Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޯލާ ބޭނުންކޮށްގެން ޕާން ފިހުން

އެއްދޮނުގައި ދެބުޅިޖަހައިގެން ޕާން ފިހެވިދާނެތަ؟

20 އެޕްރީލު 2023 | ބުރާސްފަތި 08:39

މި މަސައްކަތުގައި "ޕާޓްނަރޒް ވިތު ސަން" އިން ހަކަތަ އުފައްދަނީ ހާއްސަ ދިޔާ މާއްދާއަކަށް، އިރުގެ އަވި، ވަކި ގޮތަކަށް އަޅުވައިގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 އެޕްރީލު 2023 | ބުރާސްފަތި 08:39
ލުބްނާނުގެ އަވަށެއް ކަމަށްވާ ރިމާލާގައި ހިންގާ ބޭކަރީއަކުން ދަނީ ސޯލާ ބޭނުންކޮށްގެން ޕާން ފިހެމުން

ލުބްނާނުގެ އަވަށެއް ކަމަށްވާ ރިމާލާގައި ހިންގާ ބޭކަރީއަކުން ދަނީ ސޯލާ ބޭނުންކޮށްގެން ޕާން ފިހެމުން

ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހިފައި ވާ އެކިއެކި ގޮންޖެހުންތަކުގެ ސަބަބުން، ބައެއް ފަހަރު އިންޤިލާބީ ބަދަލުތަކަށް އަހުލުވެރި ކުރުވައެވެ. މިފަހަރު ވެގެންވެސް މިއުޅެނީ އެފަދަ ގޮތެކެވެ. މާލީ އަދި އިޤްތިޞާދީ ކާރިޘާގެ ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް ލުބްނާނުގެ އަވަށެއް ކަމަށްވާ ރިމާލާގައި ހިންގާ ބޭކަރީއަކަށް ގޮސްލަމާ ހިނގާށެވެ. ބޭކަރީގެ ޓެރަހުގެ ގޮތުގައި އޮތް ޖާގަ ބޭނުން ކުރަމުން ދަނީ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ފަންނީ މަސައްކަތަށެވެ. "ޕާޓްނަރޒް ވިތު ސަން"އާ ގުޅިގެން ހިންގާ މަޝްރޫއުގެ ތެރެއިން އުފައްދާ ހަކަތަ ބޭނުން ކުރަނީ ބޭކަރީގެ އަވަނު ހިންގާށެވެ.

ވިޔަފާރި އުސޫލުން އަލަށް ފަށައިގަނެގެން ހިންގަމުންދާ  "ޕާޓްނަރޒް ވިތު ސަން"ގެ އަމާޒު ހުރީ ކާބޯތަކެތީގެ ސިނާޢަތަށެވެ. މި މަސައްކަތުގައި "ޕާޓްނަރޒް ވިތު ސަން" އިން ހަކަތަ އުފައްދަނީ ހާއްސަ ދިޔާ މާއްދާއަކަށް، އިރުގެ އަވި، ވަކި ގޮތަކަށް އަޅުވައިގެންނެވެ. މި ގޮތަށް އުފައްދާ ހަކަތައިން، އަވަން ދޮންކޮށްލައެވެ. ތަފާތު އެކި ބާވަތްތައް ފިހުމަށްޓަކާ އަވަންގެ ފިނިހޫނުމިން 300 ޑިގްރީ ސެލްސިއަށްވެސް އުފުލާލަދެނީ މިގޮތަށް އުފައްދާ ހަކަތައިންނެވެ.

"ޕާޓްނަރޒް ވިތު ސަން" ގެ އޮޕަރޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، ހިޠާފް ޣަޒާލް ވިދާޅުވީ، މި ޓެކްނޮލޮޖީގެ އެހީގައި، ބޭކަރީ ހިންގާ ފަރާތަކުން ޑީސަލް ބޭނުން ކުރާ މިންވަރު، 80 ޕަސެންޓް ދަށް ކުރެވޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޕާން އުފައްދަން ކުރަން ޖެހޭ ޚަރަދު ކުޑަ ކުރެވެއެވެ.

ސޯލަރ ކޮންވެކްޝަން އަވަން ދޮން ކުރަން ބޭނުން ކުރަނީ އިންޤިލާބީ ނިޒާމެއް ކަމަށް ވާ އިރު، އެ ނިޒާމުގެ ޕޭޓަންޓް ޙައްޤުތައް ކަށަވަރު ކުރުމާ ގުޅޭ މުރާޖާތައް ނެދަރލަންޑްސްގައި މިހާރުވެސް ދަނީ ކުރިއަށެވެ. މި އަވަން ފަރުމާ ކޮށްފައި ވަނީ ސިނާޢީ ފެންވަރުގައި ކާބޯތަކެތި ފިހުމުގެ މަސައްކަތަށް ހާއްސަކޮށްގެންނެވެ.

އަލް-ވިސާމް ބޭކަރީގެ ވެރިޔާ، ވިސާމް ޝަމްސުއްދީން ފާހަގަ ކުރި ގޮތުގައި، އިރުގެ އަވިން ހޫނު ކުރާ އަވަންގައި ފިހާ އެއްޗިހީގެ ފެންވަރުވެސް މާ ރަނގަޅެވެ.

"ޕާޓްނަރޒް ވިތު ސަން" އާ ގުޅިގެން އިރުގެ އަވިން ހޫނު ކުރާ ކޮންވެކްޝަން އަވަން އުފައްދާ ފަރުމާ ކުރި މޭސްތިރި، ތަޢުފީޤު ހަމްދާން ފާހަގަ ކުރި ގޮތުގައި މި ނިޒާމުގެ ސަބަބުން ކުޑަ ވަނީ ހަމަ އެކަނި ހަކަތައަށް ހިނގާ ޚަރަދެއް ނޫނެވެ. ތެޔޮ ބޭނުންކޮށްގެން އުފައްދާ ހަކަތައިން އޮޕަރޭޓްކުރާ އާލާތްތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައްވެސް ކުޑަ ކުރެވެއެވެ.

ކަމަކަށް ބޭނުން ޖެހި، މުހުތާދުތައް ފުއްދޭނެ ފަދަ ގޮތެއް ނެތުމަކީ ރަޙުމަތަކަށް ވަނީ މިފަދަ ސަބަބުތަކާ ހެދިއެވެ. ހަކަތަ ލިބުން ދަތިވެ، އުފުލެމުންދާ އަގުތަކާއެކު ދިރިއުޅުމުގެ ފެންވަރު، ދުވަހަކަށް ވުރެ ދުވަހެއް ދަށަށް ދަމުންދާ މި ދަނޑިވަޅުގައި، މިފަދަ އީޖާދުތަކުގެ ސަބަބުން އަގުތައް ތިރި ކުރެވުމުގެ އިތިރުން، ވެއްޓަށް ވަމުންދާ ގެއްލުންތައްވެސް ކުޑަ ކުރެވެއެވެ. އެއްގަމުގައެއް ކަމަކު، މިފަހަރު މިއޮތީ އެއްދޮނުގައި ދެބުޅި ޖަހާފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2024

މިސް ޖަޕާން، އޭނާއަށް ލިބުނު ތާޖު ދޫކޮށްލައިފި

06 ފެބުރުއަރީ 2024
މިސް ޖަޕާން، އޭނާއަށް ލިބުނު ތާޖު ދޫކޮށްލައިފި
23 ޖޫން 2019

ދަބަންގް 3: ސަލްމާން ކުޅެނީ 20 އަހަރުގެ ޗުލްބުލް ޕާންޑޭގެ ރޯލް

23 ޖޫން 2019
ދަބަންގް 3: ސަލްމާން ކުޅެނީ 20 އަހަރުގެ ޗުލްބުލް ޕާންޑޭގެ ރޯލް
10 އެޕްރީލު 2018

އަނަންޔާ އެކްޓަރަކަށް ނުވާނެ ނަމަ އުފަން ނުވީސް: ޗަންކީ ޕާންޑޭ

10 އެޕްރީލު 2018
އަނަންޔާ އެކްޓަރަކަށް ނުވާނެ ނަމަ އުފަން ނުވީސް: ޗަންކީ ޕާންޑޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް