Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޕޮލެންޑް ޓީމާމެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެ: ޑެޝޯމްޕްސް

ފޯކަސް ކުރާނީ ލެވަންޑޯސްކީ އަށް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2022 | އާދީއްތަ 02:14
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފީފާ ވޯލްޑް ކަޕް ގަދަ 16ގައި ޕޮލެންޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމާމެދު ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ފްރާންސް ޖާގަ ހޯދީ އެ ޓީމު ހިމެނުނު ގްރޫޕް ޑީގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވެގެންނެވެ. ޕޮލެންޑު ހިމެނުނު ގްރޫޕް ސީގައި އެ ޓީމު ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން ބަލިވެފައެވެ.

ޕޮލެންޑް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުނީ، ޕޮލެންޑް ހިމެނުނު ގްރޫޕްގައި މަގާމު ދަމަހައްޓަން އެ ޓީމުން ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށާއި، އެމީހުން އެކަން ވަރަށް ރަނގަޅަށް ކުރި ކަމަށެވެ. މީގެ އިތުރުން ޑެޝޯމްޕްސް ބުނީ، ޕޮލެންޑަކީ ޑިފެންސިވް ޓީމެއް ނޫން ކަމަށާއި، އެމީހުންނަކީ އެޓޭކުގައި ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ޕޮލެންޑް ޓީމުގައި އިންޓަނޭޝަނަލް ތަޖުރިބާ ހުރި ބައިވަރު ކުޅުންތެރިން ތިބި ކަމަށާއި، އެމީހުން އިންޓަނޭޝަނަލް ގިނަ މުބާރާތްތަކުގައި ކުޅެފައިވާ ކަމަށެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިން ވެސް ފެނިގެން ދަނީ އެމީހުންގެ ޓާސްކުތައް ވަރަށް ފުރިހަމަ އަށް އަދާ ކުރާ ބައެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

ޕޮލެންޑްގެ ކެޕްޓަން އަދި ފޯވާޑް ރޮބާޓް ލެވަންޑޯސްކީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ލެވަންޑޯސްކީ ބޯޅަޔާއެކު ފެނުނީ މަދު ވަގުތުތަކެއްގައި ކަމަށެވެ. ނަމަވެސް އެ މަދު ވަގުތުގައި ވެސް ލެވަންޑޯސްކީ ވަނީ އޭނާގެ ނުރައްކާތެރިކަން ދައްކައިދީފައި ކަމަށެވެ. އޭނާ ބުނީ ހަމައެކަނި ފޯކަސް ކުރާނީ ލެވަންޑޯސްކީ އަށް ނޫން ކަމަށާއި، ނަމަވެސް އިދިކޮޅު ޓީމުން ފްރާންސްގެ ވަކި ކުޅުންތެރިޔަކަށް ފޯކަސް ކުރުމަކީ ކޮށްފާނެ ކަމަށެއް ކަމަށެވެ. ޑެޝޯމްޕްސް ވަނީ ޕޮލެންޑްގެ އެޓޭކިން ލެވަންޑޯސްކީއާއެކު ވަރުގަދަވާނެ ކަމަށް ބުނެފައެވެ.

ޑެޝޯމްޕްސްގެ އިތުރުން ޕްރެސްގައި ވާހަކަ ދައްކަމުން ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ބުނީ ލެވަންޑޯސްކީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑު ކަމަށެވެ. ލޮރިސް ބުނީ ޕޮލެންޑް ޓީމުގައި ލެވަންޑޯސްކީ ފެންނަނީ ވަރަށް މުހިންމު، ވަރުގަދަ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ. އަދި ޕޮލެންޑް ޓީމު ފެންނަނީ މުޅި ޓީމު އެއްކޮށް، އެއް އަޒުމެއްގައި އޮންނަ ކަމަށާއި، އެމީހުންނަކީ ޑިފެންސިވް ވަރުގަދަ ކުޅުމެއް ކުޅޭ ބައެއް ކަމަށެވެ.

މީގެ އިތުރުން ލޮރިސް ބުނީ ފްރާންސް ޓީމުން ހިތްވަރު އެލުވާލައިގެން ނުވާނެ ކަމަށެވެ. އެއީ މެޗުގެ ނަތީޖާ ކޮންމެ ދިމާލަކަށް ދިޔަ ނަމަވެސް ޓީމުން ޖެހޭނީ އެންމެ ފަހު ވަގުތާ ހަމަައަށް ވެސް މަސައްކަތް ކުރަން ކަމަށެވެ. އޭނާ ބުނީ ފްރާންސް ޓީމު އޮތީ މެޗަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ރަނގަޅު ރޫޙެއްގައި ކަމަށެވެ.

މުބާރާތުގެ ގަދަ 16 ގައި ފްރާންސް އަދި ޕޮލެންޑް ބައްދަލު ކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު