Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވަރލްޑް ކަޕް 2022

ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދިޔުމަށް ޖަޕާން އޮތީ ތައްޔާރަށް

މޮޅު ކުޅުންތެރިން ބިނާކުރުމަށް ޖަޕާނުން އަންނަނީ އެންމެ ރަނގަޅު މަސައްކަތް ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2022 | އާދީއްތަ 21:22
ޖަޕާންގެ ކޯޗު މޮރިޔާސޫ ޕްރެސްގައި

ޖަޕާންގެ ކޯޗު މޮރިޔާސޫ ޕްރެސްގައި

ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދިޔުމަށް ޖަޕާނުން އޮތީ އެންމެ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ހާޖިމީ މޮރިޔާސޫ ބުނެފިއެވެ.

މޮރިޔާސޫ މިހެން ބުނީ މުބާރާތުގެ ގަދަ 16 ގައި ޖަޕާނުގެ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. ގަދަ 16 ގައި ޖަޕާން ވާދަކުރަން ޖެހޭނީ މުބާރާތުގެ އެންމެ ފަހުގެ ދެ ވަނަ ޓީމު ކްރޮއޭޝިއާއާއެވެ. ޖަޕާނުން ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު އޮތް މުބާރާތުގައި ވެސް ގަދަ 16 ގައި ވާދަކޮށްފައެވެ. އެފަހަރު އެ މީހުން ބަލިވީ ބެލްޖިއަމް އަތުންނެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން މޮރިޔާސޫ ބުނީ، ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ޖަޕާނުން ކުރަމުން އަންނަ މަސައްކަތަކީ ޒުވާން ކުޅުންތެރިން އުފެއްދުން ކަމަށެވެ. އޭނާ ބުނީ ފެންވަރު ރަނގަޅު،. މޮޅެތި ކުޅުންތެރިން ބިނާކުރުމަށް ޖަޕާނުން އަންނަނީ އެންމެ ރަނގަޅު މަސައްކަތް ކުރަމުން ކަމަށެވެ. މޮރިޔާސޫ ބުނީ އޭނާ ނޫނަސް، ޖަޕާންގެ ފުޓުބޯޅަ އިދާރާއިން އޮތީ އޭޝިއާގެ ފުޓުބޯޅަށް ޚިދުމަތްކޮށް، ރީތި ނަންނ ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. އޭނާ ބުނީ އެކަން ކުރުމަށް ޖަޕާންގެ ކޯޗުން އެހެން ޤައުމުތަކަށް ވެސް ފޮނުވާކަމަށާއި، އެއީ އޭޝިއާގެ ފުޓުބޯޅަ އަށް ކުރާ ކަމެއް ކަމަށެވެ.

މޮރިޔާސޫގެ އިތުރުން ޕްރެސްގައި ވާހަކަ ދައްކަމުން ޖަޕާންގެ ޑިފެންޑަރު ޔޫޓޯ އެންގަޓްމޯ ބުނީ ބެލްޖިއަމާ ދެކޮޅަށް ކުރި ހަނގުރާމަ އަދި ހަނދާން ނުނެތޭ ކަމަށެވެ. އޭނާ ބުނީ މީހެ ހަތަރު އަހަރު ކުރިން ކުޅުނު އެ މެޗުގެ ހަނދާން އަބަދުވެސް އޭނާގެ ހުންނަ ކަމަށެވެ. އޭނާ ބުނީ ބައެއް ފަހަރު އެ މެޗުގެ ތަންތަން ކޮޅު ކުއްލިއަކަށް ސިފަވާ ކަމަށާއި، ނިމުނު ހަތަރު އަހަރަކީ ވަރަށް އުނދަގޫ ހަތަރު އަހަރު ކަމަށެވެ. އޭނާ ބުނީ އެ ހަތަރު އަހަރުން ލިބުނު ފިލާވަޅުތަކާއި، ދަސްވި ކަންތައްތަކާއެކު މިހާރު ޖަޕާންގެ ކުޅުންތެރިން ތިބީ ޕިޒިކަލީ އަދި މެންޓަލީ ވެސް ވަރުގަދަކޮށް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ކްރޮއޭޝިއާ އަކީ އެންމެ ފަހުގެ ރަނަރަޕް ޓީމު ކަމަށާއި އެެމީހުންނަކީ ވަރުގަދަ ބައެއް ކަމަށެވެ. އެހެންކަމުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުމާއި، ހިތްވަރު އެ މެޗުގައި ވެސް ދައްކަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ފީފާ ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކުރި ޖަރުމަނު ބަލިކުރެވުނު ކަމަށާއި، އެންމެ ވަރުގަދަ އެއް ޓީމުކަމަށްވާ ސްޕެއިން ބަލި ކުރެވުނު ކަމަށެވެ. އެހެންކަމުން ކްރޮއޭޝިއާ ބަލި ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މުބާރާތުގެ ގަދަ 16 ގައި ޖަޕާނުން ސްޕެއިންނާ ދެކޮޅަށް ނިކުންނާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޖަޕާންމޮރިޔާސޫ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު