Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވައި ނުސާފުވުން

ރާއްޖޭގެ ވައި ނުސާފުވުމުގައި ސަރަޙައްދީ އަދި ލޯކަލް ސަބަބުތައްވެސް ހިމެނޭ: މިނިސްޓްރީ

6 ޑިސެމްބަރު 2022 | އަންގާރަ 03:32

ވައި ނުސާފުވުމަކީ ދިވެހިރާއްޖޭގައި މިހާރު ދިމާވެފައިވާ ބޮޑު ކަންބޮޑުވުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޑިސެމްބަރު 2022 | އަންގާރަ 03:32
އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މިދުވަސްވަރު ރާއްޖޭގެ ވައިނުސާފުވާ މިންވަރު ބަލައިލެވޭނެ

އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މިދުވަސްވަރު ރާއްޖޭގެ ވައިނުސާފުވާ މިންވަރު ބަލައިލެވޭނެ

ރާއްޖޭގެ ވައި ނުސާފުވުމުގައި ސަރަޙައްދީ އަދި ލޯކަލް ސަބަބުތައްވެސް ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ވައި ނުސާފުވުމާ ގުޅިފައިވާ ކަންތައްތަކާއި ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ވައި ނުސާފުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި "ލޯކަލް" އަދި ސަރަހައްދީ ގައުމުތަކުގެ ވައި ތަޣައްޔަރުވުން ހިމެނޭ ކަމަށެވެ. އެގޮތުން "ލޯކަލް" ވައި ނުސާފުވުމަކީ ދިވެހިރާއްޖޭގައި މިހާރު ދިމާވެފައިވާ ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ވައި ތަޣައްޔަރުވުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތަކަށް ބަލާއިރު އިންޖީނުލީ އުޅަނދުތަކުން ބޭރުކުރާ ދުމާއި، ކަރަންޓު އުފެއްދުމާއި، އިމާރާތްކުރުމުގެ ސިނާއަތް ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ، މި ދުވަސްވަރު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމަކީ ހުޅަނގުން އިރަށް ވައި ބަދަލުވުމާއި ގުޅިގެން އިރުދެކުނު އޭޝިއާ ސަރަހައްދުން އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ދިމާވެފައިވާ ވައި ނުސާފުވުމެއް ކަމަށެވެ. އެގޮތުން ސަރަހައްދީ ވައި ނުސާފުވުމަކީ މޫސުމާ ގުޅިފައިވާ ކަމެއްކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި ޑިސެމްބަރު މަހާއި އޭޕްރީލް މަހަކީ ދެމޫސުން ބަދަލުވާ ދުވަސްކޮޅެއް ކަމަށްވާއިރު، ކޮންމެ އަހަރެއްގެ ވެސް މޫސުން ބަދަލުވާ މުއްދަތުގައި ދިވެހިރާއްޖޭގެ ވައި ނުސާފުވެ، ފުސްކަން އިތުރުވެގެންދާކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ ދެކުނު އިންޑިއާގެ ފިނި މޫސުން ފެށުމާ ދިމާކޮށް ދަނޑުވެރިން ފަޅު އެންދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ދުވަސްވަރެއްކަން ފާހަގަކޮށް މިނިސްޓްރީން އިތުރަށް ބުނީ، ދިރާސާތަކުން ދައްކާ ގޮތުގައި އިންޑިއާ ކަނޑުގެ އުތުރުން ދައުރުވެގެން އަންނަ ނުސާފު ވައި، ދިވެހިރާއްޖެއާ ހަމައަށް ފޯރައި، ދިވެހިރާއްޖޭގެ ވައި ތަޣައްޔަރުކުރުވާ ކަމަށެވެ. މިނިސްޓްރީން ބުނާ ގޮތުގައި މީގެ އަސަރުތައް އެންމެ ބޮޑަށް ކުރަނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށެވެ.

ރާއްޖެއަށް ވައި ނުސާފުވެފައިވާ މިންވަރު ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މިދުވަސްވަރު ރާއްޖޭގެ ވައިނުސާފުވާ މިންވަރު ބަލައިލެވޭނެއެވެ. ވައިގެ ސާފުމިން ވަޒަންކުރާ "އައިކިއު އެއާ" އިން 6 މިންގަނޑަކުން ވައިގެ ސާފުމިން ބަލާއިރު، އެ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ ވައިގެ ތަޣައްޔަރުކަން މިހާރު ހުރީ ތިން ވަނަ ދަރަޖައިގައެވެ.

ވައި ނުސާފު ވަގުތުގައި ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން ހިމެނެއެވެ.

ވައިގެ ތެރޭގައި ދައުރުވާ ލޮލަށް ފެންނަވަރުގެ ކުނޑި، ހިރަފުސް އަދި ދުމުގެ އިތުރުން ވައިގެ ތެރޭގައި ދއުރުވާ ލޮލަށް ނުފެންނަ ކުނޑި އަދި ދިޔާ ތަކެއްޗަކީ ނޭވާލުމުގެ ނިޒާމުން ހަށިގަނޑަށްވަދެ ފުއްޕާމެއާއި ހަމައަށް ވާސިލުވެ، ސިއްޙަތަށް ނުރައްކާ ކުރުވާ އެއްޗެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
12 ޑިސެމްބަރު 2024

އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ

12 ޑިސެމްބަރު 2024
އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ
19 ސެޕްޓެމްބަރު 2024

ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި

19 ސެޕްޓެމްބަރު 2024
ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި
19 ސެޕްޓެމްބަރު 2024

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ

19 ސެޕްޓެމްބަރު 2024
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ
03 ޖުލައި 2024

ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި

03 ޖުލައި 2024
ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި
08 އެޕްރީލު 2024

ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

08 އެޕްރީލު 2024
ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް