Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގެވެށި އަނިޔާ

ތުހުމަތެއް ކުރެވުނަސް ގެވެށި އަނިޔާ ރިޕޯޓު ކުރަން ޤާނޫނުގައި އޮވޭ

ޤާނޫނުގައި ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަން ވަނީ ބަޔާންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2022 | އަންގާރަ 06:55
ހައްގުތައް ކަށަވަރު ކޮއްދިނުމަށް އެދި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗައް ނުކުމެ

ހައްގުތައް ކަށަވަރު ކޮއްދިނުމަށް އެދި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗައް ނުކުމެ

ޤާނޫނު ނަންބަރު 3/2012 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަސްދީޤު ކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ހިނގާ ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދިނުމާއި އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން އޮތް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި، އެއް މުއައްސަސާ އަނެއް މުއައްސަސާއާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ކަނޑައެޅުމާއި ގުޅޭ ޤާނޫނެކެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ގެވެށި ގުޅުމަކީ ކޮބައިކަން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކައިވެނި ކޮށްގެންއުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންނާއި، އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުންގެ އިތުރުން، މައިންބަފައިންނާއި، ބަލަދުވެރިންނާއި، ނަސަބުގެގޮތުން، ނުވަތަ ގާތްތިމާގެކަމުގެގޮތުން، ނުވަތަ ކައިވެނީގެގޮތުން ޢާއިލީ ގުޅުމަކުން ގުޅިފައިވާ މީހުންގެ އިތުރުން، ޒާތީ ގުޅުމެއް އޮތް މީހުން ފަަދަ މީހުންނަކީ ގެވެށި ގުޅުމަކުން ގުޅިފައިވާ މީހުން ކަމުގައި މި ޤާނޫނުގެ ދަށުން ބެލޭނެއެވެ.

މި ޤާނޫނުގައި ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ގެވެށި އަނިޔާ ކުރުމަކީ ހަމައެކަނި ޖިސްމާނީ އަނިޔާ ދިނުމެއް ނޫނެވެ. ނޫނީ ގަޔަށް އަތްލައި އަނިޔާ ކުރުން އެކަންޏެއްވެސް ނޫނެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ޖިސްމާނީ އަނިޔާގެ އިތުރުން ޖިންސީ އަނިޔާ ކުރުމާއި، ބަހުގެ ޙަމަލާދީ ނަފްސާނީ އަނިޔާ ކުރުމަކީވެސް ގެވެށި އަނިޔާ ކުރުން ކަމުގައި ބެލެވޭނެއެވެ.

އޭގެ އިތުރުން، މާލީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުމަކީވެސް ގެވެށި އަނިޔާ ކުރުން ކަމުގައި ބެލެވޭނެއެވެ.

މި ޤާނޫނުގެ ދަށުން ގެވެށި އަނިޔާ ކަމުގައި ބަލާ އިތުރު ކަންކަމުގެ ތެރޭގައި، އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުންވެސް ހިމެނެއެވެ.

ހަމައެއާއެކު، ގެވެށި ގުޅުމެއްގައިވާ މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުމާއި، އެމީހަކަށް ބިރުދެއްކުމާއި، ގޯނާ ކުރުމާއި، ފާރަލުމާއި، މުދަލަށް ގެއްލުން ދިނުމަކީވެސް ގެވެށި އަނިޔާގެ ގޮތުގައި ބެލެވެއެވެ.

މިފަދަ އަމަލުތަކަކީ މަަދަނީ ޒިންމާ އުފުލަންޖެހޭ ޙާލަތްތަކުގައި މަދަނީ ޒިންމާ އުފުލުމާއެކު، އެ ޢަމަލަކީ ޖިނާއީ ކުށެއްކަމަށްވާނަމަ ޖިނާއީ ކުށުގެ ދަޢުވާ އުފުލޭނެ ކަންކަމެވެ. އެއީ ހައްތަހާވެސް މި ޤާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެ ކަންކަމެވެ.

ދެން އޮތީ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުމުގެ ވާހަކައެވެ. އެގޮތުން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓު ކުރެވޭނީ އެފަދަ މަންޒަރެއް ތިމާގެ ލޮލަށް ފެނި އެކަށީގެންވާ ހެކި ހުރެގެން ކަމެވެ. ނުވަތަ ގިނަ ފަހަރު އެފަދަ ކަމެއް ހިނގާކަން އެނގުނަސް ރިޕޯޓު ނުކުރާ މީހުންވެސް ވަކި މަދެއް ނޫނެވެ.

އެހެންނަމަވެސް، މި ޤާނޫނުގެ ދަށުން ބަލާއިރު، ގެވެށި އަނިޔާގެ އަމަލެއް ހިނގާ ކަމުގެ ތުހުމަތު ކުރެވިއްޖެ ޙާލަތެއްގައިވެސް އެކަމެއް ރިޕޯޓު ކުރަން ޖެހެއެވެ. އެގޮތުން ގެެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ނުވަތަ އެފަދަ ޢަމަލެއް ހިނގައިފިކަމުގެތުހުމަތު ކުރެވިއްޖެ ހިނދެއްގައި، އެކަން ފުލުހުންނަށް ރިޕޯޓުކުރަންވާނެކަމަށް މި ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، ގިނަ ފަހަރު ކަންވެފައި އޮންނަނީ އެހެންތޯއެވެ؟ މިފަހުން ރާއްޖޭގައި ހިނގާފައިވާ ގެވެށި އަނިޔާގެ ބޮޑެތި މައްސަލަތަކަށް ބަލާލިނަމަވެސް ފެންނަން އޮތް ހަގީގަތަކީ، ގިނަ މީހުން އެފަދަ މައްސަލަތައް ރިޕޯޓު ނުކުރާ ކަމެވެ. އެއީ އާއިިލީ ކަމެއް ނުވަތަ ދެމަފިރިން އަމިއްލައަށް ޙައްލުކުރަން ޖެހޭ ޒާތުގެ ކަމެއްކަމަށް ބުނެ ނިންމާލާކަމެވެ. ގިނަ ފަހަރު ގެވެށި އަނިޔާ ތަހައްމަލު ކުރާކަން އެނގިހުރެމެ، އެކަން ރިޕޯޓު ކުރަން އިސްނަގާ މީހަކު މަދެވެ. ނަމަވެސް ހަގީގަތަކީ އެފަދަ ތުހުމަތެއް ކުޑަމިނުން ކުރެވުނު ނަމަވެސް، ރިޕޯޓުކުރަން ޤާނޫނު ލާޒިމުކުރާ ކަމެވެ.

މިނިސްޓްރީ އޮފް ޖެންޑަރގެވެށި އަނިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަނީ

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަނީ

03 ފެބުރުއަރީ 2024
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު