Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުއި ޚަބަރު

އުމުރުން އެންމެ 12 އަހަރުން ފެށިގެން ބޫޓު ހެދުމުގެ މަސައްކަތުގައި އުޅޭ މީހެއް

މިހާރު އޭނައަކީ އޭނާ ދިރިއުޅޭ ތަނުގައިވެސް އެ މަސައްކަތުގައި މަޤްބޫލުކަން ހޯދާފައިވާ މީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޑިސެމްބަރު 2022 | ބުދަ 11:00
އުމުރުން އެންމެ 12 އަހަރުން ފެށިގެން ބޫޓު ހެދުމުގެ މަސައްކަތުގައި އުޅޭ މީހެއް

އުމުރުން އެންމެ 12 އަހަރުން ފެށިގެން ބޫޓު ހެދުމުގެ މަސައްކަތުގައި އުޅޭ މީހެއް

ހަނދާން ހުންނަންފެށީއްސުރެ ހެގޯޕް ކެޗިޝަން ގެންދަނީ ބޫޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ އޭނާގެ ބައްޕަގެ ޒަމާނުގައި އޭނާ ކުރަން ފެށި މަސައްކަތެކެވެ. އެގޮތުން ބޫޓު ހެދުމުގެ އެންމެ އަސާސީ ކަންކަން އޭނާއަށް ދަސްކޮށްދިން މީހަކީ އޭނާގެ ބައްޕައެވެ.

އުމުރުން އެންމެ 12 އަހަރުން ފެށިގެން އެ މަސައްކަތުގައި އުޅެމުންދާ ހެގޯޕް މިއަދުވެސް ގެންދަނީ އޭނާގެ ބައްޕަގެ ފިޔަވަޅުތައް ބަލައިގެން، އެ މަސައްކަތް ދިރުވައި އާލާކުރަމުންނެވެ. އެގޮތުން މިހާރު އޭނައަކީ އޭނާ ދިރިއުޅޭ ތަނުގައިވެސް އެ މަސައްކަތުގައި މަޤްބޫލުކަން ހޯދާފައިވާ މީހެކެވެ.

އޭނާ ދިރިއުޅެމުންދާ ތަނުގައި އޭނާ މަޝްހޫރުވެފައިވަނީ "ޖެކްސަން" ގެ ނަމުންނެވެ. ސަބަބަކީ އޭނާއަކީ މަޝްހޫރު ޕޮޕް ބޭންޑް ޖެކްސަން 5 އަށް ނުހަނު ތާއީދުކުރާ މީހަކަށްވާތީއެވެ. އޭނާ ހަދާ ބޫޓުތަކުގެ ތެރެއިން "ޖެކްސަން ޝޫ" އަކީވެސް މަޤްބޫލު އެއްޗެކެވެ.

އޭނާ ކޮންމެ ދުވަހަކުވެސް ފަތިހު 3 ނުވަތަ 4 ޖަހާއިރު ހޭލައެވެ. އަދި ރައްޓެހިންނާއެކު ކޮފީއެއް ބުއިމަށްފަހު، ހެނދުނު 6 ޖަހަންވާއިރަށް އޭނާގެ ވޯކްޝޮޕް ހުޅުވައެވެ. އޭނާގެ މަޤްބޫލުކަން އިތުރުވާ އަނެއް ސަބަބަކީ އޭނާގެ ސްޓައިލެވެ. ތޮތްޕާއި، ސުއްޓާ ގެ އިތުރުން، އޭނާ މިއުޒިކަށް ގެންގުޅޭ ޝައުޤުވެރިކަން އޭނާގެ ސްޓައިލުން ފެނިގެންދެއެވެ.

އޭނާ ހަވީރު 4 ޖަހަންދެން ވޯކްޝޮޕް ހުޅުވާފައި ބަހައްޓަން ބޭނުންވެއެވެ. އެހެންނަމަވެސް، ލުބުނާންގެ މާލީ ޙާލަތާއި އިޤްތިސާދީ ޙާލަތުގެ ސަބަބުން އޭނާއަށްވެސް އެކަމުގައި ގޮންޖެހުންތައް އެބަހުއްޓެވެ.

އޭނާ ބުނާ ގޮތުގައި މި މަސައްކަތް ކުރުމަށް ސާމާނު އިމްޕޯޓު ކުރުމާއި ރޯ މެޓީރިއަލް ހޯދުމުގައި މިއަދު ދަތިތައް އެބަ ހުއްޓެވެ. ހަމައެއާއެކު، ދޭތެރެ ދޭތެރެއިން ކަރަންޓު ދިއުމުގެ މައްސަލަތަކާއި، އަމިއްލަ ޖަނަރޭޓަރަކަށް ފައިސާ ދައްކަން ޖެހުމުގެ އިތުރުން، އަމިއްލަ އަތުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުމުގެ ސަބަބުންވެސް އޭނާގެ މަސައްކަތަށް ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ.

މީގެ ކުރިން އޭނާއާއެކު އަށެއްކަ މީހުން ވޯކްޝޮޕްގައި މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން އޭރު ދުވާލަކަށް 100 ބޫޓު ހެދުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ ދަށްކޮށްފައެވެ.

ލުބުނާންގެ ރައްޔިތުން

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2023

މަސައްކަތުގައި ލިބުނު އަނިޔާއާއެކުވެސް ފަސްނުޖެހި އަމިއްލަ ފައިމައްޗަށް ތެދުވި ހިލާލްއަށް ތާޢީދު ޙައްޤު!

12 ޖެނުއަރީ 2023
މަސައްކަތުގައި ލިބުނު އަނިޔާއާއެކުވެސް ފަސްނުޖެހި އަމިއްލަ ފައިމައްޗަށް ތެދުވި ހިލާލްއަށް ތާޢީދު ޙައްޤު!
11 އޮކްޓޯބަރު 2022

މާލީ ބާޒާރުން ޖާގަ ގެއްލި، ލުބްނާން ފައިސާ ގަހަނާ ކަބަޑަށް!

11 އޮކްޓޯބަރު 2022
މާލީ ބާޒާރުން ޖާގަ ގެއްލި، ލުބްނާން ފައިސާ ގަހަނާ ކަބަޑަށް!
02 އޯގަސްޓު 2022

ލުބްނާންގެ ކާރިސާގައި ލިލިއަންގެ ހިމޭން ވޭނީ ނޭވާގެ އަޑު!

02 އޯގަސްޓު 2022
ލުބްނާންގެ ކާރިސާގައި ލިލިއަންގެ ހިމޭން ވޭނީ ނޭވާގެ އަޑު!
15 ޖޫން 2022

ލުބްނާނުގެ ރައްޔިތުން ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމަށް ބަރޯސާވާން ފެށީ ކީއްވެ؟

15 ޖޫން 2022
ލުބްނާނުގެ ރައްޔިތުން ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމަށް ބަރޯސާވާން ފެށީ ކީއްވެ؟
22 ސެޕްޓެމްބަރު 2017

އުމުރުން 78 އަހަރުގައި ބާނީ ކޭސީ މަރުވެއްޖެ

22 ސެޕްޓެމްބަރު 2017
އުމުރުން 78 އަހަރުގައި ބާނީ ކޭސީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު