Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ވިއްކާ ކެމިކަލް

ރާއްޖޭގައި ވިއްކާ ކެމިކަލްގެ މައުލޫމާތު ހިމެނޭ ރިޕޯޓު ހުށަހެޅުމަށް އަންގައިފި

ރިކޯޑުތަކުގެ ކޮޕީ ހިމެނޭ ރިޕޯޓެއް ކޮންމެ 6 މަހަކުން އެއްފަހަރު ޑިފެންސް މިނިސްޓްރީއަށް ފޮނުވަންވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2022 | ހޯމަ 08:06
ކެމިކަލް ގުދަނެއް

ކެމިކަލް ގުދަނެއް

ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، ވިއްކާ ކެމިކަލްގެ މައުލޫމާތު ހިމެނޭ ރިޕޯޓު ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދެފިއެވެ.

ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން އެތެރެކުރާ ކެމިކަލް ވިއްކުމާގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދުގެ ދަށުން ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، އެތެރެކުރާ ކެމިކަލް ވިއްކުމަށްޓަކައި "ކެމިކަލް ވިއްކުމުގެ ހުއްދަ" ނެގުމަށް ހަނދާންކޮށްދީފައެވެ.

ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019 ގެ 7 ވަނަ މާއްދާ ދަށުން ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، އެތެރެކުރާ ކެމިކަލް ވިއްކަންވާނީ ޑިފެންސް މިނިސްޓްރީން "ކެމިކަލް ވިއްކުމުގެ ހުއްދަ" ނަގައިގެންނެވެ. އަދި އެ މާއްދާގެ (ބ) ގެ ދަށުން، ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކާގޮތުގެ ތަފްސީލު ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމާއި އެއްގޮތަށް ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މި ރިކޯޑުތަކުގެ ކޮޕީ ހިމެނޭ ރިޕޯޓެއް ކޮންމެ 6 މަހަކުން އެއްފަހަރު ޑިފެންސް މިނިސްޓްރީއަށް ފޮނުވަންވާނެކަމަށް އެގަވާއިދުގައި ބުނެފައިވެއެވެ.

2019 ވަނަ އަހަރު ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު ޑިފެންސް މިނިސްޓްރީން އެކުލަވާލީ އެއަހަރުގެ ސެޕްޓެމްބަރު މަހު ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ގަވާއިދުގެ ދަށުން ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަން ހުންނަންވާނީ މީހުން ދިރިއުޅޭ ތަންތަނާއި ދުރުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކެމިކަލް ގެންގުޅޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިޚްތިޔާރު މިގަވާއިދުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ލިބިދީފައިވެއެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އޭރު ވިދާޅުވެފައިވަނީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި 82 ކެމިކަލް ގުދަން ހުރިއިރު، މީހުން ދިރިއުޅޭ ގެތަކާއި އިންވެގެން 96 ގުދަން ހުރި ކަމަށެވެ. އަދި މިގަވާއިދު ހަދާ އަމަލުކުރަން ފެށިފަހުން މާލޭގައި މީހުން ދިރިއުޅެމުން އައި ތަންތަނުގައި ހުރި ކެމިކަލް ގުދަން ތަން މާލެއިން ބޭރު ކުރަން ފެށިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް

އިތުރަށް ކިޔާލަން

06 މެއި 2025

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

06 މެއި 2025
ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް
06 މެއި 2025

މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

06 މެއި 2025
މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި
11 މެއި 2024

ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

11 މެއި 2024
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
04 އެޕްރީލު 2024

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް

04 އެޕްރީލު 2024
މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް
16 ސެޕްޓެމްބަރު 2023

ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް

16 ސެޕްޓެމްބަރު 2023
ސިޔާސީ މަޤުސަދު ހާސިލުކުރުމަށް ސިފައިންގެ އަގުވައްޓާލައި، ސިޔާސީ ނުފޫޒު ވެއްދުމަށް ދަނީ ޕްރޮޕެގެންޑާ ފަތުރަމުން: ޑިފެންސް
25 މެއި 2023

ހައުސިންގ އެލަވަންސާއި ސިއްޙީ މައްސަލަތަކުގައި ސިފައިންނަށް ދޭ ޗުއްޓީގެ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްފައި - މާރިޔާ

25 މެއި 2023
ހައުސިންގ އެލަވަންސާއި ސިއްޙީ މައްސަލަތަކުގައި ސިފައިންނަށް ދޭ ޗުއްޓީގެ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްފައި - މާރިޔާ
11 މެއި 2023

"އެފްރިކަން ވިމެން ސަމިޓް-23"ގައި މިނިސްޓަރު މާރިޔާ ތަގުރީރުކުރައްވައިފި

11 މެއި 2023
"އެފްރިކަން ވިމެން ސަމިޓް-23"ގައި މިނިސްޓަރު މާރިޔާ ތަގުރީރުކުރައްވައިފި
09 މެއި 2023

"އެފްރިކަން ވިމެން ސަމިޓް-23" ގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު އެފްރިކާއަށް

09 މެއި 2023
"އެފްރިކަން ވިމެން ސަމިޓް-23" ގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު އެފްރިކާއަށް
17 މާރިޗު 2023

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2023
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
24 ފެބުރުއަރީ 2023

އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން ޔޫއޭއީ އާއެކު މަޝްވަރާކޮށްފި

24 ފެބުރުއަރީ 2023
އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން ޔޫއޭއީ އާއެކު މަޝްވަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު