Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިކަމުގެ ދާއިރާ

ހުވަދު އަތޮޅު ދެކުނު ބުރިން ޒުވާން ކެޔޮޅުގެ އެވޯޑު މަޑަވެއްޔަށް ނިސްބަތްވާ ފަރުހާން ޒާހިރަށް

ހަނދާނީ ފިލާތައް ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2022 | ހޯމަ 10:53
ހުވަދު އަތޮޅު ދެކުނު ބުރިން ޒުވާން ކެޔޮޅުގެ އެވޯޑު މަޑަވެއްޔަށް ނިސްބަތްވާ ފަރުހާން ޒާހިރަށް

ހުވަދު އަތޮޅު ދެކުނު ބުރިން ޒުވާން ކެޔޮޅުގެ އެވޯޑު މަޑަވެއްޔަށް ނިސްބަތްވާ ފަރުހާން ޒާހިރަށް

މަސްވެރިކަމުގެ ސިނާއަތަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ހަނދާނީ ފިލާތައް ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އެވެ.

Advertisement - newsAdvertisement

ހުވަދު އަތޮޅު ދެކުނު ބުރިން ހޮވާލެވޭ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތެއް ކޮށްދެމުންދާ ޒުވާން ކެޔޮޅުގެ އެވޯޑު ލިބިފައިވަނީ ގދ މަޑަވެއްޔަށް ނިސްބަތްވާ ފަރުހާން ޒާހިރަށެވެ. ފަރުހާން ޒާހިރު މިވަގުތު ހުރީ ޓީއެސް ލައިން ދޯނީގެ ކެޔޮޅުގެ މަޤާމުގައެވެ.

ޅަ އުމުރުގައި މަސްވެރިކަމަށް ނުކުން ފަރުހާން ވަނީ މި ދާއިރާގައި 14 އަހަރު ހޭދަކޮށްފައެވެ.

އޭގެ އިތުރުން، ފާއިތުވި އަހަރު މި ސިނާއަތުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ދޯނިތަކާއި، ކުންފުނިތަކުގެ އަގުވަޒަން ކުރުމަށް ހަނދާނީ ފިލާވެސް ވަނީ ދީފައެވެ.

2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރާފައިވަނީ ގދ މަޑަވެލި، ޓީއެސް ލައިން ދޯންޏެވެ. އެކަމާ ގުޅޭ ހަނދާނީ ފިލަޔާ ޓީއެސް ލައިންގެ އޮޑިވެރިޔާ އަމްޖަދު ޙަސަން ވަނީ ޙަވާލުވެފައެވެ.

ޓީއެސް ލައިން ދޯނި ބަނދެ، މަސްވެރިކަމަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން ޝައުޤުވެރި ކުރުވުމުގެ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ދޯނީގެ ވެރި ފަރާތުން ހިންގައެވެ.

2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނައިން މަސް ކިރާފައިވަނީ ގދ މަޑަވެލި ކަމަނަ ދޯންޏެވެ. މީގެ 8 އަހަރު ކުރިން މަސްވެރިކަމަށް ނެރެފައިވާ މި ދޯނީގައި ޖުމުލަ 37 ފަޅުވެރިން މަހަށް ފުރައެވެ.

މި ދޯނި ވަނީ މިދިޔަ އަހަރުވެސް އެންމެ ގިނައިން މަސް ކިރުވި ދޯނިތަކުގެ ލިސްޓުގައި ހިމެނިފައެވެ.

އޭގެ އިތުރުން، ގދ މާމެންދޫ ހުޝިޔާރު ދޯނިންވެސް ވަނީ އެވޯޑު ހޯދާފައެވެ.

2021 ވަނަ އަހަރު ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އެންމެ ގިނަ މަސް ކިރާފައިވަނީ  ބ ތުޅާދޫ ހައިސަމް ދޯންޏެވެ.

ދެވަނައަށް ހޮވިފައިވަނީ ދ މީދޫ އަލަމާ 6 ދޯންޏެވެ. ތިންވަނައަށް ހޮވިފައިވަނީ އދ މަހިބަދޫ އަސުރުމާ 3 ދޯންޏެވެ.

2021 ވަނަ އަހަރު ބަރުދަނުގެ ގޮތުން އެންމެ ގިނައިން ބޮޑުކަންނެލި ގަތުމުގެ ހަނދާނީ ފިލަޔާއި، އެންމެ ގިނައިން ފަރުމަސް ގަތުމުގެ ހަނދާނީ ފިލާ ލިބެނީ ބިގް ފިޝް ޕްރައިވެޓް ލިމިޓެޑަށެވެ.

2021 ވަނަ އަހަރު ބަރުދަނުގެ ގޮތުން އެންމެ ގިނަ ކަޅުބިލަމަސް ގަތުމުގެ އެވޯޑު ލިބިފައިވަނީ މިފްކޯއަށެވެ. އެވޯޑާ ޙަވާލުވެލެއްވީ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ.

2021 ވަނަ އަހަރު އަގު އެއްކޮށްގެން މަހުގެ އުފެއްދުންތައް އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީ ހޯދާފައިވަނީ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށެވެ.

އޭގެ އިތުރުން، ދިގު މުއްދަތެއްގައި މަސްވެރިކަމުގެ ސިނާއަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންވެސް މި ޙަފްލާގައި ވަނީ އެވޯޑު ދީފައެވެ.

މަސްވެރިކަމުގެ ސައިންސްގެ ދާއިރާއިން ދިރާސާ ކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް ޑރ ޗާލްސް އެންޑަރސަންއަށް ވަނީ އެވޯޑު ދެއްވާފައެވެ.  

އޭގެ އިތުރުން، ޓަރކިޝް ކާގޯ ކުންފުންޏަށްވެސް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކުގެ އެކްސްޕޯޓު ދެމެހެއްޓުމަށް ކުރާ މަސައްކަތް ފާހަގަކޮށް އަގުވަޒަންކޮށްފައެވެ.

2021 ވަނަ އަހަރު އޯލެވެލް އިމްތިހާނުން މެރިން ސައިންސް ދާއިރާއިން އެންމެ ރަނގަަޅު ނަތީޖާ ހޯދާފައިވާތީ އެކަމުގެ އަގުވަޒަންކޮށް ސ ހިތަދޫ ނާއީލީ މަންޒިލް މަރިޔަމް ސާރާއަށް ވަނީ ހަނދާނީ ފިލާ ދީފައެވެ.

2021 ވަނަ އަހަރު އޯލެވެލް އިމްތިހާނުން މެރިން ސައިންސް ދާއިރާއިން އެންމެ ރަނގަަޅު ނަތީޖާ ހޯދާފައިވާ 7 ސްކޫލެއްގެ އަގުވަޒަން ކޮށްފައިވެއެވެ. އެއީ ހުރަވީ ސްކޫލް، ކުޑަފަރި ސްކޫލް، ރިނބުދޫ ސްކޫލް، ފިޔޯރީ ސްކޫލް، ޏ އަތޮޅު ތައުލީމީ މަރުކަޒު، ތުޅާދޫ ސްކޫލް، އަދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.

މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ ހ މީނާޒް އަލްމަރުޙޫމާ ޑރ ފާތިން ޙަމީދަށްވެސް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ފިލައާ ޙަވާލުވީ އޭނާގެ އާއިލާ މެމްބަރެކެވެ.

އޭގެ އިތުރުން، 2022 ވަނަ އަހަރު ފަރެސްމާތޮޑާގައި މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަރަކާތްތައް ފުރިހަމައަށް އިންތިޒާމު ކޮށްދީފައިވާތީ އެކަމުގެ އަގުވަޒަން ކޮށްފައިވެއެވެ.

މަސްވެރިންގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް

މަސްވެރިންނަށް ނުދެވި ބާކީ ހުރީ 140 މިލިއަން ރުފިޔާ: ރައީސް

10 ޑިސެމްބަރު 2023
މަސްވެރިންގެ ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެއްޖެ

މަސްވެރިންގެ ގުންޒަރުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ބައިވެރިވެއްޖެ

09 ޑިސެމްބަރު 2023
މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި

މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭ ސިޓީގައި ބޭއްވުމަށް ނިންމައިފި

23 ނޮވެމްބަރު 2023
ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާން ކެޔޮޅާއި އެންމެ ތަޖުރިބާކާރު ކެޔޮޅު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

21 ނޮވެމްބަރު 2023
ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

12 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު