Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

އެމްބާޕޭ ހުއްޓުވުމަށް ޕޮލެންޑުގެ ޑިފެންޑަރުންނަށް "ސްކޫޓަރ" އެއް ބޭނުންވެދާނެ

ޑިފެންސުން ވެސް މަސައްކަތް ކުރަން ޖެހޭނީ އެންމެން އެއްކޮށް، އެއް ކުޅުންތެރިޔަކަށް އެމްބާޕޭ ނުހުއްޓުވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2022 | އާދީއްތަ 06:27
ޕްރެސްގައި ޕޮލެންޑުގެ ކޯޗު އަދި މިލިކް

ޕްރެސްގައި ޕޮލެންޑުގެ ކޯޗު އަދި މިލިކް

ފީފާ ވޯލްޑް ކަޕް ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ކީލިއަން އެމްބާޕޭ ހުއްޓުވުމަށް ޕޮލެންޑުގެ ޑިފެންޑަރުންނަށް ސްކޫޓަރ އެއް ހޯދަން ޖެހިދާނެ ކަމަށް ޕޮލެންޑުގެ ފޯވާޑް އާކަންޑިއުސް މިލިކް ބުނެފިއެވެ.

މިލިކް މިހެން ބުނީ މެޗުގެ ކުރިން އޮތް ޕްރެސްގައި ކޯޗު ޗެސްލޭ މިކްނިއޭވިޗާއެކު ބައިވެރިވެ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މެޗުގެ ކުރިން އަމާޒުވާނެ އެންމެ ބޮޑު ސުވާލަކީ ވެސް އެމްބާޕޭ ހުއްޓުވުމުގެ ސުވާލު ކަމަށެވެ. އަދި އޭގެ ޖަވާބުގައި ބުނެވެެން އޮތީ އެމްބާޕޭ ހުއްޓުވުމަށް ޕޮލެންޑުގެ ފަހަތުގައި ތިބޭ ކުޅުންތެރިންނަށް ސްކޫޓަރއެއް ގަންނަން ޖެހިދާނެ ކަމަށެވެ. ސަބަބަނީ އެއީ އެހާވެސް އުނދަގޫ ކަމަކަށްވާނެތީ ކަމަށް މިލިކް ބުންޏެވެ. އޭނާ ބުނީ ދުނިޔޭގައި ތިބި މޮޅެތި ބައެއް ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ ކޮންމެހެން ވެސް އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުގައި ޑިފެންސުން ވެސް މަސައްކަތް ކުރަން ޖެހޭނީ އެންމެން އެއްކޮށް ކަމަށާއި، އެއް ކުޅުންތެރިޔަކަށް އެމްބާޕޭ ނުހުއްޓުވޭނެ ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ކޯޗު މިކްނިއޭވިޗް ބުނީ ޑިފެންސިވްކޮށް ނުކުޅޭ ޓީމެއް ނަމަ، ތިބެން ޖެހޭނީ ގޭގައި ވޯލްޑް ކަޕް ބަލަން ކަމަށެވެ. އޭނާ ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިޔުމަށް ޕޮލެންޑުން ވަކި ޚާއްސަ ކަމެއް ކުރި ކަމަށާއި، މިހާރު މުޅިން ތަފާތުކޮށް ކުޅެން އުޅެފިނަމަ މުބާރާތުން ބޭރުވާނެ ކަމަށެވެ. އަދި ދަނޑު މަތީގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާނެ ކަމަށާއި، ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ކުޅުމަކީ ލިބޭ އުފަލެއް ކަމަށެވެ. އޭނާ ސިފަކުރީ އެއީ ޕޮލެންޑުގެ ކުޅުންތެރިންނަށް ލިބޭ ހަދިޔާއެއްގެ ގޮތުގައެވެ.

މުބާރާތުގައި ފްރާންސް އަދި ޕޮލެންޑް ވާދަކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޕޮލެންޑުމިކްނިއޭވިޗް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު