Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ޕެޕޭގެ ކެތްތެރިކަން ކޮޅުންލައި ގޯސްވީ ރެފްރީ، ގޮވާލީ އާޖެންޓީނާ އަށް ތަށި ދޭން!

ރެފްރީންގެ ކަންތައް ހުރި ގޮތް ބަލާފަ އެއްޗެއް ބުނާނަމަ އޭނާ ބުނާނީ އާޖެންޓީނާ އަށް ތަށި ދިނުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2022 | ހޮނިހިރު 18:31
ޕޯޗުގަލް މެޗުގައި ޕެޕޭ ރެފްރިއާ ވާހަކަ ދައްކަނީ

ޕޯޗުގަލް މެޗުގައި ޕެޕޭ ރެފްރިއާ ވާހަކަ ދައްކަނީ

މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތަކީ ފޯރި ގަދަ މުބާރާތެކެވެ. އެތައް ގޮތަކުން ޚާއްސަ މުބާރާތެކެވެ. ގިނަ ކުޅުންތެރިންގެ ފަހު ވޯލްޑް ކަޕަށްވުމުން އުއްމީދު ހުރީ މުބާރާތް ކާމިޔާބު ކުރުމަށެވެ.

އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯގެ ކެރިއަރުގައި މަދުވަނީ ވޯލްޑް ކަޕް މުބާރާތުގެ ތަށި އެކަންޏެވެ. އެހެންކަމުން މިއަހަރުގެ މުބާރާތަށް ޕޯޗުގަލް ކުރިމަތިލީ ވަރުގަދަ ސްކޮޑަކާއެކު، ވަރުގަދަ ޢަޒުމެއްގައެވެ. މުބާރާތުގައި ޕޯޗުގަލުން ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެންމެ މޮޅު ކުޅުން ފެނުނީ ގަދަ 16 ގައި ސްވިޒަލެންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ނިކުތްއިރު ޓީމުގައި އޮތީ މުޅިން އައު ރޫހެކެވެ.

ރޮނާލްޑޯގެ އިތުރުން ދެން ޕޯޗުގަލުން މުބާރާތް ޚާއްސަ ވަނީ 39 އަހަރުގެ ޑިފެންޑަރު ޕެޕޭއަށެވެ. އޭނާ އަކީ ޕޯޗުގަލް އަދި ދުނިޔޭގައި އުފެދުނު މޮޅު ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭނެ ކުޅުންތެރިޔެކެވެ. ނަމަވެސް ވޯލްޑް ކަޕް މުބާރާތުގެ ކުއާޓަ ފައިނަލްގައި އެފްރިކާގެ މޮރޮކޯ އަތުން ޕޯޗުގަލް ބަލިވުމަކީ ގިނަ ބަޔަަކަށް ހައިރާން ކަމެއް ލިބުނު ކަމެކެވެ. އެ މެޗު ނޫނަސް މިއަހަރުގެ މުބާރާތުގައި މިހާތަނަށް ވަނީ ސިއްސައިގެންދާ ފަދަ ނަތީޖާތައް ފެނިފައެވެ.

މުބާރާތުން ވަކިވާން ޖެހި، ވޯލްޑް ކަޕެއް އުފުލާލުމުގެ ޝަރަފު ގެއްލުމުން ރޮނާލްޑޯ އަދި ޕެޕޭގެ މޫނު މަތިން ފެނުނީ މާޔޫސް ކަމެވެ. ލިބުނު ފަހު ފުރުސަތުގައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ނަސީބު އަތުގައި ނުހިފީއެވެ. ބަދު ނަސީބު މުބާރާތަކަށްފަހު ޕެޕޭ ވަނީ ބަހުގެ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. ސީދާ ގޮތުން ރެފްރީންނަށެވެ. ނުސީދާ ގޮތުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރަ ފީފާ އަށެވެ. މެޗަށް ފަހު ޕެޕޭ އަށް އޭނާގެ ރުޅި ގަނޑު މައިތިރި ނުކުރެވުނެވެ.

ޕެޕޭ ބުނީ ޕޯޗުގަލް ކުޅުނު މެޗެއްގައި އާޖެންޓީނާ އަށް ނިސްބަތްވާ ރެފްރީއަކު ހުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ ޚާއްސަކޮށް ކުރީ ކުއާޓަ ފައިނަލްގައި ކަންތައްވީ ގޮތާއި، އާޖެންޓީނާގެ ކެޕްޓަން މެސީ އަދި އާޖެންޓީނާގެ ވާހަކަތަަކަށްފަހު މި ގޮތަށް ކަންތައް ވުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ. ޕޯޗުގަލް އަދި މޮރޮކޯ މެޗަށް އިންސާފުކުރީ އާޖެންޓީނާގެ ރެފްރީ ފަކުންޑޯ ޓެލޯއެވެ. އާނާގެ ނިންމުންތަކާ މެދު ޕޯޗުގަލްގެ ކަންބޮޑުވުން އިންތިހާ އަށް އެބަ އޮތެވެ.

މީގެ އިތުރުން ޕެޕޭ ބުނީ ޕޯޗުގަލް މެޗުގައި ރެފްރީންގެ ކަންތައް ހުރި ގޮތް ބަލާފަ އެއްޗެއް ބުނާނަމަ އޭނާ ބުނާނީ އާޖެންޓީނާ އަށް ތަށި ދިނުމަށް ކަމަށެވެ. ޕެޕޭ ބުނީ މިހާރު އެކަން ކުރެވޭނެ ކަމަށެވެ.

ޕެޕޭ މިފަދައިން ނުރުހުމުގެ ބަސްތަކެއް ފޮނުވާލިއިރު އާޖެންޓީނާގެ ކެޕްޓަން މެސީ ވެސް ވަނީ ރެފްރީއާމެދު ހިތްހަމަ ނުޖެހުންތަކެއް ފާޅުކޮށްފައެވެ. ޕޯޗުގަލްއަށް ކުއާޓަ ފައިނަލާ ހަމައިން މުބާރާތް ނިންމާލަން ޖެހުނުއިރު، އާޖެންޓީނާ އޮތީ މުބާރާތުގެ ސެމީ ފައިނަލްގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޕޯޗުގަލްޕެޕޭކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު