Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

މައްސަލަ ހޫނުވެ ޝަކުވާތައް އޮހުނު ރެފްރީ ލަހޯޒަށް ފީފާ އިން ފިޔަވަޅު އަޅައިފި

ދެ ޓީމުގެ ކުޅުންތެރިންނަށް ލަހޯޒް ވަނީ ޖުމުލަ 17 ރީނދޫ ކާޑު ދައްކާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2022 | ހޯމަ 05:12
އާޖެންޓީނާ މެޗުގައި މެސީ، ރެފްރީ ލަހޯޒާ ވާހަކަ ދައްކަނީ

އާޖެންޓީނާ މެޗުގައި މެސީ، ރެފްރީ ލަހޯޒާ ވާހަކަ ދައްކަނީ

މިއަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި އެންމެ ފޯރިގަދަ މެޗަކަށް ފެނުނީ އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލު ކުރި މެޗެވެ. ކުއާޓާ ފައިނަލްގައި މި ދެ ޓީމު ނުކުތީ ސެމީ ފައިނަލްގެ ޖާގަ އަށް ހަނގުރާމަ ކުރުމަށެވެ.

ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނު މެޗުގެ ފޯރި ގަދަވީ ފަހު ވަގުތުއެވެ. ނެދަލެންޑްސް އިން ދެ ވަނަ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ސިކުންތުގައެވެ. އޭރު އާޖެންޓީނާ އިން ދިޔައީ ދެ ލަނޑުން މެޗު ލީޑު ކުރަމުންނެވެ. އެހާ ހިސާބަށް އައި އިރު ވެސް މެޗުގެ ހޫނުކަން ވަނީ ފެނިފައެވެ. މެޗުގެ ފުރަތަމަ ރެފްރީ އަކަށް ހުރި މަތިއު ލަހޯޒް އާއި ދެ ޓީމުގެ ކުޅުންތެރންނާ ދެމެދު ވަނީ އެކި ފަހަރު މަތިން ދެބަސްވުންތައް ހިނގާފައެވެ.

މެޗުގައި ރެފްރީ ލަހޯޒް ވަނީ ގިނަ އަދަދަކަށް ކާޑު ދައްކާފައެވެ. ދެ ޓީމުގެ ކުޅުންތެރިންނަށް ލަހޯޒް ވަނީ ޖުމުލަ 17 ރީނދޫ ކާޑު ދައްކާފައެވެ. ދަނޑު މަތީގައި ތިބި ކުޅުންތެރިންގެ އިތުރުން، ބެންޗުގައި ތިބި އޮފިޝަލުންނަށް ވެސް ކާޑު ދެއްކިއެވެ. މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި ވަގުތު ހިނގައި ދިޔަ ކަމަކަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައެވެ.

މެޗަށްފަހު އާޖެންޓީނާ އާއި ނެދަލެންޑްސްގެ ކުޅުންތެރިން ވެސް ވަނީ ރެފްރީ ލަހޯޒަށް ނުރުހުން ފާޅުކޮށްފައެވެ. މެޗުން މޮޅުވި ނަމަވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޝަކުވާތައް ރެފްރީއަށް ހުއްޓެވެ. މެޗުގެ ތެރެއިން ވެސް މެސީ ވަނީ އެކި ފަހަރު މަތިން ރެފްރީގެ ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ރެފްރިއާ ވާހަކަ ވެސް ދައްކާފައެވެ. މެސީ ބުނީ ހަގީގަތުގައި ރެފްރިއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި، އެކަމުގެ ސަބަބުން ފިޔަވަޅު އަޅައިފާނެ ކަމަށެވެ.

ނަމަވެސް މެސީ ގޮވާލީ އެ މެޗުގައި ހިނގައިދިޔަ ކަންކަން ފީފާ އިން ރަނގަޅަށް ބެލުމަށެވެ. އޭނާ ބުނީ އެ ލެވަލްގެ މެޗެއް އެފަދަ ރެފްރީއެއްގެ އަތް މައްޗަށް ދިނުމުގެ ގެއްލުން ދެ ޓީމަށް ވެސް ދެއްކި ކަމަށެވެ. މެސީ ބުނީ އޭނާ އަށް ފެންނަ ގޮތުގައި އެއީ އެ ލެވަލްގެ މެޗަކަށް އިންސާފު ކުރެވޭ ވަރުގެ ރެފްރީއެއް ނޫން ކަމަށެވެ.

މެސީގެ އިތުރުން ނެދަލެންޑްސްގެ ކޯޗު ލުއިސް ވެންހާލް ވެސް ވަނީ ލަހޯޒްގެ ވާހަކަ ދައްކާފައެވެ. ވެން ހާލް ބުނީ މެޗު ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ރެފްރީގެ ނިންމުތައް ވެސް އިންސާފުވެރި ނޫން ކަމަށެވެ. އެކަމުގެ ސަބަބުން މެޗުގެ ކޮންޓްރޯލް ރެފްރީގެ އަތް މަތިން ގެއްލުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ފީފާ އިން ވަނީ އެ މެޗުގައި ހިނގައިދިޔަ ކަންކަން ބެލުމަށް ނިންމާފައެވެ. އެ މެޗުގެ ރިޕޯޓުތައް ބެލުމަށް ފަހު ފީފާ އިން ނިންމީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. އެކަންކަން ބެލުމަށްފަހު މިހާރު ފީފާ އިން ވަނީ ލަހޯޒް މުބާރާތުގައި އިތުރަށް ބޭނުން ނުކުރަން ނިންމާފައި ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އަދި މިހާރު ލަހޯޒް ވަނީ ޤަތަރު ދޫކޮށް، އޭނާގެ ޤައުމަށް ގޮސްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 45 ލަހޯޒް އަކީ ކުލަބު ލެވެލްގެ އިތުރުން ބައިނަލްއަޤުވާމީ ލެވެލްގައި ވެސް ރެފްރީކަން ކުރަމުން އަންނަ ރެފްރީއެކެވެ. އޭނާ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ސްޕެނިޝް ލީގުގައު ރެފްރީކަން ކުރަމުންނެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ވާދަކުރި މެޗުގެ ރެފްރީއަކީ ވެސް އޭނާއެވެ. ލަހޯޒް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ވެސް ރެފްރީކަން ކޮށްފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގެ އިތުރުން ރަޝިޔާއި އޮތް މުބާރާތުގައި ވެސް އޭނާ ރެފްރީކަން ކުރިއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މަތިއު ލަހޯޒްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު