Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލުތުފަރުގެ މަރުގެ މައްސަލަ

ލުތުފަރުގެ މަރުގެ މައްސަލަ ޙުކުމަކާއި ހިސާބަށް

ދައުލަތުން 3 މީހެއްގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޑިސެމްބަރު 2022 | އާދީއްތަ 11:13
ފުލުހުން ކުރި ތަހުގީގުގެ ތެރެއިން ލުތުފަރުގެ ހަށިގަނޑުގެ ކަށިތައް ކަމަށް ބެލެވޭ މިނިކަށިތަކެއް ވަނީ ހޯދާފަ

ފުލުހުން ކުރި ތަހުގީގުގެ ތެރެއިން ލުތުފަރުގެ ހަށިގަނޑުގެ ކަށިތައް ކަމަށް ބެލެވޭ މިނިކަށިތަކެއް ވަނީ ހޯދާފަ

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި ޙުލާސާ ބަޔާން އިއްވައިފިއެވެ.

މި މައްސަލައިގައި ދައުލަތުން 3 މީހެއްގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް ސަރުކާރުގެ އިތުރުން، އެމްޑީ އަކްތަރް ހުސައިންގެ މައްޗަށެވެ. ނަމަވެސް އެމްޑީ އަކްތަރް ހުސައިން މިހާރު ވަނީ ނިޔާވެފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، މި މައްސަލައިގައި ދައުލަތުންހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ލުތުފަރު ބޯޓުގައި އިންކަމާއި، މި ހާދިސާ ހިނގި ދުވަހުގެ ރޭ ބޯޓުން އާދަޔާޚިލާފު އަޑެއް އިވުނުކަމާއި، އޭގެ ފަހުން މޫދަށް އެއްޗެއް ވައްޓާލުންފަދަ އަޑެއް އިވުނުކަން ސާބިތު ކޮށްދިނުމަށް ހެކި ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ކަނޑު އަޑިން ފެނުނު ކަށިތަކާ މެދު ވެސް ޝަރީއަތުގެ މަރުހަލާގައި ހެކިބަސް ނަގާފައިވެއެވެ. އެގޮތުން މި މައްސަލައިގެ ސީން އޮފް ކްރައިމް ތައްޔާރުކުރި ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ ކަށިތައް ފެނުނީ އަޑީގައި ހުންނަތާ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުން ބުނެފައިވަނީ ލުތުފަރު މަރާލައިފައިވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާ އެކު އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް ދައުވާ ލިބޭ މީހުން ތަހުގީގަށް ކިޔާދީފައިވާ ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ދިފާއުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. އެގޮތުން ދިފާއީ ވަކީލުން ވަނީ މައިގަނޑު ގޮތެއްގައި އެމީހުން ވެފައިވާ އިއުތިރާފަކީ އޭގައި ޝައްކުތަކެއް ހިމެނޭ އިއުތިރާފެއްކަން ބަޔާން ކުރައްވައި އެ އިއުތިރާފުގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެކަމަށް ބަޔާން ކުރައްވާފައެވެ.

ށ. ޅައިމަގު ބޯޓެއްގައި ކައްކާއެއްގެ ގޮތުގައި އުޅުނު ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށް ވާއިރު، ފުލުހުން އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ މަރުގެ މައްސަލައެއްގެ ގޮތުގައި ބަލައިގެންނެވެ. އެގޮތުން ފުލުހުން ކުރި ތަހުގީގުގެ ތެރެއިން ކަނޑަށް ފީނައިގެން ބެލި ބެލުމުގެ ތެރޭގައި ލުތުފަރުގެ ހަށިގަނޑުގެ ކަށިތައް ކަމަށް ބެލެވޭ މިނިކަށިތަކެއް ވަނީ ހޯދާފައެވެ

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުން ވަނީ ކުށަށް އިއުތިރާފްވެ ދައުލަތާ އެކު ކުށުގެ އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލައިގެ ޝަރީއަތް ފެށި ހިސާބުން އެ މީހުން ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

އަދި ކުރިން ކުށަށް އިއުތިރާފްވެފައި ވަނީ އެ މީހުންނަށް ފުލުހުން އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ، މި މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ފާހަގަ ކުރައްވަން ނެތްނަމަ، ދެން އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވަވާ ޝަރީއަތުގެ މަޖިލިސް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ ޖެނުއަރީ މަހު މި މައްސަލައިގެ ޙުކުމް ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ލުތުފަރުގެ މަރުގެ މައްސަލަކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު