Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދަނީ އިޖުރާއަތުގެ ގާނޫނު

މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 12 ވަނަ ބުރު، ފަނޑިޔާރު ޝުޖޫން އިފްތިތާހުކޮށްދެއްވައިފި

ޖުމްލަ 60 ފަރާތަކުން ބައިވެރިވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޑިސެމްބަރު 2022 | ހޮނިހިރު 12:22
މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީނު ޕްރޮގްރާމުގެ 12 ވަނަ ބުރު

މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީނު ޕްރޮގްރާމުގެ 12 ވަނަ ބުރު

މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 11 ވަނަ ބުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމްގެ 12 ވަނަ ބުރު ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން ރ. އުނގޫފާރުގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

Advertisement - newsAdvertisement

މި ފެށުނު ތަމްރީން ޕްރޮގްރާމްގައި ބައެއް ޖުޑީޝަލް ދާއިރާތަކުން މެޖިސްޓްރޭޓުން، ލީގަލް އޮފިސަރުން، ޗީފް އެޑްމިނިސްޓްރޭޓަރުން އަދި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 60 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި މަދަނީ އިޖުރާއަތުގެ މަގުސަދުތަކާއި މަދަނީ އިޖުރާއަތުގެ ގާނޫނުން އަލަށް ތައާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެއެވެ.

އަދި މަދަނީ މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމުން ފެށިގެން ޝަރީއަތުގެ އިދާރީ ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާއި، ރައްދު ދައުވާއާއި، އިތުރު ދައުވާ، އަދި ޣައިރު ހާޒިރުގައި ހުކުމްކުރުމާ ގުޅޭގޮތުން މައުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން ކޯޓު އަމުރާއި ވަގުތީ އަމުރު ނެރުމާއި އަދި އިޚްތިލާފެއް ނުވާ ބާވަތުގެ މައްސަލަތައް ހިންގާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީ، އަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައް ކިޔައިދެވޭނެއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި، ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ގާނޫނެކެވެ.

މި ގާނޫނުގެ މަގުސަދަކީ ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސްމިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ. 16 ޑިސެންބަރު 2021ގައި ތަސްދީގުކުރެއްވި މި ގާނޫނަށް 16 ޖޫން 2022ގައި އަމަލުކުރަން ފަށާފައިވާއިރު، މިއީ މަދަނީ އަދުލުގެ ނިޒާމަށް އައި ތާރީޚީ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!
13 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި
02 އެޕްރީލު 2017

ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ

02 އެޕްރީލު 2017
ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު