Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ލީގު

ބޯޓެންގް އާއި ހަމެލްސް ތިބީ އަނިޔާގައި: އެންޗެލޮޓީ

ރެއާލް އާއި ދެކޮޅަށް ކުޅޭ މެޗަށް މިކުޅުންތެރިން ފިޓު ވާނެ ކަމަށް ޓީމުން ބުނޭ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 15 އެޕްރީލު 2017 | ހޮނިހިރު 17:59
މެޗުގެ ކުރިން ބޭއްވި ޕްރެސްގެ ތެރެއިން، ބަޔާން މިއުނިކް ގެ ކޯޗް އެންޗެލޮޓީ

މެޗުގެ ކުރިން ބޭއްވި ޕްރެސްގެ ތެރެއިން، ބަޔާން މިއުނިކް ގެ ކޯޗް އެންޗެލޮޓީ

ބަޔާ ލެވަކޫސަންއާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބަޔާން މިއުނިކުގެ ދެ ޑިފެންޑަރުން ކަމަށްވާ ބޯޓެންގް އާއި ހަމެލްސްއަށް ނުކުޅެވޭނެ ކަމަށް އެޓީމުގެ ކޯޗު ކާލޯ އެންޗޮލެޓީ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެންޗޮލެޓީ ބުނެފައިވަނީ ލެވަކޫސަންއާ ދެކޮޅަށް ކުޅޭ މެޗުގައި ހަމެލްސް އާއި ބޯޓެންގަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށެވެ.

އެންޗޮލެޓީ ބުނެފައި ވަނީ ބޯޓެންގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށާ ނަމަވެސް އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅޭނެ ކަމަށެވެ.

ފައިގެ ކުޑަ ހުޅަށް ލިބިފައިވާ އާނިޔާއަކާއި ގުޅިގެން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައިވެސް ހަމެލްސް ކުޅެފައެއް ނުވެއެވެ. ނަމަވެސް އެންޗޮލެޓީ ބުނެފައި ވަނީ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ހަމެލްސް ބައިވެރި ވެފައިވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޯޗު ބުނީ އަނިޔާގައި ހުރި އެޓީމުގެ މުހިންމު ފޯވާޑް ލެވަންޑޯވްސްކީވެސް ކޮންމެވެސް ވަރަކަށް ފަރިތަކުރުންތަކުގައި ބައިވެރި ވެފައިވާ ކަމަށާ އޭނާގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ބެލެވޭ ގޮތުގައި މި ކުޅުންތެރިންނަށް ލެވަކޫސަން މެޗުން ޖާގަ ނުދެނީ، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމައްޓަކާ އަރާމުކުރަން ވަގުތު ދިނުމަށެވެ. ނަމަވެސް އެންޗޮލެޓީ ބުނެފައި ވަނީ ރެއާލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާ މިވަގުތު ހުރިހާ ވިސްނުމެއް ވެސް ހުރީ ލެވަކޫސަން އާއި ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

ޖަރުމަނު ލީގުގެ ތާވަލަށް ބަލާއިރު ބަޔާން މިވަގުތު އޮތީ 10 ޕޮއިންޓުގެ ލީޑަކާއެކު އެއްވަނަ މާގާމުގައެވެ. އެޓީމުން ވަނީ މިހާތަނަށް ލީގުގައި 28 މެޗު ކުޅެ 68 ޕޮއިންޓް ހޯދާފައެވެ. އަދި ދެވަނައިގައި އޮތް ކީޕްޒިންގަށް 58 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ވެސް ވަނީ ބަޔާނާ އެއްވަރަށް މެޗު ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު