Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ޤަތަރުގެ ޗެލެންޖު، ޔޫރަޕުގެ ކުރިމަތީ ކުޑަކަކޫ ނުޖަހައި ދުނިޔެއަށް ދެއްކީ މިސާލު

ޤަތަރުން މުޅި ދުނިޔެއަށް ސާބިތުކޮށްދެމުން އެދަނީ އިސްލާމްދީނުގެ ފުރިހަމަ އަގީދާގައި އެމީހުން ދެމިތިބޭނެކަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2022 | އާދީއްތަ 02:34
ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ފީފާގެ ރައީސް އިންފަންޓީނޯއާއެކު

ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ފީފާގެ ރައީސް އިންފަންޓީނޯއާއެކު

މީގެ 12 އަހަރު ކުރިން ޤަތަރުގައި ވޯލްޑް ކަޕް ބާއްވާނެ ކަމަށް ދުނިޔޭގެ ފުުޓުބޯޅައިގެ މައި އިދާރާ ފީފާ އިން އިއުލާން ކުރީ ގިނަ މަޝްްވަރާތަކަށްފަހުއެވެ.

ޤަތަރުގައި މުބާރާތް ބާއްވަން ފީފާގެ އޭރުގެ ރައީސް ސެޕް ބްލެޓާ އިއުލާން ކުރުން ވެގެންދިޔައީ ވޯލްޑް ކަޕްގެ ތާރީޚު ބަދަލުކޮށްލި ކަމަކަށެވެ. ސަބަބަކީ އެއީ އަރަބި އިސްލާމީ ޤައުމެއްގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށްވުމުންނެވެ. މުބާރާތުގެ ބިޑު ޤަތަރުން ކާމިޔާބުކުރުމުގައި ކޮރަޕްޝަނާއި، ފައިސާ އިންތިހާ އަށް ބޭނުންކުރި ކަމަށް އެތައް ތުހުމަތުތަކެއް ކުރިއެވެ. ބްލެޓާގެ ކުތިމަތީގައި ނޫސްވެރިޔަކު އޭނާގެ ރުޅި ގަނޑު ބޭލީ ޑޮލަރުންނެވެ. ނޫސްވެރިޔާ ޑޮލަރުތައް އުކާލީ ބްލެޓާގެ ކުރި މައްޗަށެވެ. ނަމަވެސް ބްލެޓާ ވެސް އަދި ޤަތަރުން ވެސް އެކަމަށް މާ ބޮޑު ރައްދެއް ދީފައެއް ނުވެއެވެ.

އޭގެ 12 އަހަރު ފަހުން މިހާރު ޤަތަރުގައި މުބާރާތް ފަށައިގެން ނިމުމަކާ ގާތަށްދާއިރު ބެލްޓާގެ ވާހަކަ ބަދަލުވީ ކުއްލިއަކަށެވެ. ބްލެޓާ ބުނީ ޤަތަރުގައި މުބާރާތް ބާއްވަން ނިންމުމަކީ ހެދުނު މިސްޓޭކެެއް ކަމަށެވެ. ސަބަބަކީ ޔޫރަޕުގެ ޤައުމުތަކުން ބޭނުންވާ ކަންކަން ކުރުމަށް ޤަތަރުން ހުއްދަ ނުދޭތީއެވެ. ބްލެޓާގެ މިވާހަކަތަކަށް ޤަތަރުން ރައްދެއް ނުދެއެވެ. ކުރިން އެހެން މީހުންނަށް ބީރު ކަންފަތެއް ދިން ބީދައިން، ބްލެޓާ އަށް ވެސް ޤަތަރުން ދިނީ ބީރު ކަންފަތެކެވެ.

މުބާރާތް ބޭއްވުމަށް ޤަތަރުން ނަގަން ޖެހުނީ ބޮޑު ޗެލެންޖެކެވެ. އުމްރާނީ ގޮތުންނާއި، އެހެނިހެން ގޮތް ގޮތުން އެ މީހުން ނަގަން ޖެހުނީ ބޮޑު ރިސްކެކޭ ބުނެވިދާނެއެވެ. އާންމުކޮށް ވޯލްޑް ކަޕް ބާއްވާ ދުވަސްވަރަކީ ޤަތަރަށް ހޫނު ގަދަ ދުވަސް ވަރަކަށްވުމުން، އެމީހުން މުބާރާތް ބާއްވަން ޖެހުނީ އަހަރުގެ ފަކު ކޮޅުއެވެ. ނަމަވެސް މި ދުވަސްވަރު ވެސް އެ ޤައުމަށް ހޫނުވާނެތީ ދެން ކުރަން ޖެހުނީ މާ ބޮޑު މަސައްކަތެކެވެ. ނަމަވެސް މި ޗެލެންޖާ ވެސް ކުރިމަތިލައި ޤަތަރުން ވަނީ ޓެކްނޮލޮޖީގައި އެމީހުންގެ ފެންވަރު މުޅި ދުނިޔެއަށް ދައްކާލާފައެވެ. މުބާރާތް ބާއްވާ ސްޓޭޑިއަމްތަކުގައި ޤަތަރުން ވަނީ އޭސީ ހަރުކޮށް، ހޫނު ޤައުމެއްގައި ފިނިކޮށް މުބާރާތް ކުރިއަށް ގެންދަން ނިންމާފައެވެ. މިއަދު ޤަތަރުގައި މުބާރާތް ކުރިއަށްދާއިރު ޓީމުތަކުގެ ކުޅުންތެރިންނަށް ހޫނުގެ އިހުސާސް މާ ބޮޑަކަށް ނުކުރެއެވެ.

ޤަތަރަކީ އިސްލާމީ ޤައުމަކަށްވާތީ އެމީހުން ވަނީ ދީނާ ޚިލާފު ކަންކަން ނުކުރެވޭނެ ކަމަށް ނިންމާފައެވެ. އެއް ޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ހަރަކާތްތައް ނުވަތަ ނިޝާނެއް ވެސް ދަނޑު ތެރޭގައި ބޭނުން ނުކުރެވޭނެ ކަމަށް ވަނީ އަންގާފައެވެ. ހަމައެއާއެކު ބަނގުރާ ބޭނުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ނިންމީ އަޒުމުގައެވެ. ޤަތަރުގެ ނިންމުމާއެކު ޔޫރަޕުގެ ޤައުމުތަކުގެ ނުރުހުން އެމީހުންނަށް އަމާޒުވީ ފުލުފުލުންނެވެ. ޤަތަރު ވޯލްޑް ކަޕް ބޮއިކަޓް ކުރުމަށް ގޮވާލާ ހަރަކާތެއް ފަށައި، ފީފާ އަށް ވެސް ޕްރެޝަރުތައް އަންނަން ފެށިއެވެ. ނަމަވެސް ފީފާގެ ރައިސް ޖިއާނީ އިންފަންޓީނޯ ވެސް ނުކުންނެވީ ޤަތަރުގެ ދިފާއުގައެވެ. ބަހުގެ ހަމަލާތައް ފޮނުވާލީ ޔޫރަޕުގެ ޤައުމުތަކަށެވެ. ކުރިއަށް އޮތް 3000 އަހަރު ޔޫރަޕުގެ ޤައުމުތަކުން މައާފަށް އެދެން ޖެހޭނެ ކަމަށް ބުންޏެވެ.

ޤަތަރުގެ ހަރުކަށި ނިންމުމާއި، ވަރުގަދަ އަޒުމުގެ ސަބަބުން އެއް ޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑު އަޅަން އެންމެ ގަދަޔަށް ވަކާލާތު ކުރި ޤައުމުތަކުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ޤަތަރުގެ ކުރިމަތީގައި ހާސަރު ނުދެއްކޭނެކަން ޔަގީންވުމުންނެވެ. މުބާރާތުގެ ތެރެއިން ވެސް ދަނޑުގައި އެފަދަ ނިޝާނެއް ބޭނުން ކުރާ މީހަކު ހުރި ނަމަ ދަނޑުން ބޭރުކުރެއެވެ. ދެ ވަނަ ފަހަރަށް ދަނޑަށް ނުވެސް ވައްދައެވެ. މެޗުތައް ބެލުމަށް ޤައުމުތަކުގެ އިސް ފަރާތްތައް ވެސް ފަހުން ޖެހުނީ ޤަތަރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާށެވެ.

ޤަތަރުގެ އިސް ބަހަކީ ވެސް އަދި ފަހު ބަހަކީ ވެސް އެކައްޗެކެވެ. 28 ދުވަހުގެ މުބާރާތަކަށް އެމީހުންގެ ދީން ބަދަލު ނުކުރެވޭނެ ކަަމަށެވެ. ޤަތަރުގެ ނިންމުމާއެކު މުޅި ދުނިޔޭގެ ތައުރީފު ވެސް އެމީހުންނަށް އޮހުނެވެ. މިއަދު ޤަތަރުން މުޅި ދުނިޔެއަށް ސާބިތުކޮށްދެމުން އެދަނީ އިސްލާމްދީނުގެ ފުރިހަމަ އަގީދާގައި އެމީހުން ދެމިތިބޭނެކަމެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ގަތަރުކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު