Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ޓާގެޓް ހާސިލުވާން ދެން ބޭނުންވަނީ 1 ލައްކަ ފަތުރުވެރިން

ނޮވެމްބަރުގެ ނިޔަލަށް 1،491،236 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ޑިސެމްބަރު 2022 | ހޮނިހިރު 09:25
ސަވާދިއްތަ ދަތުރުގެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން

ސަވާދިއްތަ ދަތުރުގެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާން ދެން ބޭނުންވަނީ 1 ލައްކަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރުމަހުގެ ނިޔަލަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ (1،491،236) އެއްމިލިއަން ހަތަރުލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ތިރީސް ހަޔަކަށް އަރާފައެވެ. އެހެންކަމުން 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވާނީ 1 ލައްކަ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ނޮވެމްބަރު މަސް ނިމުނުއިރު (146،879) އެއްލައްކަ ސާޅީސް ހަހާސް އަަށްސަތޭކަ ހަތްދިހަ ނުވަ ފަތުރުވެރިން އައިސްފައިވާކަމަށެވެ. ނޮވެމްބަރު މަހު ދުވާލަކު 4،896 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި 7 ދުވަހު ރާއްޖޭގައި މަޑުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި މިންވަރު 2021 ވަނަ އަހަރާ އަޅާ ބަލާއިރު 28.8 އިންސައްތަ އިތުރު ކަމަށެވެ. އެހެންނަމަވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއީ 2.6 އިންސައްތަ ދަށް އަދަދެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަދިވެސް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ އިންޑިއާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން އަހަރުގެ މިހާތަނަށް އެ މާކެޓުން (209،725) ދެލައްކަ ނުވަހާސް ހަތްސަތޭކަ ފަންސަވީސް ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ މާކެޓުންނެވެ. އެ މާކެޓުން މިހާތަނަށް (182،337) އެއްލައްކަ އަށްޑިހަ ދެހާސް ތިންސަތޭކަ ތިރީސް ހަތް ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނައިގައި އިނގިރޭސިވިލާތް ހިމެނޭއިރު މިހާތަނަށް އެ މާކެޓުން (162،020) (އެއްލައްކަ ފަސްދޮޅަސް ދެހާސް ވިހި ފަތުރުވެރިން އައިސްފައިވެއެވެ. މި މާކެޓުތަކުގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައުތު ކޮރެއާ އަދި ސްވިޒަރލޭންޑެވެ.

މީގެ އިތުރުން މިވަގުތު 1،197 އެކޮމޮޑޭޝަން ފެސިލިޓީއެއް ހިންގަމުންދާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަވެއެވެ. މީގެ ތެރޭގައި ހިމެނެނީ 166 ރިސޯޓާއި، 875 ހޮޓާ އަދި ގެސްޓްހައުސްގެ އިތުރުން 157 ސަފާރީއެވެ. މި ފެސިލިޓީތަކުގައި ޖުމްލަ 59،351 އެނދުގެ ޖާގަ ހިމެނެއެވެ.

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2017

ފްރާންސުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ

21 ޑިސެމްބަރު 2017
ފްރާންސުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ
25 ނޮވެމްބަރު 2017

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!
21 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި

21 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި
02 އޮކްޓޯބަރު 2017

ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!

02 އޮކްޓޯބަރު 2017
ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!
24 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި

24 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު