Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި އިންޑޮނޭޝިއާގެ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި 2 މީހަކު މަރުވެއްޖެ

7 ޑިސެމްބަރު 2022 | ބުދަ 07:38

މި ހަމަލާގައި 2 މީހަކު މަރުވެފައިވާއިރު 8 މީހަކު ޒަހަމްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޑިސެމްބަރު 2022 | ބުދަ 07:38
އިންޑޮނޭޝިއާގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

އިންޑޮނޭޝިއާގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި އިންޑޮނޭޝިއާގެ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި 2 މީހަކު މަރުވެއްޖެއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ މި ހަމަލާގައި 2 މީހަކު މަރުވެފައިވާއިރު 8 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. ހަމަލާދީފައިވަނީ އިންޑޮނޭޝިއާގެ ސިޓީއެއް ކަމަށްވާ ބަންޑަންގގައި އިސްލާމިކް މިލިޓެންޓަށް ނިސްބަތްވާ މީހެއް ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އެގައުމުގެ ފުލުހުންގެ ޕަބްލިކް އިންފޮރމޭޝަން ބިއުރޯގެ ހެޑް އަހްމަދު ރަމަދާން ވިދާޅުވީ ކައުންޓަރ ޓެރަރިޒަމް ޔުނިޓާއި ގުޅިގެން އިދާރާތަކުން މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މި ހަމަލާ ދިން މީހާ މަރުވެފައިވާއިރު، މަރުވި 2 މީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ ކައުންޓަރ ޓެރަރިޒަމް އެޖެންސީގެ އިބްނު ސުހެންދުރަ މެޓްރޯ ޓީވީއަށް ވިދާޅުވެފައވަނީ އައިއެސްއަށް ތާއިދުކުރާ ޖަމާހް އަންޝަރުތް ދައުލަތް (ޖޭއޭޑީ) ގްރޫއްޕު މި ހަމަލާގެ ފަހަތުގައި ވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖޭއޭޑީން މީގެ ކުރިންވެސް އެފަދަ ހަމަލާތައް ދީފައިވާ ކަމަށެވެ.

ހުޅަނގު ޖާވާގެ ޕޮލިސް ޗީފް، ސުންޓަނާ މެޓްރޯ ޓީވީއަށް ވިދާޅުވެފައިވަނީ ހަމަލާދިން ސީންގައި އިން ނޫކުލައިގެ ސައިކަލެއް ފެނިގެން އެކަމުގެ ތަހުގީގެއް ހިންގަމުންދާ ކަމަށާއި، އެއީ ހަމަލާ ދިން މީހާ ބޭނުންކުރި ސައިކަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެ ސައިކަލުގައި ހަރުކޮށްފައި އިން ނޯޓެއްގައި ބުނެފައިވަނީ އަންގާރަ ދުވަހު އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި އައު ކްރިމިނަލް ކޯޓު ބަލައި ނުގަންނަކަމަށެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ގްރޫޕުތަކުން ދައުލަތުގެ ގާނޫނުތައް ބަލައި ނުގަންނަ ކަމަށެވެ.

ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާގައި އިސްލާމިކް މިލިޓެންޓުން ވަނީ ތަފާތު ހަމަލާތައް ދީފައެވެ. ހަމަލާދިން ތަންތަނުގެ ތެރޭގައި ފައްޅިތަކާއި، ޕޮލިސް ސްޓޭޝަން އަދި ބޭރު މީހުން ބާއްވާ ބައެއް ހަފްލާތަކަށް ވެސް ހަަމަލާތައް ވަނީ އަމާޒުވެފައެވެ.

މިލިޓެންޓުންނާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިންޑޮނޭޝިއާއިން ވަނީ ވަރުގަދަ އެންޓި-ޓެރަރިޒަމް ގާނޫނެއް ވުޖޫދަށް ގެނެސްފައެވެ. 2018 ވަނަ އަހަރު ސުރަބަޔާ ސިޓީގައި ހަރުކަށި ފިކުރުގެ ގްރޫޕުތަކުން ދިން ހަމަލާތަކެއްގައި 30 މީހުން މަރުވިއިރު، މި ހަމަލާ ދީފައިވަނީ 3 އާއިލާއަކުންނެވެ. އަދި އެ ހަމަލާ ދިނުމުގައި ކުޑަކުދިން ވެސް ބައިވެރިކޮށްފައިވެއެވެ.

އިންޑޮނޭޝިޔާއިސްލާމިކް ސްޓޭޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ
01 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
07 ނޮވެމްބަރު 2025

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި
05 ސެޕްޓެމްބަރު 2025

އިންޑޮނޭޝިއާގެ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އަވައްޓެރި ޤައުމުތަކުގެ މީހުން އެހީވަނީ

05 ސެޕްޓެމްބަރު 2025
އިންޑޮނޭޝިއާގެ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އަވައްޓެރި ޤައުމުތަކުގެ މީހުން އެހީވަނީ
04 ސެޕްޓެމްބަރު 2025

ޕާކިސްތާނުގައި ސިޔާސީ އެއްވުމެއް އޮތް ތަނެއްގެ ކައިރީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 15 މީހުން މަރުވެއްޖެ

04 ސެޕްޓެމްބަރު 2025
ޕާކިސްތާނުގައި ސިޔާސީ އެއްވުމެއް އޮތް ތަނެއްގެ ކައިރީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 15 މީހުން މަރުވެއްޖެ
31 އޯގަސްޓު 2025

މަޖިލިސް މެމްބަރުންގެ އެލަވަންސް މައްސަލައިގައި އިންޑޮނީޝިޔާ ގައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނު ވެއްޖެ

31 އޯގަސްޓު 2025
މަޖިލިސް މެމްބަރުންގެ އެލަވަންސް މައްސަލައިގައި އިންޑޮނީޝިޔާ ގައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނު ވެއްޖެ
01 މެއި 2025

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް

01 މެއި 2025
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް
04 އެޕްރީލު 2024

"ގައްޑާ" އޭ ހީވި ދިރިއުޅުން ދޫކޮށް، ތައުބާގެ މަގު ޚިޔާރު ކުރާ އަޚުންނާއި އުޚުތުންނަށް...

04 އެޕްރީލު 2024
"ގައްޑާ" އޭ ހީވި ދިރިއުޅުން ދޫކޮށް، ތައުބާގެ މަގު ޚިޔާރު ކުރާ އަޚުންނާއި އުޚުތުންނަށް...
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް