Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ރޮނާލްޑޯއަކީ ޓީމުގައި މުހިންމު ކުޅުންތެރިޔެއް: ސަންޓޯސް

ރޮނާލްޑޯއާ މެދު އެއްވެސް ކަހަލަ ޚިޔާލު ތަފާތުވުމެއް ނުވަތަ ނުތަނަވަސްކަމެއް އުފެދިފައި ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2022 | ބުދަ 06:49
ޕޯޗުގަލްގެ ކޯޗު ސަންޓޯސް

ޕޯޗުގަލްގެ ކޯޗު ސަންޓޯސް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޓީމުގެ މުހިންމު ކުޅުންތެރިޔެއް ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

އޭނާ މިހެން ބުނީ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްވިޒަލެންޑް ބަލިކުރުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ސަންޓޯސް ވަނީ ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނަން ނިންމާފައެވެ. އަދި ރޮނާލްޑޯ ކުޅެން ނުކުމެފައިވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސަންޓޯސް ބުނީ، ރޮނާލްޑޯ އަށް ޕޯޗުގަލް ޓީމުގައި އިސް ރޯލެއް އޮންނާނެ ކަމަށާއި، އެއީ އިތުރަށް ސާފު ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. ސަންޓޯސް ބުނީ އެންމެ ކުރީއްސުރެ މިއަދާ ހަމައަށް ރޮނާލްޑޯއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި ރޮނާލްޑޯގެ އުމުރުން 19 އަހަރުގައި އޭނާ ސްޕޯޓިން އަށް ކުޅުނު ދުވަސްވަރުން ފެށިގެން ރޮނާލްޑޯ ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެއަށްފަހު ޤައުމީ ޓީމާ ސަންޓޯސް ހަވާލުވީ 2014 ވަނަ އަހަރު ކަމަށާއި، އެ ދުވަހުން ފެށިގެން ރޮނާލްޑޯއާއެކު ޕޯޗުގަލްގެ ޤައުމީ ސްކޮޑަށް ކުރިއރުންތައް ލިބެމުން އަންނަ ކަމަށެވެ. އޭނާ ބުނީ މިހާތަނަށް ރޮނާލްޑޯއާ މެދު އެއްވެސް ކަހަލަ ޚިޔާލު ތަފާތުވުމެއް ނުވަތަ ނުތަނަވަސްކަމެއް އުފެދިފައި ނުވާނެ ކަމަށެވެ. އަދި އަބަދުވެސް ޕޯޗުގަލްގައި އޭނާ އިރުޝާދު ދޭއިރު ރޮނާލްޑޯ އަކީ މުހިންމު ރޯލެއް އަދާ ކުރާނެ ކުޅުންތެރިޔެއް ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް މޮރޮކޯ މެޗުގައި ރޮނާލްޑޯ ފެންނާނެތޯ ސުވާލުކުރުމުން ސަންޓޯސް ބުނީ، ޔަގީނުން ވެސް ރޮނާލްޑޯ ފެންނާނެ ކަމަށާއި، ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިން ވެސް ބޭނުން ކުރެވޭނެ ކަމަށެވެ. ސަންޓޯސް ބުނީ އޭނާއާކު ތިބި 26 ކުޅުންތެރިންގެ ތެރެއިން ނުކުޅެވެނީ ދެ ކުޅުންތެރިންނަށް ކަމަށާއި، ބާކީ ތިބި 24 ކުޅުންތެރިންނަށް ވެސް ކުޅެވޭނެ ކަމަށެވެ. މޮރޮކޯ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަންޓޯސް ބުނީ ކުރިން 2018 ވަނަ އަހަރު ވެސް މޮރޮކޯއާ ދެކޮޅަށް ކުޅުނު ކަމަށާއި، އެމީހުންނަކީ އޭރު ވެސް ރަނގަޅު ވާދައެއް ކުރި ބައެއް ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގެ ބައެއް މެޗުތައް ބެލި ކަމަށާއި، ނަމަވެސް ގިނައިން ބެލުނީ ސްޕެއިންގެ މެޗުތައް ކަމަށެވެ. އޭނާ ބުނީ މޮރޮކޯ ގައި ވެސް ތިބީ މޮޅެތި ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނަކީ ކޮލިޓީ ހުރި ކުޅުންތެރިން ކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލް އަދި މޮރޮކޯ ބައްދަލު ކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޕޯޗުގަލްކްރިސްޓިއާނޯ ރޮނާލްޑޯފެނާންޑޯ ސަންޓޯސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު