Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހަތިޔާރު އުފެއްދުން

މަސައްކަތުގައި ލިބުނު އަނިޔާއާއެކުވެސް ފަސްނުޖެހި އަމިއްލަ ފައިމައްޗަށް ތެދުވި ހިލާލްއަށް ތާޢީދު ޙައްޤު!

ތޫނު ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރުމަށް ހާއްސަކޮށްގެން، ހިލާލް، އޭނާގެ އަމިއްލަ ވޯކްޝޮޕެއް ހުޅުވީ މީގެ 5 ވަރަކަށް އަހަރު ކުރިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2023 | ބުރާސްފަތި 06:13
ތޫނު ހަތިޔާރު އުފެއްދުމަށް ހިލާލް ބޭނުން ކުރަނީ، ހަލާކުވެގެން ނުވަތަ ބާވެގެން ދޫކޮށްލާފައި ހުންނަ އެއްގަމު އުޅަނދު ފަހަރުގެ ބައިތަކެއް

ތޫނު ހަތިޔާރު އުފެއްދުމަށް ހިލާލް ބޭނުން ކުރަނީ، ހަލާކުވެގެން ނުވަތަ ބާވެގެން ދޫކޮށްލާފައި ހުންނަ އެއްގަމު އުޅަނދު ފަހަރުގެ ބައިތަކެއް

މަސައްކަތުގެ މާޙައުލުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އާންމު ދިރިއުޅުމެއް އުޅުމުގެ މަގު ބަންދު ވި އެކަކީ ލުބްނާނަށް ނިސްބަތްވާ، ޢުމުރުން 33 އަހަރުގެ ޒުވާނެއް ކަމަށް ވާ އިމާދު ހިލާލްއެވެ. ހިލަލްއަކީ މީގެ ކުރިން މައިންތަކަށް ގޮސް، ގާ ނަގާ ހަދަން އުޅުނު މީހެކެވެ. ނަމަވެސް އެ ހާދިޘާއަށް ފަހު އޭނާގެ ދެފައިގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅުނެވެ. ފައި ހަރަކާތް ކޮށް އުޅެވޭ މިންވަރު ދަށްވިއެވެ. ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އެހެން ގޮތެއް ހޯދަން މަޖުބޫރުވިއެވެ.

ނުކުޅެދޭ މީހެއްގެ ގޮތުގައި ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ހޭދަ ކުރަން ކުޑަކޮށްވެސް ނޭދޭ ހިލާލް، އޭނާގެ ދިރިއުޅުން ކޮޅަށް ޖެހުމަށް އަމާޒު ހިފިއެވެ.

ޢިޤްތިޞާދީ އަދި މާލީ ގޮތުން އިނދަޖެހިފައި އޮތް ލުބްނާނުގައި ޢާއިލާއެއް ބެލެހެއްޓުމަކީ ވަރުގަދަ ހަނގުރާމައެއް ކުރުން ކަހަލަ ކަމަކަށް ވީ ނަމަވެސް، އެ ޒިންމާ އަދިވެސް އުފުލަނީ ހަމަ ހިލާލްއެވެ. އާމްދަނީ ހޯދުމަށްޓަކާ ހިލާލް މިޞްރާބު ޖެހީ އެންމެ ކުޑަދުވަހުއްސުރެވެސް އޭނާ އެންމެ ލޯބި ކުރި މަސައްކަތާ ދިމާއަށެވެ. ކޯރާޑީއާއި، ކަނޑި އަދި އެކި ކަހަލަ ޒާތްޒާތުގެ ވަޅިތައް އުފެއްދުމުގެ މަސައްކަތާ ދިމާއަށެވެ.

ހިލާލް، ހަތިޔާރު އުފެއްދުމުގެ ހުނަރު ދަސްކުރީ އޭނާގެ އަމިއްލަ މަސައްކަތުންނެވެ. އެކި ކަހަލަ އުފެއްދުންތައް އުފައްދައިގެންނެވެ. ކާމިޔާބިއާއި ނާކާމިޔާބީއާ ކުރިމަތިލައިގެންނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ފެންވަރު ރަނގަޅު ޚިދުމަތެއް ދެވޭ ވަރަށް އޭނާގެ ހުނަރުވެރިކަން ފައްކާ ކުރިއެވެ. މިއަދު ހިލާލް ދަނީ އޭނާގެ އުފެއްދުންތައް، ޤައުމުން ބޭރަށް އެކްސްޕޯޓް ކުރަމުންނެވެ. އޭނާގެ ކްލަޔަންޓުންގެ ލިސްޓުގައި، ލުބްނާންގެ އަސްކަރިއްޔާވެސް ހިމެނޭކަމީ، ހަމަ ޔަޤީނުންވެސް ފަޚްރުވެރިވުން ޙައްޤު ކަމެއް ކަމުގައި ދެންނެވިދާނެއެވެ.

ތޫނު ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރުމަށް ހާއްސަކޮށްގެން، ހިލާލް، އޭނާގެ އަމިއްލަ ވޯކްޝޮޕެއް ހުޅުވީ މީގެ 5 ވަރަކަށް އަހަރު ކުރިންނެވެ. އެ ވޯކްޝޮޕް ހުޅުވީ، އޭނާ ދިރިއުޅެމުންދާ ގެއާވެސް ދާދި ކައިރީގައެވެ. ތޫނު ހަތިޔާރު އުފެއްދުމަށް ހިލާލް ބޭނުން ކުރަނީ، ހަލާކުވެގެން ނުވަތަ ބާވެގެން ދޫކޮށްލާފައި ހުންނަ އެއްގަމު އުޅަނދު ފަހަރުގެ ބައިތަކެވެ. ހިލާލް ބުނާ ގޮތުގައި އެންމެ ރަނގަޅު ކޮލިޓީގެ ދަގަނޑާއި އެކަތަ ހުންނަނީ އެފަދަ އުފެއްދުންތަކުގައެވެ. އޭގެ އިތުރުން، ބޭނުން ކުރަން ތައްޔާރު ހާލަތަށް އުފައްދާފައި ހުންނަ ދަގަނޑު ޝީޓުވެސް ގަނެއެވެ.

ދޮން ދަގަނޑުގައި ތަޅަމުން ދިޔަ ބައްޕަ ގާތުގައި ހުރި، ހިލާލްގެ އެންމެ ހަގު ފިރިހެން ދަރިފުޅު، ފަހްދުވެސް ބައިވެރިކުރެއެވެ. ހިލާލްގެ ބޭނުމަކަށްވީ، އޭނާ އުފުލި ތަކުލީފުތައް އުފުލަން ނުޖެހި، ދަރިފުޅަށްވެސް މަސައްކަތެއް ދަސްވެފައި އޮތުމެވެ.

ލުބްނާންގެ މާލީ ކާރިޘާއަށް 3 އަހަރު ވެގެން ދިޔައިރު، އެ ޤައުމުގެ ފައިސާގެ އަގު، 90 ޕަސެންޓަށް ވުރެ ބޮޑަށް ވެއްޓި، އިންތިހާ ފަޤީރުކަން ފެތުރި، މާލީ ނިޒާމުގެ ވާގި ނެތިއްޖެއެވެ. މިއަދު އެ ޤައުމުން ތަޖުރިބާ ކުރަމުން ދާ ތަކުލީފުތަކަކީ، ދާޚިލީ ހަނގުރާމައިގެ ދުވަސްވަރަށް ފަހު އެ ޤައުމަށް ކުރިމަތިލާން ޖެހުނު އެންމެ ގެއްލުން ދެނިވި ތަކުލީފުތަކެވެ.

ލުބުނާންގެ ރައްޔިތުންލެބަނަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު