Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގައި ހަކުރު އުފެއްދޭ މިންވަރު ދަށްވުން

މޫސުމީ ބަދަލުތަކުގެ ސަބަބުން އިންޑިޔާގައި ހަކުރު އުފެއްދޭ މިންވަރު 7 އިންސައްތަ ދަށަށް

6 ޑިސެމްބަރު 2022 | އަންގާރަ 13:55

އިންޑިޔާގައި ހަކުރު އުފެއްދޭ މިންވަރު މަދުވުމާއެކު ދުނިޔޭގައި ހަކުރުގެ އަގު މައްޗަށް އަރާނެކަމަށް ބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޑިސެމްބަރު 2022 | އަންގާރަ 13:55
ހަކުރު އުފެއްދުމަށް ބޭނުންވާ އުއްދަނޑި ކަނޑަނީ

ހަކުރު އުފެއްދުމަށް ބޭނުންވާ އުއްދަނޑި ކަނޑަނީ

ދުނިޔޭގައި އެންމެ ގިނައިން އުއްދަނޑި ހައްދާ ގައުމުކަމަށްވާ އިންޑިޔާގައި ހަކުރު އުފެއްދޭ މިންވަރު މޫސުމީ ބަދަލުތަކުގެ ސަބަބުން 7 އިންސައްތަ މިއަހަރު ދަށަށްދާނެކަމަށް އެގައުމުގެ ދަނޑިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކުން ބުނެފިއެވެ.

އިންޑިޔާއިން މިހާރުވެސް ވަނީ ހަކުރު އެކްސްޕޯޓް ކުރާ މިންވަރު ދަށްކޮށްފައެވެ. އަނެއްކޮޅުން އިންޑިޔާއަކީ ދެވަނަ އަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓްކުރާ ގައުމެވެ. އިންޑިޔާގައި ހަކުރު އުފެއްދޭ މިންވަރު މަދުވުމާއެކު ދުނިޔޭގައި ހަކުރުގެ އަގު މައްޗަށް އަރާނެކަމަށް ބެލެވެއެވެ. އަދި އިންޑިޔާއާ ވާދަވެރި އަނެއް ދެ ގައުމުކަމުގައިވާ ބްރެޒިލް އާއި ތައިލެންޑުން ހަކުރު ބޭރުކުރާ މިންވަރު އިތުރުކުރާނެކަމަށް ބެލެވެއެވެ.

އިންޑިޔާގައި އެންމެގިނައިން އުއްދަނޑި ހައްދާ މަހާރަޝްތްރަ ސްޓޭޓްގެ ސޮލަޕުރް ޑިސްޓްރިކްޓްގެ ދަނޑުވެރިއަކު ކަމުގައިވާ ޕްރަދީޕް ޖަގްދީޕް ބުނީ ދަނޑުތައް ފެންނަނީ ކުރިން އަހަރެކޭ އެއްގޮތަށްކަމަށެވެ. ނަމަވެސް ހަކުރު ހަދަން ފެށުމުން ހަކުރު ލިބޭ މިންވަރު މަދުކަން އެނގެން ފެށިކަމަށެވެ. ޕްރަދީޕް ބުނާގޮތުގައި މިއަހަރު އޭނާގެ 9 އޭކަރުގެ ދަނޑުތަކުން ލިބޭނީ 530 ޓަނު ހަކުރެވެ. މިދިޔަ އަހަރު އޭނާއަށް މިދަނޑުތަކުން 750 ޓަނު ހަކުރު ލިބުނެވެ.

ޕްރަދީޕެކޭ އެއްގޮތަށް މަހާރަޝްތްރާ ގައި އުއްދަނޑި މައިގަނޑުކޮށް ހައްދާ އަނެއް 192 ދަނޑުިވެރިންވެސް ރޮއިޓަރސް އާ ވާހަކަދައްކަމުން ފާހަގަކޮށްފައިވަނީ ދިގުދެމިގެންދިޔަ ހޫނު މޫސުމާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދަނޑުތަކަށް ވަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށްކޮށްފަކަމަށެވެ.

ހޫނު މޫސުމުގައި ވަރަށް ހޫނު ގަދަކަމަށާއި ޖުލައި މަހުން ފެށިގެން ވަރަށް ގިނައިން ވާރޭވެހުނުކަމަށް އެހެން ދަނޑުވެރިއެއްކަމުގައިވާ ބާބަން ބުންޏެވެ. އެކަމުގެ ސަބަބުން ދަނޑުތަކުގެ ފަސްގަނޑު އޮތީ އެއްކޮށް ތެތްކޮށް، އެތައް ހަފްތާތަކެއްވަންދެން އިރުގެ އަވިކޮޅެއް ނުލިބިކަމަށް އޭނާ ބުންޏެވެ.

އެވްރެޖްކޮށް 15 އިންސައްތަ ހަކުރު އުފެއްދޭ މިންވަރު ދަށްވެފައިވާކަމަށް ދަނޑުވެރިން ބުނެއެވެ. އެމީހުން ބުނާގޮތުގައި ކޮންމެ ހެކްޓަރަކުން އެއީ 35 އިންސައްތައިގެ ގެއްލުމެކެވެ.

މަހާރަޝްތްރާ އަކީ އިންޑިޔާގައި އުފައްދާ ހަކުރު އެންމެ ގިނައިން އުފައްދާ ސްޓޭޓެވެ. އެ ސްޓޭޓުން މިއަހަރު 13.8 މިލިއަން ޓަނުގެ ހަކުރު އުފައްދާނެކަމަށް ވަނީ ބެލެވިފައެވެ. މިދިޔަ އަހަރު އެސްޓޭޓުން 13.7 މިލިއަން ޓަނުގެ ހަކުރު އުފެއްދިއެވެ.

ނަމަވެސް ހަކުރު އުފެއްދޭ މިންވަރު 15 އިންސައްތަ ދަށްވުމާއެކު މިއަހަރުތެރޭ މަހާރަޝްތްރާ އިން އުފެއްދޭނީ 11.7 މިލިއަން ޓަނުގެ ހަކުރު ކަމަށް ޝުގަރ މިލް އެންޑް ޑީލަރ ގެ ސީނިއަރ އޮފިޝަލަކު ވިދާޅުވިއެވެ.

މަހާރަޝްތްރައިގެ އިތުރުން ދެން އެންމެ ގިނައިން ހަކުރު ހައްދާ ކަރްނާޓަކާއަށްވެސް ވަނީ މޫސުމީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ކަރްނާޓަކާއިން އުފައްދާ ހަކުރު މިއަހަރު ހުންނާނީ 5.5 މިލިއަން ޓަނުގައި ކަމަށް މިހާރު ބެލެވެއެވެ. މިދިޔަ އަހަރު އެއަދަދު ހުރީ 6 މިލިއަން ޓަނުގައެވެ.

މަހާރަޝްތްރަ އަދި ކަރްނާޓަކާގައި ހަކުރު އުފައްދާ މިންވަރު ދަށްވުމާއެކު މުޅި އިންޑިޔާގައި މިއަހަރު ހަކުރު އުފައްދާ މިންވަރު ހުންނާނީ 33.3 މިލިއަން ޓަނުގައި ކަމަށް ވަނީ ބެލެވިފައެވެ. މިއަދަދު މިދިޔަ އަހަރު ހުރީ 35.8 މިލިއަން ޓަނުގައެވެ.

އިންޑިޔާގައި ހަކުރު އުފެއްދޭ މިންވަރު މަދުވުމާއެކު އިންޑިޔާއިން ހަކުރު އެކްސްޕޯޓްކުރާ މިންވަރު ސަރުކާރުން ދަށްކުރާނެކަމަށް ބެލެވެއެވެ. ސަރުކާރުގެ ސީނިއަރ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނީ އިންޑިޔާގެ ރައްޔިތުންނަށް ބޭނުންވާ 27.5 މިލިއަން ޓަނުގެ ހަކުރު އުފެއްދޭތޯ ބެލުމަށްފަހު އެކްސްޕޯޓްކުރާ މިންވަރާމެދު ސަރުކާރުން ގޮތެއް ނިންމާނެއެވެ.

އިންޑިއާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް