Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރިޓްނީ މިނިވަންކުރުން

އާމްސް ޑީލަރ ވިކްޓަރގެ ބަދަލުގައި ރަޝިޔާ އިން، ބާސްކެޓް ބޯލް ތަރި ބްރިޓްނީ މިނިވަންކޮށްފި

ގްރައިނަރގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމިނަމަވެސް އޭނާ ވަނީ އޭނާގެ ދަބަހުގައި އެތަކެތި ހުރީ އޮޅުމަކުންކަމަށް ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ޑިސެމްބަރު 2022 | ހުކުރު 11:45
އާމްސް ޑީލަރ ވިކްޓަރގެ ބަދަލުގައި ރަޝިޔާ އިން، ބްރިޓްނީ  މިނިވަންކޮށްފި

އާމްސް ޑީލަރ ވިކްޓަރގެ ބަދަލުގައި ރަޝިޔާ އިން، ބްރިޓްނީ މިނިވަންކޮށްފި

ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން، މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވެ ރަޝިޔާ ގައި 9 އަހަރަށް ޖަލަށް ލާފައި ހުރި އެމެރިކާގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ބްރިޓްނީ ގްރައިނަރ، އާއި އެމެރިކާގައި ޖަލުހުކުމެއް ތަންފީރު ކުރަމުން އައި ހަތިޔާރުގެ ވިޔަފާރި ކުރާ ވިކްޓަރ ބައުޓް މިނިވަން ކޮށްފިއެވެ.

ރަޝިއާގެ ޖަލުން ބްރިޓްނީ މިނިވަން ކުރަން ނިންމީ އެމެރިކާގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި ރަޝިޔާ އަށް ނިސްބަތްވާ އާމްސް ޑީލަރ ނުވަތަ ހަތިޔާރުގެ ވިޔަފާރި ކުރަމުން އައި ފަރާތެއް ކަމަށްވާ ވިކްޓަރ ބައުޓް މިނިވަން ކުރުމުގެ ބަދަލުގައެވެ. މި ހަބަރާއި އެކު ބްރިޓްނީ އަށް ތާއީދުކުރާ އެތައް ބަޔަކު ދަނީ އުފާ ފާޅުކުރަމުންނެވެ. މި އެކްސްޗޭންޖް ހިނގާފައި ވަނީ އަބޫދާބީ އެއާޕޯޓުގައި ބުރާސްފަތި ދުވަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ގޯލްޑް މެޑަލިސްޓް ބްރިޓްނީ ގެއަށް އަންނަ ކަމަށް އިއުލާން ކުރައްވާފައެވެ. ބައިޑެން ކުރެއްވި ޓްވީޓެއްގައި އޭނާ އެފަދައިން ވިދާޅުވުމާއި އެކު ބްރިޓްނީގެ ފޭނުން ވަނީ އެކަމަށް މަރުޚަބާ ކިޔާފައެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީ އިން ވެސް ވަނީ މި ދެ ގައިދީން ބަދަލު ކޮށް މިނިވަން ކުރުމުގެ މަރުހަލާ ކުރިއަށް ދިޔަކަން ޔަގީންކޮށްދީފައެވެ. ބައުޓް އަށް ރަޝިއާގެ އޮފިޝަލުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި އޭނާގެ މަންމަ އާއި އަނބިމީހާ އާއި އޭނާ އާއި ބައްދަލުކުރި މަންޒަރު ރަޝިއާގެ މީޑިއާއިން ވަނީ ރިޕޯޓް ވެސް ކޮށްފައެވެ.

އެމެރިކާގެ ގޯލްޑް މެޑަލިސްޓް ގްރައިނަރ ހައްޔަރުކޮށްފައިވަނީ މޮސްކޯގެ އެއާޕޯޓުން، މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރިކަން ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރީ އޭގެ ތިން ހަފުތާވަރު ފަހުން، މާރޗް މަހުގެ ތެރޭގައެވެ. ރަޝިޔާގެ އޮފިޝަލުން ހާމަކުރިގޮތުގައި އޭނާ ހައްޔަރުކުރީ ހެޝިޝް އޮއިލް އެކުލެވޭ ވޭޕް ކާޓްރިޖްތަކެއް އޭނާގެ ދަބަހުގައި ހުރުމުގެ ސަބަބުންނެވެ.

ގްރައިނަރގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމިނަމަވެސް އޭނާ ވަނީ އޭނާގެ ދަބަހުގައި އެތަކެތި ހުރީ އޮޅުމަކުންކަމަށް ބުނެފައެވެ. އަދި އާއިލާއާއި ބައިވެރިޔާގެ ކިބައިން އޭނާ ވަނީ މައާފަށްވެސް އެދިފައެވެ.

ރަޝިއާއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު