Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާގެ ތެޔޮ

ޖީ7ގެ ގައުމުތަކުން ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރަން ފަށައިފި

ރަޝިއާގެ ސީބޯން ކްރޫޑް އޮއިލް ގަންނަ އަގު ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރުގައި ބެހެއްޓުމަށް ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 04:42
ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަޅަމުން އަންނަނީ ހަނގުރާމަ ހުއްޓާލާފައި ނުވާތީ

ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަޅަމުން އަންނަނީ ހަނގުރާމަ ހުއްޓާލާފައި ނުވާތީ

ޔޫކްރެއިނަށް އަރައި ރަޝިއާއިން ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން، ރަޝިއާގެ ތެލަށް ޖީ7 ގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރަން ފަށައިފިއެވެ.

އެ ފަރާތްތަކުން ވަނީ ރަޝިއާ އިން ހަނގުރާމައަށް ކުރާ ޚަރަދުތަކުގެ ގާބިލުކަން ކުޑަކުރުމަށްޓަކައި ރަޝިއާގެ ސީބޯން ކްރޫޑް އޮއިލް ގަންނަ ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރުގައި ބެހެއްޓުމަށް ނިންމާފައެވެ. އަދި އެ ނިންމުމަށް މި ހިނގާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް ވަނީ ނިންމާފައެވެ. ރަޝިއާ އިން ވަނީ އެ ނިންމުން ބަލައި ނުގަންނަ ކަމަށާއި އެ ފަދަ ނިންމުމެއް ނިންމުމުގެ ކުރިން ހާލަތު ރަނގަޅަށް ވަޒަން ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

އީޔޫ އާއި ޖީ7 ހިމެނޭހެން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރަޝިއާ އިން ޕެޓްރޯލިއަމް ޕްރޮޑަކްޓުތައް އެތެރެކުރުން ހުއްޓާލުމަށް ވެސް ވަނީ ނިންމާފައެވެ. މިފަދަ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމަކީ ރަޝިއާގެ އިގްތިސާދު ފިއްތާލާ ރަޝިއާ އިން ހަނގުރާމައަށް ޚަރަދުކުރަމުންދާ ކުރުމަށް ބުރޫއެރުވުމެވެ. ނަމަވެސް ރަޝިއާއިން ވަނީ އެފަދަ ފިޔަވަޅުތަކުން ރަޝިއާގެ ހަނގުރާމައިގެ ހަކަތަ ކުޑަކޮށް ނުލެވޭނެ ކަަމަށް ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ޔޫކްރެއިންގެ ރައީސް، ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވީ ތެލަށް އަޅާފައިވާ ފިޔަވަޅުތަކަކީ ދުނިޔޭގެ ލެވެލްގައި ވަރަށް ބަލިކަށި ފިޔަވަޅުތަކެއް ކަމަށެވެ. ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އެލެކްޒެންޑަރ ނޮވަކް ވިދާޅުވެފައިވަނީ މިއީ މިނިވަން ވިޔަފާރިއަށް އަޅާފައިވާ ހުރަހެއް ކަމަށެވެ.

އަދި އަޅާފައިވާ ފިޔަވަޅުތައް މަނާކުރެވޭނެ މެކޭނިޒަމްއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެއީ ކޮންމެ ލެވެލްއެއްގައި ކުރެވުނު މަސައްކަތެއް ނަމަވެސް، އެކަމުގެ ސަބަބުން މާކެޓު ގެއްލިގެން ހިނގައިދާނެކަމަށް އެލެކްޒެންޑަރ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ރަޝިއާއިން ދެން ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ވިއްކާނީ ވަކި ކަންތައްތަކަށް ބަލާފައި ރަޝިއާއާއެކު މަސައްކަތް ކުރާނެ ގައުމުތަކަށް ކަމަށެވެ. އަދި ތެލުގެ އުފެއްދުންތައް މަދުކުރަން ޖެހުނު ނަމަވެސް އަމަލުކުރާނީ އެގޮތަށް ކަމަށް އެލެކްޒެންޑަރ ވަނީ ވިދާޅުވެފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންރަޝިއާތެލުގެ އަގު

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު