Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅުދުއްފުށި ބޯހިޔާވަހިކަން

މުއިއްޒު އާއި ޔާމީނު އެރީ ކުޅުދުއްފުށީ ރައްޔިތުންގެ އުއްމީދަށް ފައިން، މިސަރުކާރުން އެ އުއްމީދު ވެސް ފުރިހަމަކޮށްދީފި

ރޯހައުސްތައް ލިބޭނެކަމަށް މީގެ 11 އަހަރު ކުރިން ނެރެފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުން ކުރަންޖެހުނީ ދިގު އިންތިޒާރެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2022 | ހުކުރު 08:29
ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރި ރޯހައުސްތައް

ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރި ރޯހައުސްތައް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އޭރު އިމާރާތްކުރަން ފެށި ރޯހައުސްތަކެކެވެ. ނަމަވެސް އޭރު ވެރިކަން ބަދަލުވެގެން ދިއުމާއެކު މި ރޯހައުސްތަކުގެ މަސައްކަތް ހުއްޓިގެން ދިޔައެވެ. އެތަކެއް ރައްޔިތުންނަށް އިންތިޒާރުކުރަމުން ދިޔަނަމަވެސް، އެއްވެސް ސަރުކާރަކުން މި މަސައްކަތް ނުކޮށް ދޫކޮށްލިއެވެ. އަދި މަސައްކަތް ނުނިންމައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރޯހައުސްތައް ބަހާލިއެވެ.

އެއްވެސް ރޯހައުސްއެއްގެ މަސައްކަތް ނުނިންމައި ހުރުމުގެ ސަބަބުން އެތަނަށް މީހުން ބަދަލުނުވެ 10 ވަރަކަށް އަހަރު ފަހުން އެތަނަށް މީހުންނަށް ވަދެވޭނެކަމުގެ އުއްމީދެއް މި ސަރުކާރުން ވަނީ ދީފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މިކަމަށް ޚާއްސަ އިސްކަމެއްދީގެން ރޯހައުސްތަކުގެ މަސައްކަތް ނިންމައި ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ. އަދި މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި އެ ފަރާތްތަކާ ރޯހައުސްތައް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މިސަރުކާރުން އެއްމެ އިސްކަމެއްދޭ އެއްކަންތަކެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި މިސަރުކާރުން ގެންދަނީ ބޯހިޔާވަހިކަމުގެ ތަފާތުއެތައް މަޝްރޫއުތަކެއް ހިންގަމުންނެވެ. ކުޅުދުއްފުށި ސިޓީއަކީ ބޮޑުތިލަދުންމަތީގައި ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އަދި މާލެއިން އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށެވެ.

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށާއި އެދި އެނޫންވޭސް ބޭނުންތަކަށް ބިން ނެތުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި 2011 ވަނަ އަހަރު ބިން ހިއްކައި 165 ރޯހައުސް އިމާރާތްކުރުމުގެ މަޝްރޫއެއްގެ ފެށުން ވެގެންދިޔައީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށާއި އެސިޓީގައި ދިރިއުޅެމުންގެންދާ ރައްޔިތުންނަށް ވަރަށް ބޮޑު އުއްމީދެއް ލިބިގެންދިޔަ ކަމަކަށެވެ. އެރައްޔިތުން ތިބީ އެތަންތަނުގެ މަސައްކަތް ހިނގާތަން ފެނި އެތަންތަން ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ.

ނަމަވެސް، ކަންތައްތަށް ވެގެންދިޔައީ އުންމީދުކުރި ގޮތަކަށް ނޫނެވެ. އެ ރޯހައުސްތަކުގެ ތެރެއިން ބައެއް ރޯހައުސްތައް ނިމި އަނެއްބައި ރޯހައުސްތައް ނިމުމަކާ ގާތްވެފައި ވަނިކޮށް މަސައްކަތް ވަނީ ހުއްޓިފައެވެ. އެއަށްފަހު އެތަންތަން ދިޔައީ ވީރާނާވަމުން ނުވަތަ އެހެން ގޮތަކަށް ބުނަނީނަމަ އެތަންތަން ހުރީ ވީރާނާވާން ދޫކޮށްލާފައެވެ.

އެމަގުން ރޯހައުސްގެ ކަންތައްތައް ގޮސްފައިވުމީ އެތަންތަން ލިބޭނެކަމަށް ލިސްޓުކުރެވިފައިވާ އެތައް ބައެއްގެ ހުވަފެންތަކަށް މާޔޫސްކަން ގެނުވައި އުންމީދު ގެންލިގެންދިޔަ ކަމަކަށެވެ.

ރޯހައުސްތައް ލިބޭނެކަމަށް މީގެ 11 އަހަރު ކުރިން ނެރެފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުން ކުރަންޖެހުނު ދިގު އިންތިޒާރަކީ، އަދި ވަކިން ހާއްސަކޮށް އަމިއްލަ ރަށުގައި ވަންނާނެ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން އާއިލާ ގޮވައިގެން ކުލި ދައްކައިގެން އުޅެމުންގެންދާ ފަރާތްތަށް ވޭތުކުރަން ޖެހުނު ދިގު އިންތިޒާރަކީ ވަރަށް ވެސް އަސަރުކުރުނުވަނިވި އިންތިޒާރަކަށްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއްދެއްވި އެއްކަމަކީ 2013 ވަނަ އަހަރާއި ހަމައަށް ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާރާތްކުރަން ފަށައި އޭގެ ފަހުން ވީރާނާވާން ދޫކޮށްލާފައިވާ ހައުސިން ޔުނިޓުތަކާއި، ފުލެޓްތަކާއި އަދި ރޯހައުސްތައް މަރާމާތުކޮށް މީހުން ދިރިއުޅެވޭނެ ގޮތް ހަދައި އެތަންތަން ލިބޭ ފަރާތަތަކާއި އެތަންތަން ޙާވާލުކުރުމެވެ.

އެގޮތަށް އަޅާނުލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޫކޮށްލާފައިވާ 1300 އަށްވުރެ ގިނަ ބޯހިޔާވަހިކަން ނިންމައި މިހާރު މިވަނީ މީހުން އެތަންތަނުގައި ދިރިއުޅެން ފަށާފައެވެ. ސަރުކާރުން އެމަސައްކަތް ކޮށްފައިވަނީ ކައުންސިލުތަކާއި ރައްޔިތުންނާއި ވަރަށް ގާތުން ކައުންސިލުތަކުގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކުއެވެ.

ކުޅުދުއްފުށި ސިޓީޑރ. މުހައްމަދު މުއިއްޒުކުރީގެ ރައީސް ޢަބްދުﷲ ޔާމީންމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު