Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފިކޭޝަން

ބެލްޖިއަމް މޮޅުވިއިރު، ވިދާލީ ލުކާކޫ

މޮޅާއެކު ބެލްޖިއަމް ވަނީ މި ގްރޫޕްގެ އެއް ވަނަ އަށް ވެސް ޖެހިލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2023 | ބުދަ 06:09
ބެލްޖިއަމް އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ލުކާކޫ އުފާ ފާޅު ކުރަނީ

ބެލްޖިއަމް އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ލުކާކޫ އުފާ ފާޅު ކުރަނީ

ޔޫރޯ ކޮލިފިކޭޝަންގައި އެސްޓޯނިއާއާ ދެކޮޅަށް ކުޅުނު މެޗުން ބެލްޖިއަމް މޮޅުވެއްޖެ އެވެ.

ގްރޫޕް އެފްގައި އަންގާރަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލު ކުރި މެޗު ބެލްޖިއަމް އިން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމް ތިން ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ތިންް ލަނޑު ޖަހައިފަ އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބެލްޖިއަމް އަށް ލީޑު ނަގައިދިނީ ވާޓޮންހެން އެވެ. އޭނާ އެ ލަނޑު ޖެހީ ޔަނިކް ކަރަސްކޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ބެލްޖިއަމްގެ ދެ ވަނަ ލަނޑު ލިއާންޑްރޯ ޓްރޮސާޑް ޖެހީ ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 18 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ހާފަށް ނިކުމެ ބެލްޖިއަމްގެ ތިން ވަނަ ލަނޑު ޖެހީ ލުކާކޫ އެވެ. އެއީ މެޗުގެ 56 ވަނަ މިނެޓުގައި މަންގަލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ދެ މިނެޓު ފަހުން ތިއޭޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުކާކޫ ވަނީ ބެލްޖިއަމްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ފަހު ލަނޑު 88 ވަނަ މިނެޓުގައި ޖެހީ ކެޓެލެއާ އެވެ.

މޮޅާއެކު ބެލްޖިއަމް ވަނީ މި ގްރޫޕްގެ އެއް ވަނަ އަށް ވެސް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އޮސްޓްރިއާ އަށް ވެސް ލިބެނީ 13 ޕޮއިންޓެވެ. ނަމަވެސް ފައިދާ ލަނޑުން ކުރި ހޯދަނީ ބެލްޖިއަމް އެވެ.

ޔޫރޯ ކޮލިފައިންގބެލްޖިއަމްއެސްޓޯނިއާ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

04 ސެޕްޓެމްބަރު 2025
ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
02 ފެބުރުއަރީ 2025

ރައީސް މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަށް އެއްމިލިއަން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ

02 ފެބުރުއަރީ 2025
ރައީސް މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަށް އެއްމިލިއަން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ
21 މާރިޗު 2024

ބެލްޖިއަމް އާއި އީޔޫ ކޮމިޝަނުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފި

21 މާރިޗު 2024
ބެލްޖިއަމް އާއި އީޔޫ ކޮމިޝަނުން ޣައްޒާގެ ކުޑަކުދިންގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފި
02 ޑިސެމްބަރު 2023

ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރު އެދިވަޑައިގެންފި

02 ޑިސެމްބަރު 2023
ޣައްޒާގައި އާންމުން މެރުން ހުއްޓާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރު އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު