Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލުބްނާންގެ ބަނދަރުގައި ގޮވި ބާރުގަދަ ގޮވުން

ލުބްނާންގެ ކާރިސާގައި ލިލިއަންގެ ހިމޭން ވޭނީ ނޭވާގެ އަޑު!

ލިލިއަން އޮންނަނީ މުޅިންހެން ވާގި ނެތިފައި، ވާހަކަދައްކާ އުޅެނީ ބޮލުގެ އިޝާރާތުން، މިހާތަނަށް 3 އޮޕަރޭޝަނެއް ކޮށްފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2022 | އަންގާރަ 06:15
އޯގަސްޓް 4، 2020 ވަނަ ދުވަހުގެ ބާރުގަދަ ގޮވުމަށް ފަހުން ލިލިއަން ދިރިއުޅެމުން ދަނީ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުގެ މެޑިކަލް ސެންޓަރުގައި

އޯގަސްޓް 4، 2020 ވަނަ ދުވަހުގެ ބާރުގަދަ ގޮވުމަށް ފަހުން ލިލިއަން ދިރިއުޅެމުން ދަނީ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުގެ މެޑިކަލް ސެންޓަރުގައި

ހޮސްޕިޓަލުގައި އޭނާ އޮތް އެނދު ކައިރިއަށް ނަރުސް ދިޔައިރުވެސް ލިލިއަން ޝީތޫ، އިންތިހާ ވޭނުގައި ލަމުން ދިޔަ ނޭވާގެ އަޑުފަށްގަނޑު އިވެމުން ދިޔައެވެ. ލުބްނާންގެ ބަނދަރުގައި އޯގަސްޓް 2020ގައި ގޮވި ބާރުގަދަ ގޮވުމަށް ފަހު، ފާއިތުވީ 2 އަހަރު ދުވަހުގެ ކޮންމެ ވަގުތެއްހެން އޭނާ ހޭދަ ކުރީ އެފަދަ ހާލެއްގައެވެ. ގިނަ ވަގުތުތައް ހޭދަ ވެފައި ވަނީ އެ އެނދުމަތީގައެވެ. އޭނާ އުފުލަމުންދަނީ ހިމޭން ތަކުލީފެކެވެ.

ހާއްސަ މެޝިނެއްގެ އެހީގައި ނަރުސް އައިސް، ލިލިއަންގެ ފުއްޕާމޭ ސާފުކޮށްދިނެވެ. ފުއްޕާމޭގައި ހުރި ދަވަތައް ސާފު ކުރުމާއެކު ހިސާބެއްގެ ލުޔެއް ލިބިގެން ދިޔަފަދައެވެ.

އޯގަސްޓް 4، 2020 ވަނަ ދުވަހުގެ ބާރުގަދަ ގޮވުމަށް ފަހުން ލިލިއަން ދިރިއުޅެމުން ދަނީ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުގެ މެޑިކަލް ސެންޓަރުގައެވެ. ނަމަވެސް، ލުބްނާން މިއަދު ވެއްޓިފައިވާ ވަޅުގަނޑުން އޭނާ ސަލާމަތް ކުރުމަށް، އެ ހިމޭން ވެށިން ލިއްބައިދޭ ހިމާޔަތެއް ނެތެވެ.

ލިލިއަންއާއި އޭނާގެ އާއިލާ ގައިދުވެފައި ވަނީ ލުބްނާނަށް ކުރިމަތިލާން ޖެހިފައިވާ ސިލްސިލާ ކާރިސާގެ ކަސްތޮޅުގައެވެ. ސިއްހީ ނިޒާމުގެ ފެންވަރު، ދުވަހަކަށް ވުރެ ދުވަހެއް، ދަނީ ދަށަށެވެ. ސަރުކާރު އޮތީ ހިރި ނުލެވޭ ވަރަށް ބާރު ކެނޑިފައެވެ. ބޭންކުތަކުގައި ދިރުމެއް ނެތެވެ. އާއިލާތަކަށް ފައިސާ ހޯދޭނެ ގޮތެއް ނެތެވެ.

ލިލިއަންގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެތައް މަހެއް ވަންދެން ކޯމާގައި އޮތެވެ. 3 އޮޕަރޭޝަނެއް ކުރިއެވެ.

2 އަހަރު ދުވަހުގެ ތެރޭގައި ލިލިއަންގެ އަނގައިން ފުރަތަމަ ފަހަރަށް ބަހެއް ބޭރުވީ ޖުލައި މަހުގެ ތެރޭގައެވެ. ބުނެލެވުނު ހާވެސް އެއްޗަކީ 'މަމާ" އެވެ. ލިލިއަންގެ އެއްބަނޑު އެއްބަފާ ކުދިން ބުނާ ގޮތުގައި، އެއީ އޭނާގެ ކުޑަ ދަރިފުޅު، ޢަލީ ހޯދުމަށް ލިލިއަން ގޮވާލި ގޮވާލުމެކެވެ. ދަރިފުޅުގެ ޙަޟާނާތުގެ މައްސަލައެއްގައި، ބެއިރޫތު ބަނދަރު ގޮވި ހާދިސާއަށް ފަހު ލިލިއަންއަށް ޢަލީ ފެނިފައެއް ނުވެއެވެ.

ލިލިއަން އޮންނަނީ މުޅިންހެން ވާގި ނެތިފައެވެ. ވާހަކަދައްކާ އުޅެނީ ބޮލުގެ އިޝާރާތުންނެވެ. ކަމަކަށް އެއްބަސްވާނަމަ ދެލޯ މަރާ، ބާރުކޮށްލައެވެ. ދެކޮޅު ހަދާ ނަމަ، ބެންޑޭޖު ކޮށްފައިވާ، މަޑުމަޑުން އަނެއް ފަރާތަށް އަނބުރާލައެވެ. ހާލު ރަނގަޅު ދުވަހެއް ނަމަ، ވާތުން ހަނާއަޅާލެވެއެވެ.

ލިލިއަންގެ ފަރުވާގައި ގިނަ އަދަދެއްގެ ބޭސްތަކެއް ހިމެނެއެވެ. އެޕިލެޕްސީއަށް ބޭނުން ކުރާ ބޭސްވެސް އޭގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ލުބްނާނަށް ކުރިމަތިލާން ޖެހިފައިވާ މާލީ އަދި އިގުތިސާދީ ތަކުލީފުގެ ސަބަބުން، އެ ބޭސް، އެ ގައުމުން ލިބޭ ގޮތެއް ނުވެއެވެ.

ލިލިއަންއަށް ބޭނުންވާ ބޭސް ހޯދުމުގައި އޭނާގެ އެއްބަނޑު އެއްބަފާ އުޚުތުން އެހީ ހޯދަނީ ގައުމުން ބޭރުން އަންނަ މީހުން މެދުވެރިކޮށެވެ. ފައިސާ ދައްކަނީ ލުބްނާނުގައި އިންތިހާއަށް ތަދުވެ، އަގު އުފުލިފައިވާ އެމެރިކާ ޑޮލަރުންނެވެ.

ލިލިއަންގެ ކޮޓަރި ހުންނަނީ 9 ވަނަ ފަންގިފިލާގައެވެ. ކޮޓަރީގައި ހުންނަނީ ކުޑަ ފަންކާއެކެވެ. ހޫނު މޫސުމުގެ އުދާސްގަނޑު އެންމެ ފުރިހަމައަކަށް ބޭރުކޮށެއް ނުދެއެވެ. ހަކަތައިގެ ދަތިކަން ކުރިމަތިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލުންވެސް ދަނީ ޕްރައިވެޓް ޑީސަލް ސަޕްލައި ކޮންޓްރޯލްކޮށް، ސެންޓްރަލް އޭސީ ދޫ ކުރާ މިންވަރުވެސް ވަކި ވަގުތަކަށް މަދު ކުރަމުންނެވެ.

އެތަނުގައި މާ ގިނަ ދުވަހަކު ލިލިއަން އޮންނާނެ ކަމަކަށް ނުބެލެވެއެވެ.

އޭޔޫބީ މެޑިކަލް ސެންޓަރުން ވަނީ، ހޮސްޕިޓަލުގައި އޮންނައިރު ލިލިއަންއަށް ހިނގާ ހަރަދުތައް ފޫބައްދާ ދެމުން ދިޔަ ހިލޭ އެހީދޭ ގުރޫޕަށްވެސް އެކަން ނުކުރެވޭ ކަން، ލިލިއަންގެ އާއިލާއަށް އަންގާފައެވެ. އަދި ހާއްސަ ރީހެބިލިޓޭޝަން ސެންޓަރަކަށް ލިލިއަން ބަދަލު ކުރަން ޖެހޭ ކަންވެސް ވަނީ އަންގާފައެވެ.

ލިލިއަންގެ ދައްތަ، ނަވާލްގެ ބޭންކް އެކައުންޓްގައި ރައްކާކޮށްފައި ހުރި 20000 އެމެރިކާ ޑޮލަރު އެބަ ހުއްޓެވެ. ލިލިއަންގެ ބޭސް ފަރުވާއަށް އެ ފައިސާ ހޭދަ ކުރަން ދައްތަ ތައްޔާރެވެ. ނަމަވެސް 2019 ވަނަ އަހަރު ލުބްނާނަށް ކުރިމަތިވި މާލީ ހީނަރުކަމާއެކު ބޭންކުތައް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. ނުރަސްމީ ކޮންޓްރޯލްތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފައިސާ ނުނެގޭނެހެން ބޭންކް އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ.

ބޭންކު އެކައުންޓްތަކުން އެމެރިކާ ޑޮލަރު ނެގޭ މިންވަރު ވަނީ ވަކި މިންވަރެއްގައި ހިފަހައްޓާފައެވެ. ލުބްނާން ފައިސާ ނެގޭ މިންވަރުވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. ބާޒާރުގައި ތަކެތީގެ އަގުތައް ހުރި ރޭޓާ އަޅާ ބަލާއިރު، ފައިސާ ނެގޭ ލިމިޓަކީ އެއްވެސް އެއްޗެއް ނޫނެވެ. މިއަދު އެ ކޮންޓްރޯލް ވެފައި ވަނީ ލިލިއަންގެ ފަރުވާއަށްވެސް އެޅިފައި އޮތް ހުރަހަކަށެވެ. ފައިސާ ނުނެގޭ މައްސަލަ ކޯޓުތަކަށް ވައްދައިގެން ހިސާބެއްގެ ކުރިއެރުމެއް ލިބިފައި އެބަހުއްޓެވެ. ނަމަވެސް ކޯޓުތަކުގައިވެސް އޮތީ ހަޅުތާލެވެ. އެހެން ކަމުން، ޝަރުއީ އިމުގެ ތެރެއިންވެސް އެ ފައިސާ ހޯދައިގެން ސިއްހީ ހިދުމަތް ހޯދުމަށް މިއަދު ލިލިއަންއަކަށް މާ ބޮޑު ފުރުސަތެއް ނެތެވެ.

ލެބަނަންލިލިއަންލުބްނާންގެ ބަނދަރުގައި ގޮވި ބާރުގަދަ ގޮވުންލުބުނާންގެ ރައްޔިތުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު