Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - ޗައިނާގެ ގުޅުން

ޗައިނާ ސަފީރު، ނައިބު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

11 ޑިސެމްބަރު 2022 | އާދީއްތަ 11:03

ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން، ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޑިސެމްބަރު 2022 | އާދީއްތަ 11:03
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޗައިނާ ސަފީރާ ދެ ބޭފުޅުން ވަނީ، ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މިއަހަރަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރޭ މުނާސަބާ ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވައި، "ވަން ޗައިނާ ޕްރިންސިޕަލް" ދެމެހެއްޓުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ސަލާމަތާއި ސުލްހަމަސަލަސްކަން ފަދަ ކަންކަމުގައި ރާއްޖެއާ ޗައިނާއިންވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ތައުލީމީ ދާއިރާއިންނާއި އުމްރާނީ ތަރައްގީގެ ދާއިރާ އަދި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ގޮތުގައި ރާއްޖެއަށް ސްކޮލަރޝިޕް ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ މުސްތަގުބަަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރ 1974ގައެވެ.

ފައިސަލް ނަސީމް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
05 ޑިސެމްބަރު 2025

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި
22 ނޮވެމްބަރު 2025

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި
11 ނޮވެމްބަރު 2025

ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް: ފައިސަލް ނަސީމް

11 ނޮވެމްބަރު 2025
ފުވައްމުލައް ސިޓީގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތުގައި މައްސަލަތައް ޖެހި، މިހާލަތާއި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު އިހުމާލެއް: ފައިސަލް ނަސީމް
03 އޮކްޓޯބަރު 2025

ރައީސް ޞާލިހާއި އެމްޑީޕީގެ އިސްބޭފުޅުން މުޒާހަރާގެ އެންމެ ކުރީސަފުގައި

03 އޮކްޓޯބަރު 2025
ރައީސް ޞާލިހާއި އެމްޑީޕީގެ އިސްބޭފުޅުން މުޒާހަރާގެ އެންމެ ކުރީސަފުގައި
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް