Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނި މެނޭޖްކުރުން

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

ސޮނެވާ ނަމޫނާ އާއި ކަމަދޫ އިން ގުޅިގެން ގެސްޓުހައުސްގައި އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ނޮވެމްބަރ 5 ގައި ވަނީ ފަށާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2025 | ހުކުރު 07:43
ސޮނެވާ ނަމޫނާ އާއި ކަމަދޫ އިން އެކުގައި މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައި

ސޮނެވާ ނަމޫނާ އާއި ކަމަދޫ އިން އެކުގައި މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައި

ގެސްޓުހައުސްތަކުގައި އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުމަށް ކަމަދޫ އިން އާއި ސޮނެވާ ނަމޫނާ މަސައްކަތް ފަށައިފި އެވެ.

ސޮނެވާ ނަމޫނާ އިން ބ. އަތޮޅު ކަމަދޫގައި ހިންގާ ގެސްޓުހައުސްއެއް ކަމުގައިވާ ކަމަދޫ އިން އާއި ސޮނެވާ ނަމޫނާ ގުޅިގެން ގެސްޓުހައުސްގައި އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި ހިނގާ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ސޮނެވާ ނަމޫނާއާއި ކަމަދޫ އިން ގުޅިގެން މި ކުރާ މަސައްކަތުގައި ބޭނުން ކުރާނީ އަގުހެޔޮ އަދި ދެމެހެއްޓެނިވި ގޮތުގައި ފަސޭހަކަމާއިއެކު ބޭނުންކުރެވޭ ޓަކަކޫރާ މެތަޑެވެ. ޓަކަކޫރާ މެތަޑް އަކީ ކާބޯތަކެތީގެ ކުނި އޭގެ ޒާތުގައި ކޮމްޕޯސްޓަށް ވަރަށް ފަސޭހަކަމާ އެކު ބަދަލުކޮށްލާ ގޮތެކެވެ.

މި މަސައްކަތުގެ އަމާޒަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ގެސްޓުހައުސްއިން އުފެދޭ ބަދިގެ ކުނި އެތަނުގައި ޒިންމާދާރުކަމާއެކު މެނޭޖްކޮށް އުކާލަން ޖެހޭ ކުނީގެ މިންވަރު މަދުކުރުން ކަމަށް ވެސް ސޮނެވާ ނަމޫނާ އިން ވަނީ ބުނެފައެވެ.

ގެސްޓުހައުސްތަކުގައި އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުމަށް ކަމަދޫ އިން އާއި ސޮނެވާ ނަމޫނާ މަސައްކަތް ފެށުން
ގެސްޓުހައުސްތަކުގައި އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުމަށް ކަމަދޫ އިން އާއި ސޮނެވާ ނަމޫނާ މަސައްކަތް ފެށުން

ގެސްޓުހައުސްތަކުން އުފެދޭ ކުނީގެ އަދަދު މަދުކުރުމަށް މި ކަމުން މަގުފަހިވެގެންދާނެ އެވެ. ހަމައެހެންމެ މި ބަދަލުގެ ސަބަބުން ވޭސްޓްމެނޭޖްމަންޓް ސިސްޓަމަށް ފަސޭހަވެގެން ދާނެކަމަށް ވެސް ސޮނެވާ ނަމޫނާ އިން ބުނެ އެވެ.

މިއީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތަކުން އުފައްދާ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖް ކުރުމަށް ސޮނެވާ ނަމޫނާ އިން ކުރަމުންދާ މަސައްކަަތަށް އިތުރުވި ހަރުފަތެއް ކަން ފާހަގަކޮށްލެވެ އެވެ.

ޓަކަކޫރާ މެތަޑަކީ ސޮނެވާ ނަމޫނާއިން މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ބޭނުންކޮށް މި ކަމުގެ ހެޔޮ ނަތީޖާ މިހާރު ވެސް ހާސިލްކޮށްފައިވާ މެތަޑް އެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން، ފާއިތުވީ 3 އަހަރުގެ ތެރޭގައި މި މެތަޑްގެ ހުނަރު ލިބި، ފަންނީ ތަޖުރިބާ ސޮނެވާ ނަމޫނާ ހޯދާފައިވެ އެވެ. އެގޮތުން ބ. ކިހާދޫ، ބ. ކެންދޫ، ބ. ކުޑަރިކިލު، ބ. ދޮންފަނުގައި ގޭގޭގައި އުފެދޭ ބަދިގޭކުނި އެ ގެއެއްގައި މެނޭޖު ކުރާނެ ގޮތެއް ހޯދުމުގެ ގޮތުން ކާދު ސަތޭކައިގެ ނަމުގައި ވަނީ ޕްރޮގުރާމެއް ހިންގާފަ އެވެ. މީގެ އިތުރުން ރަށު ފެންވަރުގައި ބަދިގޭގެ ކުނި މެނޭޖުކުރުމަށް ނ.ކުޑަފަރީ ކައުންސިލް އާއި އެކު ވަނީ ވަރަށް ކާމިޔާބު ކަމާއެކު އެރަށުގައި ކާދު ސަތޭކަ ޕްރޮގުރާމް ވެސް ހިންގާފަ އެވެ.

ގެސްޓުހައުސްތަކުގައި އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުމަށް ކަމަދޫ އިން އާއި ސޮނެވާ ނަމޫނާ މަސައްކަތް ފެށުން
ގެސްޓުހައުސްތަކުގައި އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުމަށް ކަމަދޫ އިން އާއި ސޮނެވާ ނަމޫނާ މަސައްކަތް ފެށުން

މި މަސައްކަތް ތައާރަފްކުރެވުނު ރަށްތަކުގައި އުކާލަންޖެހޭ ބަދިގޭގައި އުފެދޭ ކުނީގެ ނިސްބަތް 30 އިންސައްތައިން ކުޑަކުރެވި ރަނގަޅު ނަތީޖާއެއް ހޯދިފައިވާކަން ސޮނެވާ ނަމޫނާ އިން ފާހަގަކުރެ އެވެ. އެހެންކަމުން މި މަސައްކަތްތަކުގެ ނަތީޖާތަކަށް ބެލުމަށް ފަހު މިހާރު ގެސްޓުހައުސްތަކާއެކު ފަށަން ނިންމީ ކަމަށް ސޮނެވާ ނަމޫނާ އިން ބުނެ އެވެ.

މި މަސައްކަތަކީ ރަށު ފެންވަރުގައި ގެސްޓުހައުސްތަކުން އުފެދޭ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށް އެ ފަރާތުން އުންމީދު ކުރެ އެވެ. އަދި މި މަސައްކަތުގެ ނަތީޖާ އަށް ބަލާ، އިތުރަށް މި މަސައްކަތް ފުޅާ ކުރުމަކީ ސޮނެވާ ނަމޫނާގެ އުންމީދެކެވެ.

ކަމަދޫ އިންސޮނެވާ ނަމޫނާކުނި މެނޭޖްކުރުންޓަކަކޫރާ މެތަޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ބީއެލްއެމް އިން ތައާރަފްކޮށްފި

06 އޮކްޓޯބަރު 2024
މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި

މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި

17 މާރިޗު 2024
ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް

ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ސަބްކޮމިޓީއަކަށް

29 ނޮވެމްބަރު 2023
ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދީފި

ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލްތަކަށް 30.8 މިލިއަން ރުފިޔާގެ އެހީ ދީފި

18 ޖުލައި 2023
މީޓަރުގެ މައުލޫމާތު މި މަހުގެ 13ގެ ކުރިން ދިނުމަށް އެދިއްޖެ

މީޓަރުގެ މައުލޫމާތު މި މަހުގެ 13ގެ ކުރިން ދިނުމަށް އެދިއްޖެ

06 އެޕްރީލު 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު