Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެނުއެލް ނޯޔާ

ލޯ ހުރީ ނޯޔާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމުގެ އުއްމީދުގައި

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 24 މެއި 2018 | ބުރާސްފަތި 13:38
މެނުއެލް ނޯޔާ

މެނުއެލް ނޯޔާ

މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާއަށް ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިމް ލޯ ބުނެފިއެވެ.

ނޯޔާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބަޔާންގެ ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޯޔާ ވަނީ ފައިގެ ސާޖަރީއެއް ވެސް ފުރިހަމަކޮށްފައެވެ. ނޯޔާގެ ފައިގެ ކައްޓަށް ގެއްލުން ވެފައިވާ ކަމަށް ބަޔާންގެ ޑޮކްޓަރުން ބުނިއިރު މި އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. މި ސީޒަނުގައި ބަޔާން ކުޅުނު އެންމެ ފަހު މެޗުގައި ވެސް ނޯޔާއަށް ކުޅުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

އެހެން ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަށް ގެންދާ ޖަރުމަނުގެ ސްކޮޑް ފައިނަލް ކުރުމުގެ ކުރިން ނެގި 27 ކުޅުންތެރިން ޕްރެލިމިނަރީ ސްކޮޑުން ނޯޔާއަށް ވަނީ ފުރުސަތު ދީފައެވެ. އޭނާގެ އިތުރުން ލޯ ނެގި ކީޕަރުންގެ ތެރޭގައި ހިމެނެނީ ބަޔާ ލެވަކޫސެންގެ ކީޕަރު ބަނާޑް ލީނޯ އާއި ބާސެލޯނާގެ ކީޕަރު މާކް އެންޑަރ ޓަރ ސްޓީޖެންގެ އިތުރުން ޕީއެސްޖީގެ ކެވިން ޓްރެޕްއެވެ.

ނޯޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ލޯ ބުނީ ނޯޔާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމަށާއި އެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ލޯ ބުނީ ބަޔާންއާއެކު ނޯޔާ ފަރިތަކުރަމުންދާތާ ދެ ހަފްތާ ވެފައިވާ ކަމަށާއި އެހެންކަމުން ޖަރުމަނުގެ ޓީމުން ގެންދާ ފަރިތަކުރުންތަކުގައި ވެސް އޭނާއަށް ކުރިއެރުން ލިބުމެން އަންނަ ކަމަށެވެ. ލޯ ބުނީ ޓީމުގައި އޭނާއަށް އޮތް ޒިންމާ ވަރަށް ރަނގަޅަށް އޭނާއަށް އެނގޭ ކަމަށާއި އެހެންކަމުން ޓީމާއެކު ވޯލްޑް ކަޕަށް ދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރާނެ ކަމަށެވެ. ލޯ ބުނީ ކެޕްޓަނެއްގެ ގޮތުގައި ބެންޗުގައި އިންނަން ނޯޔާ ވޯލްޑް ކަޕަށް ނުދާނެ ކަމަށާއި އޭނާ ވޯލްޑް ކަޕަށް ދާނީ 100 އިންސައްތަ ގެރެންޓީއާއެކު ކުޅެވޭނެ ޔަގީންކަމާއެކު ކަމަށެވެ.

ޖަރުމަނުގެ ގައުމީ ޓީމުގައި ނޯޔާގެ މަގާމު މިހާރު ފުރަމުން އަންނަނީ ބާސެލޯނާގެ ކީޕަރު މާކް އެންޑަރ ޓާސްޓީޖެންއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ހިމެނިފައިވަނީ މެކްސިކޯ އަދި ސްވިޑެންގެ އިތުރުން ދެކުނު ކޮރެއާ އާއެކު ގްރޫޕް އެފްގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު ގްރޫޕްގެ ދެވަނަ މެޗުގައި ޖޫން މަހުގެ 23 ވަނަ ދުވަހު އެ ގައުމު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު އެ ޓީމަށް މުބާރާތް ކާމިޔާބުކުރެވުނީ ނޯޔާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ވެސް ހޮވުނީ ނޯޔާއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު