Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެހީގެ ނާޖާއިޒް ފައިދާ އެއްވެސް ފަރާތަކުން ނުނެގުމަށް ފަރސްޓްލޭޑީ ފަޒްނާ އިލްތިމާސްކުރައްވައިފި

ފަރސްޓްލޭޑީ ފަޒްނާ އަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔާތްކުރުމަށް ވަކާލާތުކުރައްވާ ބޭފުޅެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2022 | ހޮނިހިރު 10:00
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެހީގެ ނާޖާއިޒް ފައިދާ އެއްވެސް ފަރާތަކުން ނުނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިފަދައިން އިލްތިމާސް ކުރެއްވީ ބައިނަލްއަގުވާމީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި "ރާއްޖެއެމްވީ" އަށް ދެއްވި ބަސްތީގަތުމެއްގައެވެ.

Advertisement - newsAdvertisement

ފަރސްޓްލޭޑީ ފަޒްނާ އަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔާތްކުރުމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށް ވާއިރު އެކަމަނާ ވަނީ ވީވަރަކުން ޝާމިލް ވެއްޓެއްގައި ކަންކަން ރާވަ ހިންގުމަށް ވެސް އިރުޝާދުދެއްވާފައެވެ. މީގެ އިތުރުން ސަރުކާރުން ނުކުޅުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އެކި މީހުންގެ ހުންނަ ނުކުޅުދުންތެރިކަމުގެ ސަބަބުން އެ ފަރާތްތަކަށް ބޭނުންވާ އެހީ ތަފާތުވާ އިރު ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރުމަކީ އެފަދަ ކަންކަން ދެނެގަތުމަށް ލިބޭ ފުރުސަތެއްކަން ފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ. ބައެއް ފަރާތްތަކުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީ އަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތުގެ އާއިލާގެ އާމްދަނީ އެއްކަަމަށް ދެކޭ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަަމަށް ފަޒްނާ ވިދާޅުވިއެވެ.

ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކާ ފަރުދީ ފެންވަރުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަ ހުރި ކަމަށް ފަޒްނާ ވަނީ ވިދާޅުވެފައެވެ. ނުކުޅުދުންތެރިކަން ހުރި ފަރާތެއް ނެތް އައިލާ އެއް މަދުން ނޫނީ ނެތްކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، އެކި ފަރާތްތަަކަށް ދިމާވާ ނުކުޅުދުންތެރިކަމަކީ ތަފާތު ނުކުޅުންތެރިކަމެއްކަން ގަބޫލުކޮށް އެ ފަދަ ފަރާތްތަކަށް އަޅާލަން ޖެހޭ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމުގެ ގޮތުން މިހާރު އަދާކުރައްވަމުން ދަނީ ހޭލުންތެރިކަމުގެ ރޯލެއް ކަމަށާއި، ވީވަރަކުން ޚާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަން މަސައްކަތްކުރައްވާކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުގެ މުއައްސަސާތަކުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ. އެހެންނަމަވެސް އާއްމު ފަރާތްތަކުގެ އަމަލުތައް އެ މަސައްކަތަށް އެއްބާރުލުން ލިބޭ ގޮތަށް ނުބަހައްޓާނަމަ އެ މަސައްކަތްތައް ކުރުމަށް ދަތިވާނެ ކަމަށް ފަޒްނާ ވަނީ ވިދާޅުވެފައެވެ.

އެކަމަނާ ވިދާޅުވީ ނުކުޅުދުންތެރިކަން ހުންނަ މީހުންނާއި ގުޅުން ހުރި ކަންކަން އެކި އިދާރާތަކުގެ މަސްޢޫލިއްތަތުތަކުގެ ތެރޭގައި ހިމެނޭ އިރު މިހާރަށް ވުރެ ރަނގަޅަށް އެކަންކަން ވިލަރެސްކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށެވެ. މިގޮތުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރި ފަރާތަކީ ޖެންޑަރ މިނިސްޓްރީކަމަށް ވުމާއި އެކު އެ ވުޒާރާގެ ދަށުން ކަންކަން ބަލަހައްޓާ، އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ ދަށުން ކުރަން ޖެހޭ ކަންކަން އެ މިނިސްޓްރީތަކާއި ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަގުތައް ހެދުން ފަދަ އުމްރާނީ މަސައްކަތްތައް ކުރާ އިރު ވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާ ދިނުން މުހިންމު ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފެރީ އާއި ބަހުގެ ޚިދުމަތް ފޯރުކޮށްދޭ އިރު އެފަދަ ކަންކަމަށް އިސްކަން ދީފައިވުމަކީ މަރުޚަބާ ކިޔާ ކަމެއް ކަަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ. އަދި ގިނަ މުއައްސަސާތަކުން ހިންގާ ހަރަކާތްތަކާއި، ތަފާތު ހަފްލާތަކާއި ޖަލްސާތައް ބާއްވާ އިރު ސައިން ލެންގުއޭޖް ބޭނުންކުރަމުންދާ ކަމަށާއި އެއީ ރަނގަޅު ބަދަލެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު