Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނި މަދުކުރުން

ކުނި މަދުކުރުމުގެ އައު ޓާގެޓް ތަކެއް ނަމޫނާ ރަށްތަކުން ހުށަހަޅައިފި

ރަށްތަކުގެ ކައުންސިލް ރައީސުން ވަނީ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ބައްދަލުވުމުގައި މި ލަނޑުދަނޑިތައް މިނިސްޓަރުންނަށް ހުށަހަޅައި، ސޮއިކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2022 | އާދީއްތަ 14:42
ކުނި މަދުކުރުމުގެ އައު ޓާގެޓްތަކެއް ހުށަހަޅާފައިވޭ

ކުނި މަދުކުރުމުގެ އައު ޓާގެޓްތަކެއް ހުށަހަޅާފައިވޭ

ކުނި މަދުކޮށް ކުރިއަށްވުރެ ފުރިހަމައަށް، ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެ ގޮތުގެ އައު އުންމީދީ ތަޞައްވުރެއް ބ.، ނ. އަދި ދ. އަތޮޅުގެ 11 ރަށު ކައުންސިލްއެއްގެ ރައީސުން ސަރުކާރުގެ މިނިސްޓަރުންނަށާއި މަޖިލިސް މެންބަރުންނަށް ހުށަހަޅައިފިއެވެ. 

މިގޮތުން މި ރަށްތަކުގެ ކައުންސިލް ރައީސުން ވަނީ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ބައްދަލުވުމުގައިމި ލަނޑުދަނޑިތައް މިނިސްޓަރުންނަށް ހުށަހަޅައި، ސޮއިކޮށްފައެވެ. މި ލަނޑުދަނޑިތައް އެކުލަވާލާފައި ވަނީ އޮކްޓޫބަރު މަހު ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ކުރިއަށް ހުރި މަސައްކަތް ރާވަން ސޮނެވާ ފުށީގައި ބޭއްވުނު ވޯކްޝޮޕެއްގައެވެ. 

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުالله މައުސޫމް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ. އާއި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ޗެއަރ މެންބަރު އަލީ ނިޔާޒް ބ. އަތޮޅު ކިހާދޫގައި ބޭއްވުނު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ލަނޑުދަނޑިތައް ހުށައެޅުމުގެ އިތުރުން، ރަށު ކައުންސިލް ރައީސުންވަނީ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށާއި ރަށުތެރެއަށް އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރުންނަށް ކިހާދޫގެ ގޭބިސީތަކުން ކުނި ވަކިކުރާގޮތާއި އެ ރަށުގެ ކުނި މެނޭޖްކުރާ އިކޯ ސެންޓްރޯ ދައްކާލެވުނެވެ. އަދި މީގެ އިތުރުން މިނިސްޓަރުންނަށްވަނީ އެ ރަށުގައި މޫދުގައި ރައްކާތެރިކޮށް އުޅެން ދަސްކޮށްދީ، ތިމާވެއްޓަށް ކުރާ ޤަދަރު އިތުރުކުރުމަށް ހިންގާ "ޝޯ ޓު އޯޕަން ވޯޓަރ ސްވިމިންގް ޕްރޮގްރާމްގެ" މައުލޫމާތު ދީފައެވެ. 

މީގެ އިތުރުން، ބ. އަތޮޅުގެ ނަމޫނާ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އިސްވެ ކުރިއަށް ހިންގާ އަލުން ބަލުން ރީސޭލް މާކެޓްގައި މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މާކެޓަކީ ބ. މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫގައި އުފެދޭ ސެކަންޑް ހޭންޑް މުދާ ދައުރުކޮށް ބޭނުންކުރުމަށް ހިންގޭ މާކެޓެކެވެ.

ކުނި މެނޭޖްކުރުންއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު