Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސެނެގާލުން ތިބީ އިންގްލެންޑް ބަލިކުރެވޭކަމުގެ އުއްމީދުގައި

ސެނެގާލުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ވަރަށް ސާފު، ބޭނުންވަނީ ގަދަ 16 ފަހަނައަޅާ ކުއާޓާ ފައިނަލަށް ދާން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2022 | އާދީއްތަ 02:16
ޕްރެސްގައި ސެނެގާލްގެ އެސިސްޓެންޓް ކޯޗު

ޕްރެސްގައި ސެނެގާލްގެ އެސިސްޓެންޓް ކޯޗު

ފީފާ ވޯލްޑް ކަޕް ގަދަ 16ގައި އިންގްލެންޑު ބަލިކުރެވޭނެ ކަމަށް ސެނެގާލްގެ އެސިސްޓެންޓް ކޯޗު ރެގިން ބޮގާޓް ބުނެފިއެވެ.

ބޮގާޓް މިހެން ބުނީ މުބާރާތުގެ ގަދަ 16ގެ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އެ ޕްރެސްގައި ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބައިވެރިވެފައެއް ނުވެއެވެ. ސީސޭ ޕްރެސްގައި ބައިވެރިވެފައި ނުވަނީ ބަލި ހާލަތު ހުރި ގޮތުންނެވެ. ޕްރެސްގައި ވާހަކަ ދައްކަމުން ސެނެގާލްގެ އެސިސްޓެންޓް ކޯޗު ބޮގާޓް ބުނީ މި ވަގުތަށް މުޅި ސެނެގާލް ޓީމު ވެސް އޮތީ ވަރަށް ހަމަޖެހިގެން ކަމަށެވެ. އަދި ސެނެގާލުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ވަރަށް ސާފު ކަމަށާއި، ބޭނުންވަނީ ގަދަ 16 ފަހަނައަޅާ ކުއާޓާ ފައިނަލަށް ދާން ކަމަށެވެ.

އޭނާ ބުނީ ސެނެގާލް ޓީމުން ތައްޔާރުވަމުން އަންނަނީ ވެސް އެކަމަށް ކަމަށެވެ. ބޮގާޓް ބުނީ މުޅި ޓީމު ހަމަޖެހިފައި އޮވެ މެޗާ ކުރިމަތިލައި، މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އިތުރަށް އޭނާ ވަނީ ކޯޗު ސީސޭ ބަލިއުޅޭކަމަށް ބުނެފައެވެ. އެގޮތުން ކޯޗު ބަލިވެ އުޅޭތާ މިހާރު ދެ ދުވަސް ވެދާނެކަން ފާހަގަ ކުރަމުން އޭނާ ބުނީ، ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ކޯޗުގެ އިރުޝާދުގެ މަތިން އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އުއްމީދު ކުރަނީ އާދިއްތަ ދުވަހު ކޯޗު އަލުން އެނބުރި ޓީމާ ގުޅި، ޓީމާއެކު ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ބޮގާޓް ބުނީ ސެނެގާލަށް އިންގްލެންޑް ބަލިކުރެވުމަކީ ވަރަށް ބޮޑު ކަމަކަށްވާނެ ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން 2002 ވަނަ އަހަރު އޮތް މުބާރާތުގެ ގަދަ 16ގައި ސްވެޑެން އަތުން މޮޅުވުމަށް އޭރުގެ ކުޅުންތެރިން އިސްކަން ދިނީ ކިހާ މިންވަރަކަށް ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ. އަދި އެހާރެކޭ އެއްގޮތަށް މިހާރު ވެސް އެ މުހިންމުކަން ކުޅުންތެރިން ދޭން ޖެހޭނެ ކަމަށެވެ. ބޮގާޓް ބުނީ ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަށް އާދިއްތަ ދުވަހުގެ ރޭ އޮންނަ މެޗަކީ އެ މިންވަރަށް މުހިންމު މެޗަކަށް ވާނެ ކަމަށެވެ.

އިތުރަށް އޭނާ ބުނީ އިންގްލެންޑަކީ އެންމެ މޮޅު ފަސް ޤައުމުގެ ތެރޭގައި ހިމެނޭނެ ޓީމެއް ކަމަށާއި، އެކަމަށް އަހުލުވެރިވެގެން ތިބި ކަމަށެވެ. އޭނާ ބުނީ އެކަހަލަ ޓީމެއް ބަލިކުރުމަކީ ފާއިތުވި ދުވަސްތަކުގައި ސެނެގާލްގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރި މަސައްކަތާއި، ކުރިއަރާފައިވާ، މިންވަރު ސާފުކޮށްދޭނެ ކަމެއް ކަމަށެވެ.

ސެނެގާލް އަދި އިންގްލެންޑް ވާދަކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2018

ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު ސުއަރޭޒް އުއްމީދުގައި

30 ޖޫން 2018
ޕޯޗުގަލްއާ ދެކޮޅަށް ނުކުންނައިރު ސުއަރޭޒް އުއްމީދުގައި
09 ޖޫން 2018

ބެލްޖިއަމްގެ ގޯލްޑެން ޖެނެރޭޝަންގެ ކެޕްޓަން އުއްމީދުގައި

09 ޖޫން 2018
ބެލްޖިއަމްގެ ގޯލްޑެން ޖެނެރޭޝަންގެ ކެޕްޓަން އުއްމީދުގައި
24 މެއި 2018

ލޯ ހުރީ ނޯޔާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ އުއްމީދުގައި

24 މެއި 2018
ލޯ ހުރީ ނޯޔާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ އުއްމީދުގައި
15 އެޕްރީލު 2018

މެލްކޮމް ޕީއެސްޖީއަށް ކުޅުމުގެ އުއްމީދުގައި

15 އެޕްރީލު 2018
މެލްކޮމް ޕީއެސްޖީއަށް ކުޅުމުގެ އުއްމީދުގައި
12 އެޕްރީލު 2018

ޗެމްބަލިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ އުއްމީދުގައި

12 އެޕްރީލު 2018
ޗެމްބަލިން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ އުއްމީދުގައި
10 އެޕްރީލު 2018

ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ޑެމްބެލޭ އުއްމީދުގައި

10 އެޕްރީލު 2018
ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ޑެމްބެލޭ އުއްމީދުގައި
05 ނޮވެމްބަރު 2017

އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި

05 ނޮވެމްބަރު 2017
އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި
05 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: އިންގްލެންޑް ކިރިޔާ ސަލާމަތްވިއިރު، ޕޯލަންޑް ފަސޭހަ ކަމާއެކު މޮޅުވެއްޖެ

05 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: އިންގްލެންޑް ކިރިޔާ ސަލާމަތްވިއިރު، ޕޯލަންޑް ފަސޭހަ ކަމާއެކު މޮޅުވެއްޖެ
15 އެޕްރީލު 2017

ބޯޓެންގް އާއި ހަމެލްސް ތިބީ އަނިޔާގައި: އެންޗެލޮޓީ

15 އެޕްރީލު 2017
ބޯޓެންގް އާއި ހަމެލްސް ތިބީ އަނިޔާގައި: އެންޗެލޮޓީ
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު