Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއިޑްސް އާއި ހެޕަޓައިޓިސް ނައްތާލުން

ރާއްޖޭގައި އެއިޑްސް އާއި ހެޕަޓައިޓިސް ނައްތާލުމަށް ޤައުމީ ފެންވަރުގެ ޕްލޭނެއް އިފްތިތާހުކޮށްފި

ގއ.ވިލިގިލީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗް.އައި.ވީ، ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ގެ ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްދެއްވާފައި ވަނީ މުޞްޠަފާ ލުޠުފީއެވެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2022 | ހުކުރު 16:00
ރާއްޖޭގައި އެއިޑްސް އާއި ހެޕަޓައިޓިސް ނައްތާލުމަށް ޤައުމީ ފެންވަރުގެ ޕްލޭނެއް އިފްތިތާހު ކުރުން

ރާއްޖޭގައި އެއިޑްސް އާއި ހެޕަޓައިޓިސް ނައްތާލުމަށް ޤައުމީ ފެންވަރުގެ ޕްލޭނެއް އިފްތިތާހު ކުރުން

2030ވަނަ އަހަރުގެ ކުރިން ރާއްޖެއިން އެޗް.އައި.ވީ، ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ނައްތާލުމަށް ޤައުމީ ފެންވަރުގެ ޕްލޭނެއް އިފްތިތާޙުކޮށްފިއެވެ.

ހުކުރު ދުވަހު ގއ.ވިލިގިލީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗް.އައި.ވީ، ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ގެ ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީއެވެ. ހެލްތް މިނިސްޓްރީ އިން ބުނީ މި ޕްލޭންއަކީ ރާއްޖޭގައި އެޗް.އައި.ވީ، ހެޕަޓައަޓިސް އަދި އެސް.ޓީ.އައި ނުވަތަ ޖިންސީ ގުޅުމުން އަރާ ބަލިތައް ކޮންޓްރޯލްކޮށް އެބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި އެކުލަވާލެވިފައިވާ 5 އަހަރުގެ ޕްލޭންއެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އޭޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާއި ދުރުހެލިވުމަށް ފާހަގަކުރާ މި ދުވަހާއި ގުޅިގެން މި އަހަރުވެސް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މިގޮތުން މިއަހަރުގެ އޭޑްސް  ދުވަހާއި ގުޅިގެން، ޑިސެންބަރު 5 ން 12 އަށް ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައި އެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި ސާކް ޑިވަލޮޕްމަންޓް ފަންޑުގެ އެހީތެރިކަމާއެކުގައެވެ. މިދުވަހުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙުމަދު ނަސީމުއެވެ.

މީގެ އިތުރުން ޑިސެންބަރު 5 އިން 7 އަށް ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީން 25 ބައިވެރިން ހިމެނޭގޮތަށް ޕީއަރ އެޑިއުކޭޓަރސް ޓްރޭނިންގ އެއް 3 ދުވަހުގެ މުއްދަތަށް ގއ. ވިލިނގިލީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓްރޭނިންގ އަށް ފަހު މި 3 ރަށުގައި ޕިއާރ އެޑިއުކޭޓާރސް އައުޓް ރީޗް ކުރިއަށް ގެންގޮސްފައިވެއެވެެ. ހަމައެހެންމެ ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގެ ސިއްޚީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން "ކްލިނިކަލް މެނޭޖްމަންޓް ސެޝަން  އޮން އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) އަދި އެސް.ޓީ.އައި"ގެ ނަމުގައި އެއް ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ޑިސެންބަރު 9 އިން 12 އަށް ގއ.ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ކޮންސަލްޓޭޝަން ޓީމްގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެޗްޕީއޭހެލްތު މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު