Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޮސްކޯގައިދިން ބަޑީގެ ހަމަލާ ކުށްވެރިކުރުން

މޮސްކޯ ގައި އައިއެސްއިން ދިން ހަމަލާ މޮރޮކޯއިން ކުށްވެރިކޮށްފި

133 މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލި އެ ހާދިސާ ކުށްވެރިކޮށް މޮރޮކޯއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކާ އެއްބައިވަންތަކަން ފާޅުކޮށްފައެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 25 މާރިޗު 2024 | ހޯމަ 10:20
މޮސްކޯގައި ދިން ހަމަލާގައި އެއިމާރާތްވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި

މޮސްކޯގައި ދިން ހަމަލާގައި އެއިމާރާތްވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި

މިދިޔަ ހުކުރުދުވަހު މޮސްކޯ ގެ ކޮންސަރޓް ހޯލް އަކަށް އައިއެސްއިން ދިން ޓެރެރިސްޓް ހަމަލާ މޮރޮކޯއިން ކުށްވެރިކޮށްފިއެވެ.

133 މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލި އެ ހާދިސާ ކުށްވެރިކޮށް މޮރޮކޯއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކާ އެއްބައިވަންތަކަން ފާޅުކޮށްފައެވެ.

މޮރޮކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއިން މޮސްކޯ ކައިރީގައި އޮންނަ ކްރަސްނޯގޯސްކްގެ ކްރޮކަސް ސިޓީ ހޯލަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރާ ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރަޝިޔާ ސަރުކާރާ އެއްބައިވަންތަކަން ފާޅުކުރުމުގެ އިތުރުން މޮރޮކޯއިން ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށް ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ހަމަލާ ދިން ސަރަހައްދުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ މީހުންނާއި ފަސް މީހުންނާ ދެމެދުގެ އަދަދަކަށް ޓެކްޓިކަލް ގިޔަރު އަޅައިގެން އޮޓޮމެޓިކް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ވަނީ ކޮންސެޓް ހޯލްގެ ދޮރުމަތީގައި ތިބޭ ސެކިއުރިޓީންނަށް ހަމަލާދޭން ފަށައިފައެވެ. އެއަށްފަހު، ހޯލްގައި ތިބި މީހުންނާ ދިމާއަށް އެމީހުން އެއެއް މިއެއް ނުބަލައި ބަޑީގެ ހަމަލާތައް ދޭން ފެށީއެވެ.

އައިސިސް އިން މި އަނިޔާވެރި އަމަލުގެ ޒިންމާ އުފުލާފައިވަނީ މޮސްކޯގެ ކައިރީގައި އޮތް ބޮޑު އެއްވުމަކަށް ހަމަލާދީ، އެ ޖަމާއަތުގެ ހަނގުރާމަވެރިން ސަލާމަތުން އެމީހުންގެ މަރުކަޒަށް އެނބުރި އަންނާނެ ކަމަށް ބުނެ ޓެލެގްރާމްގައި އާންމުކުރި މެސެޖެއް މެދުވެރިކޮށެވެ.

މި ހަމަލާގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، ކޮންސަޓް ހޯލުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ހުރަސްއެޅި، ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ގެންދަވަނީ ހާލަތު ވަރަށް ގާތުން ބައްލަވަމުން ކަމަށާއި ހަމަލާގެ މައުލޫމާތު ވަގުތުން ހޯއްދަވައި އަޅަންޖެހޭ އަވަސްފިޔަވަޅުތައް އަޅުއްވަމުން ކަމަށް ރަޝިޔާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ.

މި ހިތާމަވެރި ހާދިސާތަކާ ގުޅިގެން މޮސްކޯގެ މޭޔަރު ސަރްގެއި ސޮބްޔާނިން ވަނީ ހަފުތާ ބަންދުގައި ބާއްވާ އާންމު ހުރިހާ ހަރަކާތެއް ކެންސަލް ކުރަން ނިންމައި، ވެރިރަށުގެ ބޮޑެތި ސަގާފީ މުއައްސަސާތަކުން ހިތާމައާއި އެއްބައިވަންތަކަމުގެ ދޮރުތައް ބަންދުކޮށްފަ އެވެ.

މި ހަމަލާގެ ތަހުގީގުތައް ކުރިއަށްދާއިރު، މޮރޮކޯ ގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް އެއްބައިވަންތަކަމުގެ އިޝާރާތެއް ދީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކޮށް، ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު