Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ސިމާއޯ ކޯސްޓާ އަށް 40،000 ޑޮލަރު ދޭން ފީފާ އިން އަންގައިފި

ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމަށް ސިމާއޯ ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޑިސެމްބަރު 2022 | ހޯމަ 02:24
އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޤައުމީ ޓީމުގެ ޓީމުގެ ކުރީގެ ކޯޗު ސިމާއޯ ކޮސްޓާ

އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޤައުމީ ޓީމުގެ ޓީމުގެ ކުރީގެ ކޯޗު ސިމާއޯ ކޮސްޓާ

ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޯސްޓާ އަށް ބަދަލުދޭން ފީފާ އިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންގައިފިއެވެ.

ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމަށް ސިމާއޯ ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއީ އޭރު ޤައުމީ ޓީމާ ހަވާލުވި މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިމާއޯ މަސައްކަތް ކޮށްފައިވާ ހަތް މަސް ދުވަހަށް އޭނާ އަށް އެފްއޭއެމް އިން މުސާރަ ދީފައެއް ނުވެއެވެ. ސިމާއޯ އަށް ބަދަލުދޭން ފީފާ އިން އެންގީ ހޮނިހިރު ދުވަހުއެވެ.

މުސާރަ ނުދިނުމުގެ މައްސަލަ ސިމާއޯގެ ފަރާތުން ފީފާ އަށް ހުށަހެޅީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ފީފާ އިން އެ މައްސަލަ ބެލުމަށްފަހު މިހާރު ވަނީ ސިމާއޯ އަށް ބަދަލުދިނުމަށް އެފްއޭއެމަށް އަންގާފައެވެ. ފީފާ އިން އެންގީ ސިމާއޯ އަށް 40،000 (ސާޅީސް ހާސް) ޑޮލަރު ދެއްކުމަށެވެ. ސިމާއޯ އަށް ފައިސާ ދެއްކުމަށް ފީފާ އިން އެފްއޭއެމަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެކެވެ.

މުސާރަ ނުދެވުމުގެ ސަބަބުން ސިމާއޯ ވަނީ ސެޕްޓެމްބަރު މަހު އެސިސްޓެންޓް ކޯޗުކަމުން އިސްތިއުފާ ދީފައެވެ. ސިމާއޯގެ އިތުރުން ވެސް ޤައުމީ ޓީމުގައި ކުރިން މަސައްކަތްކޮށްފައިވާ ކޯޗުންނާއި، އެސިސްޓެންޓް ކޯޗުންނަށް ބަދަލުދޭން ވެސް ފީފާ އިން އެފްއޭއެމަށް އެންގިއެވެ. މީގެ ތެރެއިން ޤައުމީ އަންހެން ޓީމުގެ ކޯޗަކަށް ގެނައި ސާބިއާގެ ޑޭވޯ ބާބާ އަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެފްއޭއެމުން ވަނީ ދައްކާފައެވެ.

ކޯޗުންނަށް މުސާރަ ނުދެވުމުގެ އިތުރުން އެފްއޭއެމްގެ މާލީ އެހެނިހެން މައްސަލަތައް ވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ފީފާސިމާއޯ ކޮސްޓާ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި
13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު