Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޮލްސޮނާރޯގެ ސިޔާސީ ކުރިމަގު

2030 ވަނަ އަހަރާ ހަމަޔަށް ބޮލްސޮނާރޯ އަށް އިންތިޚާބެއްގައި ބައިވެރިނުވެވޭނެކަމަށް ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން ނިންމައިފި

ކޯޓުގެ ހަތް ޖަޖުންގެ ތެރެއިން ފަސް ޖަޖުން ނިންމާފައިވަނީ ބޮލްސޮނާރާ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރައްވާ ނެތް މައްސަލަތަކެއް ހުރިކަމަށް ދައްކަވަން މަސައްކަތްކުރެއްވިކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 ޖުލައި 2023 | ހޮނިހިރު 01:52
ބްރަޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ

ބްރަޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ

މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި އިންތިޚާބުގައި ވޯޓު އޮޅުވާލިކަމަށް އޭރު ބްރެޒިލްގެ ރައީސް އަކަށް ހުންނެވި ޖެއިރް ބޮލްސޮނާރޯ ތުހުމަތު ކުރެއްވި މައްސަލަ އެގައުމުގެ ފެޑެރަލް އިލެކްޓޯރަލް ކޯޓުން ބެލުމަށްފަހު ބޮލްސޮނާރޯގެ ސިޔާސީ ހަޔާތުގެ ކުރިމަގާމެދު ސުވާލު އުފެދޭފަދަ ނިންމުނެއް ނިންމައިފިއެވެ.

އެމައްސަލައިގައި ފެޑެރަލް އިލެކްޓޯރަލް ކޯޓުން ނިންމާފައިވަނީ ކަނާތު ފިޔައިގެ ކުރީގެ ރައީސަށް 2030 ވަނަ އަހަރާ ހަމަޔަށް އެއްވެސް އިންތިޚާބެއްގައި ބައިވެރި ނުވެވޭނެކަމަށެވެ. ކޯޓުގެ ހަތް ޖަޖުންގެ ތެރެއިން ފަސް ޖަޖުން ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހު ބޮލްސޮނާރޯ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވާ މީޑިޔާގެ ބޭނުންވެސް އެމޭރެމުން ހިއްޕަވާ އިންތިޚާބުގެ ކުރިން ބްރެޒިލްގެ އިލެކްޓޯރަލް ވޯޓިންގ ސިސްޓަމްގައި ނެތް މައްސަލަތަކެއް ހުރިކަމަށް ދައްކަވަން އެމްބެސެޑަރުން ހާޒިރުކޮށް މަސައްކަތް ކުރެއްވިކަމަށެވެ.

މިނިންމުމާއެކު ބޮލްސޮނާރޯ އަށް 2026 ވަނަ އަހަރު އެގައުމުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިގެންދިޔައީއެވެ. އިންތިޚާބުގައި މިހާރުގެ ރައީސް ލޫލާ ޑަ ސިލްވާ އާ ވާދަކުރައްވާ ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ބްރެޒިލްގައި ހަމަނުޖެހުން އުފެއްދެވުމަށް މަސައްކަތްކުރައްވާ މިއަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ބްރެޒިލްގައި ހިނގާ ދިޔަ ބޮޑު ހަމަނުޖެހުމުގެ ޒިންމާ ބޮލްސޮނާރޯ ނަންގަވަންޖެހޭނެކަމަށް ބްރެޒިލްގެ ގިނަ ބަޔަކު ދެކެއެވެ.

ކޯޓުގެ މިނިންމުމާއެކު ލޫލާގެ އެންމެ ބޮޑު އިދިކޮޅު ކެންޑިޑޭޓުގެ ސިޔާސީ ކުރިމަގާމެދު ބޮޑެތި ސުވާލުތަކެއް ކުރިމަތިވެފައިވާއިރު ލޫލާގެ ޓީމުން ވަނީ މިކަމުގެ އުފާފާޅުކޮށްފައެވެ.

ބޮލްސޮނާރޯ ވަނީ އެފަދަ ކަމެއް ކުރެއްވިކަމަށް ދެކޮޅު ހައްދަވާފައެވެ. އަދި ބޮލްސޮނާރޯގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި މިމައްސަލަ އިސްތިއުނާފްކުރާނެކަމަށް ބުނެފައެވެ. ނަމަވެސް މިމައްސަލަ ސްޕްރީމް ކޯޓުން ބޮލްސޮނާރޯއަށް ކާމިޔާބުވާނެކަމަކަށް ނުބެލެވެއެވެ.

ބޮލްސޮނާރޯ ވިދާޅުވީ މިއީ ބުރަކައްޓަށް ހަންޖަރެއް ހަރާލުންފަދަ ކަމެއްކަމަށެވެ. އަދި ބްރެޒިލްގެ ކަނާތު ފިޔައިގެ ސިޔާސީ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

އިލެކްޓޯރަލް ކޯޓުގެ މިނިންމުމާއެކު އަދި ބޮލްސޮނާރޯ އަށް ހިންދެމިލެއްވޭކަށްނެތެވެ. އެއީ ބޮލްސޮނާރޯގެ މައްޗަށް އުފުލާފައިވާ ގިނަ ދައުވާތަކުގެ ސަބަބުންނެވެ. އެދައުވާތައް ސާބިތުވެއްޖެނަމަ ޖަލު ހުކުމް ވެސް އަންނާނެއެވެ.

ބްރެޒިލްޖައިރް ބޮލްސޮނާރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު