Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވަރލްޑް ކަޕް 2022

މެސީ ރެކޯޑު ފޮތަށް، އާޖެންޓީނާ ސެމީ ފައިނަލަށް

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2ން ދެޓީމު އެއްވަރުވެގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2022 | ހުކުރު 22:31
މެޗުގައި އާޖެންޓީނާގެ ދެވަނަ ލަނޑު ޖެހުމަށްފަހު މެސީ

މެޗުގައި އާޖެންޓީނާގެ ދެވަނަ ލަނޑު ޖެހުމަށްފަހު މެސީ

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޖެހި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި އާޖެންޓީނާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑާއި ހަމަކޮށްފައެވެ. މި ރެކޯޑް އޮންނަނީ މުބާރާތުގައި 10 ލަނޑުޖަހާފައިވާ އާޖެންޓިނާގެ ފުޓްބޯޅަ ލެޖެންޑް ގަބްރިއެލް ބަޓިސްޓޫޓާ އަތުގައެވެ. ނަމަވެސް މި މެޗުގައ ޖެހި ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 10 ލަނޑު އާޖެންޓީނާއަށް ޖަހައިދީފައެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދިން ހިތްގައިމު ޕާހެއް ގޯލަށް ފޮނުވާލައިގެން އާޖެންޓީނާއަށް ލީޑު ނަގައިދިނީ ނަހުއެލް މޮލީނާއެވެ. ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ޓީމުގެ ތަރި މެސީއެވެ. މިއީ ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް ނެދަލެންޑްސްއިން ވަނީ މެޗުގެ ފަހު ވަގުތުގައި ދެލަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ނެދަލެންޑްސްގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވޯޓް ވޭހޯސްޓްއެވެ. ފުރަތަމަ ލަނޑަކީ ސްޓީވެން ބާހޯސް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ވޭހޯސްޓްގެ ދެވަނަ ލަނޑުޖަހާ ނަތީޖާ ހަމަހަމަކުރީ ހިލޭ ޖެހުމެއްގައި ކޫޕްމެނާސް ދިން ޕާހެއްގެ ބޭނުން ހިފައިގެންނެވެ.

ފޯރިގަދަކޮށް ދިޔަ މި މެޗަކީ މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ ކާޑު ދެއްކި މެޗެވެ. މި މެޗުގައި ޖުމްލަ 17 ރީނދޫ ކާޑު ދައްކާފައިވެއެވެ.

ކޮންމެ ޓީމަކުންވެސް ދެލަނޑުޖަހާ އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފު ނިމުނީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ. ދެޓީމަށްވެސް އިތުރު ވަގުތުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފުނެވެ. އެހެންކަމުން ސެމީ ފައިނަލަށް ދަތުރުކުރާ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.

އާޖެންޓީނާ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. އާޖެންޓީނާގެ މެސީ، ލިއެންޑްރޯ ޕަރޭޑެސް، ގޮންޒާލޯ މޮންޓިއެލް އަދި ލައުޓާރޯ މާޓިނޭޒް ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެންޒޯ ފެނާންޑޭޒް ޖެހި ޕެނަލްޓި ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ނެދަލެންޑްސްގެ ކެޕްޓަން ވެންޑައިކް އާއި ބާހޯސް ޖެހި ޕެންލަޓީ މަތަކުރީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ. އޭގެ ފަހުން ޓޫޕްމެނާސް، ވޭހޯސްޓް އަދި ޑިޔޯންގ ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.

ސެމީ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ރަނައަޕް ކްރޮއޭޝިޔާއާއެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމުއާޖެންޓީނާފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު