Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ވޯލްޑްކަޕް 2022

ޕާކިސްތާނުގެ "މިނީ ބްރެޒީލް" ގެ ޢުއްމީދު، ޙަޤީޤަތަކަށް ވެދާނެބާ؟

ލިޔާރީގައި ފުޓުބޯޅައަށް އޮތް ލޯބީގެ ވާހަކަ ސޯޝަލް މީޑިއާގައިވެސް އެހާ މަޝްހޫރު، އެމީހުން ބޭނުންވަނީ ފުޓުބޯޅާގައި ފީފާއިންވެސް ޝާމިލުވާން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 07:08
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އާޖެންޓީނާގެ ލައޮނަލް މެސީ އަދި ބްރެޒީލްގެ ތަރި ނޭމާ ފަދަ ކުޅުންތެރިންގެ ފޮޓޯތައް ކުރަހާފައި

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އާޖެންޓީނާގެ ލައޮނަލް މެސީ އަދި ބްރެޒީލްގެ ތަރި ނޭމާ ފަދަ ކުޅުންތެރިންގެ ފޮޓޯތައް ކުރަހާފައި

ލިޔާރީގެ ހިރަފުސް ބޯ މަގުތައް މަތީގައި ޒުވާން ފުރައިގެ ފިރިހެން ކުދިން ބޯޅައެއްގައި ކޮއްޓަމުން ދިޔައިރު، ވައިގެ ތެރޭގައި ވިހުރެމުން ދިޔައީ ޤަޠަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަ ކުރާ ޤައުމުތަކުގެ ދިދަތަކެވެ. ޕާކިސްތާނުގައި އޮތެއް ކަމަކު، މި އަވަށަށް ނިސްބަތް ކުރަނީ "މިނީ ބްރެޒީލް"ގެ ނަމުންނެވެ. އެ ސަރަޙައްދުގައި ފުޓުބޯޅައަށް ދެވިފައި އޮތް ހާއްސަ ލޯތްބެއްގެ ސަބަބުންނެވެ.

ލިޔާރީއަކީ ޕާކިސްތާނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށް ވާ ކަރާޗީގެ އެންމެ ފަޤީރު އަވަށްތަކުގެ ތެރޭގައި ގުނާލެވޭ އަވަށެކެވެ. ނަމަވެސް ކޮންމެ 4 އަހަރަކުން 1 އަހަރު، މި އަވަށަށްވެސް ފުޓުބޯޅައިގެ ޢީދު އާދެއެވެ. ބްރެޒީލްއާއި، ސްޕެއިން އަދި ޕޯޗުގަލްގެ ޤައުމީ ކުލަތަކުން އަވަށް އިތުރު ދިރުމެއް ގެނެސް ދެނީ ފުޓުބޯޅައަށް އިންތިހާ ލޯބި ކުރާ އަވަށުގެ ރަށްވެހިންގެ އަމިއްލަ މަސައްކަތުންނެވެ.

މި ފަހަރުގެ ވޯލްޑްކަޕްއާ ދިމާކޮށް ލިޔާރީއިން ފެނިގެންދާ ކުރެހުންތަކުގެ ތެރޭގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އާޖެންޓީނާގެ ލައޮނަލް މެސީ އަދި ބްރެޒީލްގެ ތަރި ނޭމާ ފަދަ ކުޅުންތެރިންގެ ފޮޓޯތައް ހިމެނެއެވެ.

ޕާކިސްތާނަކީ އަދި މިހާތަނަށް، ވޯލްޑް ކަޕް ކުޅެން ކޮލިފައި ވެފައި ވާ ޤައުމެއް ނޫނެވެ. ނަމަވެސް އެ ޤައުމަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ޒުވާނުން ދަނީ ފުޓުބޯޅަ އެކަޑަމީތަކާ ގުޅި، ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. ލިޔާރީއަކީ، ޕާކިސްތާނުގެ ފުޓުބޯޅަ، އާ ހަރުފަތަކަށް ގެންގޮސްދިނުމުގެ ޢަޒުމުގައި އޮތް އަވަށެކެވެ. އެ އަވަށުގެ ކުދިންނަކީ، ކޮންމެ ދުވަހަކުވެސް އެތައް ވަގުތެއް، ފުޓުބޯޅަ ފަރިތަކުރުންތަކުގައި އުޅޭ ކުދި ބައެކެވެ.

ޤަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް މެޗުތައް ބެލުމުގެ ފޯރިވެސް ލިޔާރީގައި ގަދައެވެ. މެޗު ބެލުން އޮންނަނީ ބޮޑު ސްކްރީންތަކުގައި އަޅުވައިގެންނެވެ.

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވީ ނަމަވެސް، ލިޔާރީގައި އޮތް ފުޓުބޯޅައިގެ ފޯރި، މިއިން ދުވަހަކު ކެނޑިގެން ދާނެހެނެއް ހީއެއް ނުވެއެވެ.

ގަތަރުޤަތަރު ފީފާ ވޯލްޑް ކަޕް 2022ޕާކިސްތާންޕާކިސްތާން ފުޓްބޯލް ފެޑެރޭޝަންބްރެޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު