Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮލްސޮނާރޯ އަނބުރާ ބްރެޒިލް އަށް

އަމިއްލަފުޅަށް އަރުވާލެއްވިގެން އުޅުއްވުމަށްފަހު ބޮލްސޮނާރޯ އެނބުރި ބްރެޒިލް އަށް

31 މާރިޗު 2023 | ހުކުރު 03:43

އެނބުރި ބްރެޒިލް އަށް މިވަޑައިގެންނެވީ އެމަނިކުފާނުގެ ކަނާތު ފިޔާގެ ޕާޓީކަމަށްވާ ލިބެރަލް ޕާޓީ އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި ހިންގެވުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 މާރިޗު 2023 | ހުކުރު 03:43
ބްރެޒިލްގެ ކުރީގެ ރައީސް ޚައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ޚައިރް ބޮލްސޮނާރޯ

މިދިޔަ އަހަރު ބްރެޒިލްގައި އޮތް ރިޔާސީ އިންތިޚާބުން ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންނެވި އޭރު އެގައުމުގެ ރައީސްކަމުގައި ހުންނެވި ޚައިރް ބޮލްސޮނާރޯ އަމިއްލަފުޅަށް ފްލޮރިޑާއަށް އަރުވާލައްވައިގެން އުޅުއްވުމަށްފަހު އެނބުރި ބްރެޒިލްއަށް ވަޑައިގެންފިއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ވާތުފިޔާގެ އިނާޝިއޯ ލޫލާ ޑަ ސިލްވާއެވެ. އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ބޮލްސޮނާރޯ މިހާތަނަށްވެސް ބަލި ގަބޫލުކުރައްވާފައެއްނުވެއެވެ. އެނބުރި ބްރެޒިލް އަށް މިވަޑައިގެންނެވީ އެމަނިކުފާނުގެ ކަނާތު ފިޔާގެ ޕާޓީކަމަށްވާ ލިބެރަލް ޕާޓީ އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި ހިންގެވުމަށެވެ.

ބޮލްސޮނާރޯ އެނބުރި ބްރެޒިލް އަށް ވަޑައިގަންނަވާތީ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އަދި މުޒާހަރާތަކެއް ހިނގަފާނެކަމަށް ބަލާ އެއަރޕޯޓް ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

ބްރެޒިލް އަށް ފުރާވަޑައިގަތުމަށް މަތިންދާ ބޯޓަށް އެރުއްވުމުގެ ކުރިން ބޮލްސޮނާރޯ ވިދާޅުވީ ލިބިވަޑައިގަންފައިވާ ތަޖުރިބާގެ ބޭނުންކުރައްވައިގެން ޕާޓީ އަލުން އަނބުރާ ކޮޅަށް ޖަހައި އަންނަ އަހަރު އޮންނަ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގެ ނަތީޖާއަކީ މިހާރު ނިމިފައިވާ ޗެޕްޓަރެއް ކަމަށް ވިދާޅުވިއެވެ.

އެކަން މިހާރު ނިމިފައިވާކަމަށާއި ދެން ތައްޔާރުވާނީ އަންނަ އަހަރުގެ އިންތިޚާބަށްކަމަށް ބޮލްސޮނާރޯ ވިދާޅުވިއެވެ.

ބޮލްސޮނާރޯ ބްރެޒިލް ދޫކުރައްވާ އެމެރިކާ އަށް ވަޑައިގެންނެވީ ލޫލާ އަށް ރައީސްކަމުގެ ޝޭޝް ހަވާލުކުރައްވަން އޮތް ދުވަހުގެ ދެދުވަސް ކުރިންނެވެ. ބޮލްސޮނާރޯ ގައުމު ދޫކުރައްވާ ވަޑައިގަންނަވަމުން ވިދާޅުވީ އަރާމުކޮށްލައްވަން ބޭނުންފުޅުވާކަމަށެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދިޔައީ ބޮލްސޮނާރޯ އަށް ކުރިމަތިވެވަޑައިގަންނަވާނެ އެތައް ހާސް ތަހުގީގަކުން ރެކިވަޑައިގަންނެވީކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އިންތިޚާބުގައި ބްރެޒިލްގެ ވޯޓިންގ ސިސްޓަމާ ދެކޮޅަށް ގަސްތުގައި މަސައްކަތްކުރެއްވުމާއި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ބްރެޒިލްގެ ސަރުކާރުގެ ތަންތަނަށް ބޮލްސޮނާރޯގެ ސަޕޯޓަރުން ވަދެ ގެއްލުންދީ ހިންގި ހަމަނުޖެހުމަށް ހިތްވަރު ދެއްވިކަމުގެ ތުހުމަތުގައި ބޮލްސޮނާރޯ އާމެދު އަންނަނީ ތަހުގީގުތައް ހިންގަމުންނެވެ.

ބޮލްސޮނާރޯ އެނބުރި ވަޑައިގަތުމަށް އެންމެ ބޮޑަށް އިންތިޒާރުކުރައްވަމުން ގެންދަވަނީ ލިބަރަލް ޕާޓީގެ ލީޑަރެވެ. މިހާރުގެ ސަރުކާރާ ދެކޮޅަށް ޕާޓީ ހިންގަވާ ކުރިޔަށް އޮތް މުނިސިޕަލް އިންތިޚާބު ޕާޓީއަށް ކާމިޔާބުކުރުމަށް ބޮލްސޮނާރޯ އިސްވެ ހުންނަވާ މަސައްކަތްކުރެއްވުމަށް ޕާޓީގެ ލީޑަރު ނުހަނު ބޭނުންފުޅުވެއެވެ.

އެގޮތުން މުޅި ބްރެޒިލްގައި ބޮލްސޮނާރޯ ދަތުރުކުރައްވާ ޕާޓީގެ އަސާސްތައް ދަމަހައްޓާ ޕާޓީ އިތުރަށް ފުޅާކުރުމުގެ މަސައްކަތްތައް ބޮލްސޮނާރޯ ކުރައްވާނެކަމަށް ލީޑަރު ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ކަންކަން ފައްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.

ބައެއް މާހިރުން ގަބޫލުކުރައްވާ ގޮތުގައި ބޮލްސޮނާރޯ އެނބުރި ވަޑައިގެން މަސައްކަތްތައް ފައްޓަވާ އަދިވެސް ޕާޓީ ލީޑުކުރެއްވޭނެކަން ނުދައްކަވައިފިނަމަ ކަނާތު ފިޔައިގެ ޕާޓީ ލީޑުކުރާނެ އެހެން ލީޑަރެއް ހޯދާނެއެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް ބޮލްސޮނާރޯ އެނބުރި ބްރެޒިލް އަށް ވަޑައިގަތުމަކީ މުހިންމު ކަމެކެވެ. އަނެއްކޮޅުން ޖެނުއަރީ 8 ގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ގިނަ ސެންޓަރު ރައިޓް ޕާޓީތަކެއް ތާއީދު ބޮލްސޮނާރޯ އަށް ވަނީ ގެއްލޭ ގޮތްވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

29 މާރިޗު 2018

ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ތައުލީމާއި ބެހޭ ވަޒީރު ސްކޮޓްލެންޑްގެ ފުލުހުންނާއި އަމިއްލަފުޅަށް ހަވާލުވެވަޑައިގެންފި

29 މާރިޗު 2018
ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ތައުލީމާއި ބެހޭ ވަޒީރު ސްކޮޓްލެންޑްގެ ފުލުހުންނާއި އަމިއްލަފުޅަށް ހަވާލުވެވަޑައިގެންފި
29 މާރިޗު 2018

މަލާލާ ފުރަތަމަފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފި

29 މާރިޗު 2018
މަލާލާ ފުރަތަމަފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފި
16 ޖެނުއަރީ 2018

ރޮހިންޖާގެ ރެފިއުޖީން އެނބުރި މިޔަންމާ އަށް ބަދަލު ކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އަތުވެއްޖެ

16 ޖެނުއަރީ 2018
ރޮހިންޖާގެ ރެފިއުޖީން އެނބުރި މިޔަންމާ އަށް ބަދަލު ކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އަތުވެއްޖެ
02 ޑިސެމްބަރު 2017

ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް

02 ޑިސެމްބަރު 2017
ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް
22 ނޮވެމްބަރު 2017

ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި

22 ނޮވެމްބަރު 2017
ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި
11 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުން އެނބުރި އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން މަސައްކަތްކޮށްފައިވޭ: އދ. ގެ ރިޕޯޓު

11 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުން އެނބުރި އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން މަސައްކަތްކޮށްފައިވޭ: އދ. ގެ ރިޕޯޓު
17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ

13 ޖެނުއަރީ 2017
ބަން ކީ މޫން އެނބުރި އުފަން ގައުމަށް، ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް