Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން

ޝަރުތުހަމަވާނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އިންޓަރންޝިޕްގެ ފުރުސަތު ފަހިކޮށްދޭންޖެހޭ: ގަވާއިދު

އިންޓަރންޝިޕް ފުރުސަތު ދެވޭނީ ކޮމްޕިޓެންސީ ޕްރޮފައިލް ހަދައިފައިވާ ފަރާތްތަކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖެނުއަރީ 2024 | ހުކުރު 14:02
ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކެއް

ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމަލީ ތަޖުރިބާ ބޭނުންވާ ފަރާތްތަކަށް ވަޒީފާދޭ އިދާރާތަކުގެ ތެރެއިން ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުން އިންޓަރންޝިޕްގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ގަވާއިދުގައި ބުނެފިއެވެ.

ބުރާސްފަތި ދުވަހު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓްކޮށްފައެވެ.

މި ގަވާއިދުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައްޔާއި މަސައްކަތް ކުރުމުގައްޔާއ،ި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ. އަދި މަސައްކަތުގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ މީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއްވެސް ފަރާތަކުން އެ މީހުންނާމެދު ތަފާތުކުރުންތައް ގެންގުޅުން މަނާކުރުމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތުން އެ ފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދީ މަސައްކަތުގެ މާހައުލުގައި މި ފަރާތްތައް ޝާމިލުކުރާނެ ގޮތްތަކުގެ އުސޫލުތައް ކަނޑައަޅާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ހައްގާއި މަސައްކަތެއް ކުރުމުގެ ހައްގާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިދިނުމުގެ ހައްގު ކަށަވަރުކޮށްދިނުން މިގަވާއިދުގައި ހިމެނެއެވެ.

ގަވާއިދުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމަލީ ތަޖުރިބާ ބޭނުންވާ ފަރާތްތަކަށް ވަޒީފާދޭ އިދާރާތަކުގެ ތެރެއިން ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގެ އިންޓަރންޝިޕްގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށެވެ. އިންޓަރންޝިޕް ފުރުސަތު ކިޔަވާ ދަރިވަރުންނަށާއި އިދާރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަކަމާއެކު ލިބިދޭންޖެހޭ ކަމަށެވެ.

އިންޓަރންޝިޕް ފުރުސަތު ދެވޭނީ ވަޒީފާ އަދާކުރުމަށް ޝައުގުވެރިކަން ހުރި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ދަފުތަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ކޮމްޕިޓެންސީ ޕްރޮފައިލް ހަދައިފައިވާ ފަރާތްތަކަށެވެ.

މީގެ އިތުރުން އިންޓަރންޝިޕްގެ ފުރުސަތު ފަހިކޮށްދިނުމުގައި ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަންކަން ކަށަވަރުވާންޖެހޭ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި އިންޓަރންޝިޕްތަކަށް ހަމަހަމަކަމާއެކު ކުރިމަތިލުމުގެ ފުރުސަތު ދޭންޖެހޭއިރު، އިންޓަރންޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އޮތްނަމަ އިންޓަރންޝިޕް ހަމަޖައްސައިދެވެނީ އިދާރާއަކުން ކަނޑައަޅާ މިންގަނޑެއްގެ ތެރެއިން ދެވޭ އެސެސްމެންޓް/ ޕްރެކްޓިކަލްއަކުން ހޮވޭ އެންމެ ގާބިލު ފަރާތަށްކަމާއި އެސެސްމަންޓް/ ޕެރެކްޓިކަލްއެއް ފުރިހަމަކުރުމުގެ ގާބިލުކަން ނެތް ފަރާތްނަމަ އިންޓަވިއު އިން ހޮވޭ އެންމެ ގާބިލު ފަރާތަށްވާންޖެހެއެވެ.

އިންޓަރންޝިޕްގެ ފުރުސަތު ފޯރުކޮށްދެވެނީ ކޮމްޕިޓެންސީ ޕްރޮފައިލަށް ބިނާކޮށެވެ. އަދި ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގައި އިންޓަރންޝިޕް ފުރުސަތުތަކުގައި އުޖޫރަ ދިނުމުގައި ގެންގުޅޭ އުސޫލުތަކާ އެއްގޮތަށް އުޖޫރަދޭންޖެހޭ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިންޓަރންޝިޕް ހަމަޖެއްސުމުގެ ކުރިން އިންޓަރންޝިޕްގެ ފުރުސަތުދޭ އިދާރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭގޮތުން އިންޓަރންޝިޕް ގުޅޭ ކަންކަމާމެދު އެއްބަސްވުމަށްފަހު އެ މައުލޫމާތު ހިމެނޭ އިންޓަރންޝިޕް އެގްރިމެންޓް އެކުލަވާލަންޖެހެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު