Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޚައިރް ބޮލްސޮނާރޯ

ބޮލްސޮނާރޯގެ ސަޕޯޓަރުންތަކެއް ޕޮލިސް ހެޑްކުއާޓަރު ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގައިފި

ލޫލާ ބޮލްސޮނާރޯ އާ ވާދަކުރައްވާ ކާމިޔާބު ކުރައްވާފައިވަނީ ކުޑަ ތަފާތަކުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޑިސެމްބަރު 2022 | އަންގާރަ 07:33
ބްރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ޚައިރް ބޮލްސޮނާރޯގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަން ފަށައިފިއެވެ.

މީގެ ކުރިންވެސް ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވާ ލުއިޒް އިނާޝިއޯ ލޫލާ ޚައިރް ބޮލްސޮނާރޯ އާ ވާދަކުރައްވާ ކާމިޔާބު ކުރައްވާފައިވަނީ ކުޑަ ތަފާތަކުންނެވެ.

ބްރެޒިލްގެ ސްޕީރިއަރ އިލެކްޓޯރަލް ޓްރައިބިއުނަލް އިން އާންމުކޮށްފައިވާގޮތުން ލޫލާއަށް އިންތިހާބުގައި ލިބިވަޑައިގަންނަވާފައި ވަނީ 50.88 އިންސައްތަ ވޯޓެވެ. އަދި ބޮލްސޮނާރޯއަށް 49.12 އިންސައްތަ ވޯޓް ވަނީ ލިބިވަޑައިގަންނަވާފައެވެ.

މިއީ ބްރެޒިލްގެ ތާރީހުގައިވެސް މިހާ ކުޑަ ފަރަގެއްގެ ތަފާތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކެންޑިޑޭޓަކު ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.

ހޯމަ ދުވަހު ބޮލްސޮނާރޯގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން ބްރެސީލިއާގެ ޕޮލިސް ހެޑްކުއާޓަރު ކައިރިއަށް އެއްވެ، ފުލުހުންނާ ކުރިމަތިލުންތައް ހިންގާފައެވެ. މި ހަމަނުޖެހުންތަކުގައި އެ ސަރަޙައްދުގައި ހުރި ބަސްތަކާއި ކާރުތަކުގައި ހުޅު ޖަހާފައިވެއެވެ.

މި ހަމަނުޖެހުންތައް ފެންމަތިވީ ޑިމޮކްރަސީއާ ދެކޮޅު އަމަލުތައް ރާވައި ހިންގުމުގެ ކުށުގައި ބޮލްސޮނާރޯގެ ސަޕޯޓަރަކު ހައްޔަރު ކުރި ހިސާބުންނެވެ.

އެމީހުން ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަގޭހާއި، ސްޓަން ގްރެނޭޑް ބޭނުންކޮށްފައެވެ. އަދި ސެކިއުރިޓީ ފައުޖު ވަރުގަދަކޮށް، ހަމަނުޖެހުން ހުއްޓުވުމަށް އިތުރު ފުލުހުން އެ ސަރަޙައްދަށް ގެންގޮސްފައިވެއެވެ.

ލޫލާ ވަނީ 2003 ވަނަ އަހަރުން 2010 ވަނަ އަހަރަށް ބްރެޒިލްގެ ރައީސްކަން ކުރައްވާފައެވެ. 2018 ވަނަ އަހަރު ލޫލާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 18 މަސް ޖަލުގައި ހޭދަކުރައްވާފައިވެއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ބްރެޒިލްގެ ސުޕްރީމް ކޯޓެއްގެ ޖަޖެއް ވަނީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމާފައެވެ. މިއާއެކު 2022 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލޫލާއަށް ލިބިވަޑައިގަތެވެ.

ޖައިރް ބޮލްސޮނާރޯ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

20 ޑިސެމްބަރު 2025
ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް
26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
12 ސެޕްޓެމްބަރު 2025

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި
05 އޯގަސްޓު 2025

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
01 ޖުލައި 2023

2030 ވަނަ އަހަރާ ހަމަޔަށް ބޮލްސޮނާރޯ އަށް އިންތިޚާބެއްގައި ބައިވެރިނުވެވޭނެކަމަށް ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން ނިންމައިފި

01 ޖުލައި 2023
2030 ވަނަ އަހަރާ ހަމަޔަށް ބޮލްސޮނާރޯ އަށް އިންތިޚާބެއްގައި ބައިވެރިނުވެވޭނެކަމަށް ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން ނިންމައިފި
14 މާރިޗު 2023

ބްރެޒިލްގެ ކުރީގެ ރައީސްގެ އަތްޕުޅުގައި ހުރި، ޓެކްސް ޑިކްލެއަރ ނުކުރާކަމަށް ބެލެވޭ ޖަވާހިރުތަކެއް އިދާރާތަކާ ހަވާލުކުރަނީ

14 މާރިޗު 2023
ބްރެޒިލްގެ ކުރީގެ ރައީސްގެ އަތްޕުޅުގައި ހުރި، ޓެކްސް ޑިކްލެއަރ ނުކުރާކަމަށް ބެލެވޭ ޖަވާހިރުތަކެއް އިދާރާތަކާ ހަވާލުކުރަނީ
11 ޖެނުއަރީ 2023

ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލައިފި

11 ޖެނުއަރީ 2023
ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލައިފި
02 ނޮވެމްބަރު 2022

ބޮލްސޮނާރޯ ބަލި ގަބޫލެއް ނުކުރެއްވި، ނަމަވެސް ބާރުތައް ބަދަލުކުރަން ދެކޮޅެއް ނުހައްދަވާ

02 ނޮވެމްބަރު 2022
ބޮލްސޮނާރޯ ބަލި ގަބޫލެއް ނުކުރެއްވި، ނަމަވެސް ބާރުތައް ބަދަލުކުރަން ދެކޮޅެއް ނުހައްދަވާ
05 ޖެނުއަރީ 2022

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލައިފި

05 ޖެނުއަރީ 2022
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް