކޮށްފިއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ 2-0ންނެވެ. ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގައިދިނީ ތިއޯ ހެނާންޑޭޒްއެވެ. މިއާއެކު މޮރޯކޯއަށް ވަނީ ކުރިއަށް ޖެހިގެން ލަނޑު ޖެހުމަށް މަސައްކަތް ކުރަން މަޖުބޫރު ވެފައެވެ. ނަމަވެސް މެޗުގެ ފަހު ވަގުތާއި ހަމައަށް މޮރޯކޯއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ފްރާންސްގެ ދެވަނަ ލަނޑަކީ ބަދަލަކަށް ކުޅެން އެރި ރަންޑާލް ކޯލޯ މުއާނީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ ކުރިން ފަސް ފަހަރު މި ދެޓީމު ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން ތިން މެޗުން ފްރާންސް މޮޅުވިއިރު އަނެއް ދެމެޗުވީ އެއްވަރެވެ. މިހާތަނަށް މޮރޯކޯ އަތުން ފްރާންސް ބަލިވެފައެއް ނުވެއެވެ.

މިއީ ފްރާންސްގެ ހަތްވަނަ ވޯލްޑް ކަޕް ސެމީ ފައިނަލެވެ. އެންމެ ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރި ތިންފަހަރު (1958،1982،1986) އެޓީމުވީ ބައްޔެވެ. އޭގެ ފަހުން (1998،2006،2018) ގައި ކުޅުނު ސެމީފައިނަލް މެޗުތައް އެޓީމުން ކާމިޔާބުކުރިއެވެ.

ސެމީ ފައިނަލުން ބަލިވި ނަމަވެސް މޮރޯކޯއިން މުބާރާތް ނިންމާލާނީ ޝަރަފަކާއެކުއެވެ. މޮރޯކޯއަކީ އިސްލާމީ އަދި އެފްރިކާ ބައްރުގެ ގައުމަކުން ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކުރި ފުރަތަމަ ގައުމެވެ. ތިންވަނަ ހޮވާ މެޗުގައި ހޮނިހިރު ދުވަހުގެރޭ މޮރޯކޯ ވާދަކުރަން ޖެހޭނީ ފުރަތަމަ ސެމީ ފައިނަލުން ބަލިވި ކްރޮއޭޝިޔާއާއެވެ.

ފައިނަލުގައި ފްރާންސް ވާދަކުރަން ޖެހޭނީ އާޖެންޓީނާއާއެވެ. ފްރާންސް އަދި އާޖެންޓީނާވެސް ވަނީ މުބާރާތުގެ ތަށި ދެފަހަރު ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި ދެޓީމުވެސް ނުކުންނާނީ ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމަށެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރުއެވެ.

ފްރާންސްމޮރޮކޯފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް