Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސެނެގާލުން ވަނީ ކުރިއެރުންތަކެއް ހޯދާފައި، ސައުތުގޭޓުގެ ޓާސްކު ބޮޑު

4 ޑިސެމްބަރު 2022 | އާދީއްތަ 06:39

ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ވަނީ އެ ޓީމާއެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2022 | އާދީއްތަ 06:39
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް އަދި ކެޕްޓަން ކޭން ޕްރެސްގައި

އިންގްލެންޑުގެ ކޯޗު ސައުތުގޭޓް އަދި ކެޕްޓަން ކޭން ޕްރެސްގައި

ސެނެގާލުން ވަނީ ފާއިތުވި އަހަރުތަކުގައި ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި، އޭނާގެ ކުރިމަތީގައި އޮތީ ބޮޑު ޓާސްކެއް ކަމަށް އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ސައުތުގޭޓް މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގަދަ 16 ގައި އެފްރިކާގެ ޗެމްޕިއަން ސެނެގާލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އިންގްލެންޑު ޓީމުން އޮތީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އެކަން ފާހަގަކުރަމުން ސައުތުގޭޓް ބުނީ ސެނެގާލް އަކީ އެފްރިކާގެ ޗެމްޕިއަނުން ކަމަށާއި، އެ ޓީމާމެދު އޭނާ ވެސް ފަޚުރުވެރިވާ ކަމަށެވެ. އަދި އެ ޓީމުގައި އޮތީ ވާދަވެރި ރޫހެއް ކަމަށާއި، ވަކިވަކި ކުޅުންތެރިންނަށް ބެލި ނަމަވެސް، އިންގްލެންޑަށް ނުރައްކާ ކުރާނެ ކުޅުންތެރިން ތިބި ކަމަށެވެ. އިތުރަށް އޭނާ ބުނީ ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ވަނީ އެ ޓީމާއެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އަދި 2018 ވަނަ އަހަރު ރަޝިޔާގައި އޮތް މުބާރާތުގެ ގަދަ 16 އަށް ސެނެގާލް ނުދިޔައީ ނަސީބު ދެރަކަމުން ކަމަށާއި، ނަމަވެސް ބޮޑު ކުރިއެރުންތަކަކާއެކު މިއަހަރު އެކަން ބަދަލުކޮށްފި ކަމަށެވެ.

މީގެ އިތުރުން ސައުތުގޭޓް ބުނީ ސެނެގާލް މެޗުގައި ބައިވެރި ސަޕްރައިސްތަކެއް ފެންނާނެ ކަމަށެވެ. އެގޮތުން ސެނެގާލްގައި ވެސް ތިބީ އިނގިރޭސި ލީގުގައި ކުޅޭ ވަރުގަދަ ކުޅުންތެރިން ކަމަށާއި، އެހެންކަމުން އާދައިގެ ގޮތެއްގައި މެޗަށް ތައްޔާރުވުމަށް ވިސްނުމަކީ ވެސް މޮޔަކަމެއް ކަމަށެވެ. ސައުތުގޭޓް ބުނީ ސެނެގާލާ ދެކޮޅަށް ނެރޭނީ އިންގްލެންޑުން ލިބެން އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އަށް އަވަސް ޝިފާއަކަށް އެދޭކަން ހާމަކޮށްފައެވެ. އޭނާ ބުނީ މުޅި އިންގްލެންޑު ޓީމުގެ އުއްމީދަކީ ޕެލޭ އަށް އަވަސް ޝިފާއެއް ލިބުން ކަމަށެވެ. މީގެ އިތުރުން ފަޔަށް ލިބުނު އަނިޔާ މިހާރު ރަނގަޅު ކަމަށާއި، ދެން ބޭނުންވަނީ ޓީމު އެދޭ ފަދަ މޮޅު ކުޅުމެއް ދެއްކުމަށް ކަމަށެވެ. އޭނާ ބުނީ ކުރާ މަސައްކަތް ވަޒަން ކުރެވެން އޮތީ ލަނޑުން ކަމަށެވެ.

މުބާރާތުގެ ގަދަ 16 ގައި ސެނެގާލާ ދެކޮޅަށް އިންގްލެންޑުން ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އިނގިރޭސިވިލާތްގެރެތު ސައުތުގޭޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
12 އޮކްޓޯބަރު 2024

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ

12 އޮކްޓޯބަރު 2024
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
02 ޖުލައި 2024

ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

02 ޖުލައި 2024
ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް