Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލުބްނާންގެ ފައިސާ ފޮތިން ގަހަނާ އުފެއްދުން

މާލީ ބާޒާރުން ޖާގަ ގެއްލި، ލުބްނާން ފައިސާ ގަހަނާ ކަބަޑަށް!

250 ލުބްނާން ޕައުންޑްގެ ފައިސާ ފޮތި ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ އާދައިގެ ކެވެއްޔެއް ވިއްކަނީ 150000 ލުބްނާން ޕައުންޑް ނުވަތަ އެލްބީޕީއަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2022 | އަންގާރަ 09:53
އެއްބަޔަކު ގަހަނާ ހަދައިގެން ބޭނުން ކުރަމުން ދާ އިރު، އަނެއް ބަޔަކު ދަނީ އެއީ އިރެއްގައި ބޭނުން ކުރި ފައިސާކަން ދަރިފަސްކޮޅަށް އަންގައިދިނުމުގެ ގޮތުން، ފުޅި ފުޅީގައި ފައިސާ ރައްކާ ކުރަމުން

އެއްބަޔަކު ގަހަނާ ހަދައިގެން ބޭނުން ކުރަމުން ދާ އިރު، އަނެއް ބަޔަކު ދަނީ އެއީ އިރެއްގައި ބޭނުން ކުރި ފައިސާކަން ދަރިފަސްކޮޅަށް އަންގައިދިނުމުގެ ގޮތުން، ފުޅި ފުޅީގައި ފައިސާ ރައްކާ ކުރަމުން

މި ދުވަސްވަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމުން ހީނަރު ކުރި އިޤްތިޞާދުތައް މަޑުމަޑުން ކޮޅަށް ޖެހި، ކުރިއެރުމުގެ ދުވެލި ހިފަމުން އަންނަ ދުވަސްވަރެއް ކަމުގައި ވީ ނަމަވެސް، ބަލިމަޑުކަމުގެ ކުރީއްސުރެވެސް ހީނަރުކަމުގެ އަނދަވަޅަކަށް މިޞްރާބު ޖަހާފައި އޮތް ލުބްނާންގެ އިޤްތިޞާދު ހެޔޮ ފާލަކަށް އެޅިދާނެ ކަމުގެ ކުޑަ ނަމަވެސް ނިޝާނެއް އަދި ނުފެއެވެ. ދުވަހަކަށް ވުރެ ދުވަހެއް، ޤައުމުގެ ހާލަތު ދަނީ ދަށް ވަމުންނެވެ. ގޯހުން ގޯހަށެވެ. ފައިސާގެ އަގު ވެއްޓެމުން ގޮސް، މިއަދު ފައިސާ ފޮތީގައި މާލީ މުއާމަލާތެއް ކުރާނެ އާރެއް ބާރެއް ނެތޭވެސް ދެންނެވިދާނެއެވެ.

ސިޔާސީ ކޯޅުންގަނޑު ކިތަންމެ ބޮޑުވެ، ޤައުމު ކިތަންމެ ބިކަ ވަމުން ދިޔަ ކަމުގައި ވީ ނަމަވެސް ލުބްނާންގެ ހިތްވަރުގަދަ ރައްޔިތުން ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ. އެމީހަކަށް ވީ ގޮތަކުން، ލިބުނު އެއްޗެއް ހޯދަން މަސައްކަތް ކުރެއެވެ. މިއީ 1975 އިން 1990 އަށް އެ ޤައުމުގައި ކުރި ވަރުގަދަ ދާޚިލީ ހަނގުރާމައަށް ފަހު ލުބްނާން ދުށް އެންމެ ބޮޑު މާލީ ކާރިޘާ ކަމުގައި ވީ ނަމަވެސް، އުއްމީދު ނަގާ ނުލާ ތިބި ރައްޔިތުންތަކެއް އަދިވެސް އެ ޤައުމުން ފެނެއެވެ. އެފަދަ އެއް ތަނަކީ އުތުރުގެ ސިޓީއެއް ކަމަށް ވާ ޓްރިޕޮލީގައި ފެޝަންގެ ސަމާނު ވިއްކާ ފިހާރައެކެވެ. އެ ފިހާރާގައި މިހާރު އުފައްދަމުންދާ ގަހާނާތައް ތައްޔާރު ކުރަނީ، ބާޒާރުގައި މުޅިންހެން ދައުރު ކުރުން ހުއްޓިފައި ވާ ލުބްނާންގެ ފައިސާ ފޮތި ބޭނުން ކޮށްގެންނެވެ.

250 އަދި 500 ލެބަނީޒް ޕައުންޑް ފައިސާ ފޮތީގެ އަގުތައް އިރެއްގައި 0.16 އަދި 0.33 އެމެރިކާ ޑޮލަރުގައި ހުރި ނަމަވެސް، މިއަދު އެ އަގުތައް ވަނީ 0.01 އެމެރިކާ ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. މާލީ ބުރަދަން ގެއްލި، ބާޒާރުތަކުގެ މުއާމަލާތުން އެ ފައިސާ ފޮތިތަކަށް އޮތް ފުރުޞަތު މުޅިންހެން ބަންދުވެފައި ވީ ނަމަވެސް، އެ ފައިސާ ފޮތިތަކުގެ ބޭނުން ހިފިދާނެ ގޮތެއް ހޯދީ ފިހާރައިގެ އޯނަރު ރީމާ މައުލާވީ އަލް ޞަމަދުއާއި ގަހަނަ ހެދުމުގެ މަސައްކަތުގައި އުޅޭ ނިސްރީން ދަސޫކީ ހައްފާރުއެވެ.

ނިސްރީންއާއި ރީމާ، އެ ފައިސާ ފޮތިތައް ބޭނުން ކުރަނީ ކެވެއްޔާއި ކަންފަތުގައިލާ އެއްޗެހީގެ އިތުރުން ތަޅުދަނޑިލާ އެއްޗެއްސާއި އަތުކުރީގައި ހަރުކުރާ ކަފްލިންކްސް ފަދަ ގަހަނާގެ ބާވަތްތައް އުފެއްދުމަށެވެ. އެހެން ނޫނީ "މަރުވެފައިވާ" ފައިސާ ފޮތިތަކެއް އަލުން ބޭނުން ކުރެވޭ ކަމަށްޓަކާ ފިހާރައިގެ އޯނަރު ހުރީ ވަރަށްވެސް ފަޚްރުވެރިވެފައެވެ.

250 ލުބްނާން ޕައުންޑްގެ ފައިސާ ފޮތި ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ އާދައިގެ ކެވެއްޔެއް ވިއްކަނީ 150000 ލުބްނާން ޕައުންޑް ނުވަތަ އެލްބީޕީއަށެވެ. އެއީ އޮކްޓޯބަރު 5 ވަނަ ދުވަހުގެ މަރކެޓް ރޭޓަށް ބަލާއިރު، ގާތްގަނޑަކަށް 3.85 އެމެރިކާ ޑޮލަރެވެ.

އެއްބަޔަކު ގަހަނާ ހަދައިގެން ބޭނުން ކުރަމުން ދާ އިރު، އަނެއް ބަޔަކު ދަނީ އެއީ އިރެއްގައި ބޭނުން ކުރި ފައިސާކަން ދަރިފަސްކޮޅަށް އަންގައިދިނުމުގެ ގޮތުން، ފުޅި ފުޅީގައި ފައިސާ ރައްކާ ކުރަމުންނެވެ.

މީގެ 3 އަހަރެއްހާ ދުވަސް ކުރިން، މާލީ ހީނަރުކަމުގެ ފުން އަނދަވަޅަކަށް ލުބްނާންގެ އިޤްތިޞާދު ވެއްޓުނު ފަހުން، ލުބްނާން ފައިސާގެ ރަސްމީ ރޭޓްގެ އަގުތައް ވަނީ 95 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. އޮކްޓޯބަރު 11 ވަނަ ދުވަހު، މާލީ ބާޒާރުގެ އަގުތައް ހުރި ގޮތަށް ބަލާއިރު 1 އެލްބީޕީއަށް ޖެހެނީ 0.00066 އެމެރިކާ ޑޮލަރެވެ.

ލުބްނާންގެ ފައިސާ ފޮތިން ގަހަނާ އުފެއްދުންލުބުނާންގެ ރައްޔިތުންލެބަނަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު