Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓިކްޓޮކް ބޭނުންކުރުން

ޓިކްޓޮކަކީ ޗައިނާއިން ޖާސޫސްކުރަން ބޭނުންކުރާ އެޕެއްކަމަށް ބުނެ، އެމެރިކާގައި ޓިކްޓޮކް ބޭންކުރުމުގެ ބިލެއް

ޓިކް ޓޮކް އަކީ އެމެރިކާގެ ފުރާވަރުގެ ކުދިންގެ މެދުގައި މަޤުބޫލު އެޕްލިކޭޝަނެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޑިސެމްބަރު 2022 | ބުދަ 02:40
އެމެރިކާގައި ޓިކްޓޮކް ބޭންކުރުމުގެ މަސައްކަތް ފަށައިފި

އެމެރިކާގައި ޓިކްޓޮކް ބޭންކުރުމުގެ މަސައްކަތް ފަށައިފި

ޓިކްޓޮކަކީ ޗައިނާއިން ޖާސޫސްކުރަން ބޭނުންކުރާ އެޕެއްކަމަށް ބުނެ، އެމެރިކާގައި ޓިކްޓޮކް ބޭންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އަންގާރަ ދުވަހު ރިޕަބްލިކަން ޕާޓީގެ ސެނެޓަރ މާރކޯ ރުބިއޯ ވަނީ ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަނެއްކަމަށްވާ ޓިކްޓޮކް އެމެރިކާގައި ބޭންކުރުމަށް ގޮވާލައި، ޕާޓީތަކުން ގުޅިގެން ޤާނޫނެއް ފާސް ކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ.

އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި މި އެޕްލިކޭޝަނަކީ ޗައިނާއިން އެމެރިކާއަށް ސްޕައި ކުރުމަށް ބޭނުންކުރާ އެޕްލިކޭޝަނަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

މާރކޯ ރުބިއޯގެ ފަރާތުން ނެރުއްވި ބަޔާނަކާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤާނޫނުގެ ދަށުން ޗައިނާ އަދި ރަޝިއާގެ ބާރު ހިނގާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކެއް އެ ޤައުމުގައި ބޭނުންކުރުން މަނާ ކުރެވިގެންދާނެއެވެ. އެގޮތުން ރިޕަބްލިކަންގެ މެމްބަރެއްކަމަށްވާ މައިކް ގަލަގާރްއާއި، ޑިމޮކްރަޓިކް މެމްބަރެއްކަމަށްވާ ރާޖާ ކްރިޝްނަމޫތީ ވަނީ މިހާރު އެކަމާ ގުޅޭ ބިލު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްއަށް ހުށަހެޅުމަށް ސްޕޮންސަރު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ޓިކްޓޮކްގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ޕާޓީތަކުން ގުޅިގެން ކުރިއަށްގެންދާ ސިޔާސީ މަސައްކަތެއް ކަމަށާއި، ޓިކްޓޮކްގެ ސަބަބުން އެ ޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަން ނުވަތަ ނޫންކަންވެސް ބަލައި ކަށަވަރު ކޮށްފައިނުވާ ކަމަށެވެ.

މިއީ އެމެރިކާގެ ޤައުމީ ސަލާމަތަށް ވިސްނައިގެން ނިންމާފައިވާ ނިންމުމެއް ނޫންކަން ތަރުޖަމާނު ފާހަގަ ކުރެއްވިއެވެ.

މި ބިލުގެ މަސައްކަތް ފެށިފައިމިވަނީ ފާއިތުވި ހަފްތާތަކުގައި އެމެރިކާގެ ވޮޝިންޓަންގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ނިހާޔަތަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

2020 ވަނަ އަހަރު އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައިވެސް ޓިކްޓޮކް މަނާ ކުރުމުގެ މަސައްކަތްތަކެއް ފެއްޓެވިއެވެ. ނަމަވެސް ކޯޓު މަރުޙަލާއިން ކުރިއަށްދިޔަ ކަންކަމުގެ ތެރެއިން އެ މަސައްކަތް އޭރު އޮތީ ހުއްޓިފައެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް އެޤައުމުގެ ސަރުކާރުން ދޫކޮށްފައިވާ މޯބައިލް ފޯނުތަކުން ސޯޝަލް މީޑިޔާގެ މަޝްހޫރު އެޕްލިކޭޝަން ޓިކްޓޮކް ބޭނުންކުރުން މިހާރުވެސް މަނަލެވެ. އެގޮތުން ޓިކްޓޮކް ބޭނުންކުރުން މަނާކުރީ ސައިބަރ ސެކިޔުރިޓީއަށް ނުރައްކާވާ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން އޭރު އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޭވީގައި ބޭނުންކުރުމަށް ސަރުކާރުން ދޫކޮށްފައިވާ މޯބައިލް ފޯނުތަކުން ޓިކްޓޮކް ރިމޫވް ނުކޮށްފިނަމަ، އެ ފޯނު ބޭނުންކުރާ މީހުން ނޭވީ މެރިންގެ އިންޓްރާނެޓުން ބްލޮކްކޮށްލާނެ ކަމަށެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ގެ ސްޕޯކްސްމަން ލެފްޓިނެންޓް ކާނަލް އޫރިއާ އޯރލެންޑް ވިދާޅުވެފައިވަނީ، މިއީ މިހާރު ފެންމަތިވެފައިވާ އަދި ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ޓިކްޓޮކް އަކީ އެމެރިކާގެ ފުރާވަރުގެ ކުދިންގެ މެދުގައި މަޤުބޫލު އެޕްލިކޭޝަނެކެވެ. 

ޓިކްޓޮކްއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025
އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު